Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު އެސޯސިއޭޝަންތައް

މުއްދަތު ހަމަވިއިރު ޖަލްސާގެ ގާނޫނީ ކަންކަން ފުރިހަމަކުރީ 5 ކުޅިވަރަކުން

16 އެޕްރީލު 2023 | އާދީއްތަ 03:54

ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އަހަރީ ޖަލްސާ ފަސްކޮށްދިނުމަށް އެދިފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 16 އެޕްރީލު 2023 | އާދީއްތަ 03:54
ހޭންޑްބޯޅަ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

ހޭންޑްބޯޅަ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ 31ގެ ކުރިން ބާއްވަންޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާ އަހަރީ އާއްމު ޖަލްސާ މިހާތަނަށް ބާއްވައި ބަޖެޓް ފާސްކޮށްފައިވަނީ އެންމެ ފަސް ކުޅިވަރު އެސޯސިއޭޝަނުންކަން ޔަގީންވެއްޖެ އެވެ.

ރާއްޖޭގައި ރަސްމީކޮށް ހިންގާ 18 ގައުމީ ކުޅިވަރު އެސޯސިއޭޝަން އެބައޮތެވެ. މީގެ ތެރެއިން މިހާތަނަށް ގާނޫނުގައި ބުނެފައިވާ ޖަލްސާ ބާއްވައި ކަންކަން ތަރުތީބުކޮށްފައިވަނީ ބޮޑީބޯޑިން އެސޯސިއޭޝަނާއި ހޭންޑްބޯޅަ އެސޯސިއޭޝަން އަދި ބެޑްމިންޓަން އެސޯސިއޭޝަނާއި ބޮޑީބިލްޑިން އެސޯސިއޭޝަނުގެ އިތުރުން ހުރިހާ ކުޅިވަރެއްގެ ކަންކަން ބަލަހައްޓަމުން އަންނަ އެއް އިދާރާ ކަމަށްވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންނެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އަހަރީ އާއްމު ޖަލްސާ ނުބޭއްވުމުގެ މައްސަލަ އެންމެ ބޮޑުވެފައިވަނީ ވޮލީބޯޅަ އެސޯސިއޭޝަނުގަ އެވެ. އެތަނުގެ އަހަރީ އާއްމު ޖަލްސާ ނުބާއްވައި ހިންގާތާ ތިން އަހަރުވެއްޖެކަމަށް އެކްސްކޯ މެންބަރުން ވެސް ވަނީ ބުނަން ފަށައިފަ އެވެ.

އެސޯސިއޭޝަންތަކުގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް އެދެމުން މިކަންކަން ޔަގީންކޮށްދިނެވެ. އަދި ބައެއް އެސޯސިއޭޝަންތަކުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

މާޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އަހަރީ އާއްމު ޖަލްސާ ބާއްވައި ކުރީ އަހަރުގެ ރިޕޯޓް ހުށަހަޅައި ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްކުރުމަކީ ކުލަބު ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން އެސޯސިއޭޝަންތަކަށް މަޖުބޫރު ކަމެކެވެ.

ނަމަވެސް ކުޅިވަރު އެސޯސިއޭޝަންތައް ހިންގެވުމުގައި ވަރަށް އިސްދައުރެއް އަދާކުރައްވާފައިވާ އަދި މިހާރު ވެސް އެކަންކަމުގައި ޝާމިލްވެ އުޅުއްވާ އިސް ބޭފުޅަކު ވިދާޅުވީ މާޗު މަހުގެ ނިޔަލަށް އަހަރީ ރިޕޯޓް ހުށަހަޅައި ބަޖެޓް ފާސްކުރަން ޖެހުމަކީ އެސޯސިއޭޝަންތަކަށް ދިމާވާ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ. ސަބަބަކީ އިންޓަ ސްކޫލް ފަދަ ގިނަ މުބާރާތްތަކައް ބާއްވަން އެސޯސިއޭޝަންތަކުން އަވަދިނެތި އުޅުމެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ބުރަބޮޑު އެސޯސިއޭޝަނަކީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ. އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވާ އެސޯސިއޭޝަނަކީ ވެސް އެއީ އެވެ. އެފްއޭއެމުގެ ކޮންގްރެސް އޮތީ މި މަމަހުގެ 21ގަ އެވެ. ކުރިން ވާހަކަދެއްކި ޔޫތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އެފްއޭއެމުން އޮތީ އަހަރީ ޖަލްސާ ލަސްކުރުމަށް މިނިސްޓްރީގައި އެދިފައި ކަމަށެވެ. ކުރީގެ އެޑްމިނިސްޓްރޭޝަންގައި އެފްއޭއެމުގެ އަހަރީ ޖަލްސާ ނުބާއްވައި ބަޖެޓް ފާސްނުކޮށް ހިންގި ނަމަވެސް ބައްސާމް އަދީލް ޖަލީލް ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އެފްއޭއެމުން މިކަން ގަވާއިދުން ކުރަމުންގެންދެ އެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2020

އިސްކުރާނީ ނިއު، ސިޔާސީ ކަންކަން އަންނާނީ އެއަށްފަހު: މޮސްޓާ

07 މާރިޗު 2020
އިސްކުރާނީ ނިއު، ސިޔާސީ ކަންކަން އަންނާނީ އެއަށްފަހު: މޮސްޓާ
06 އޮކްޓޯބަރު 2019

ގައުމީ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުލުމުގެ މުއްދަތު އިތުރުކޮށްފި

06 އޮކްޓޯބަރު 2019
ގައުމީ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުލުމުގެ މުއްދަތު އިތުރުކޮށްފި
01 އޯގަސްޓު 2018

ހިގުއައިން މިލާނަށް ބަދަލުވުމުގެ ކަންކަން އަދި ނުނިމޭ

01 އޯގަސްޓު 2018
ހިގުއައިން މިލާނަށް ބަދަލުވުމުގެ ކަންކަން އަދި ނުނިމޭ
27 ޖޫން 2018

ފްރާންސް ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި

27 ޖޫން 2018
ފްރާންސް ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި
23 މެއި 2018

މިހަފްތާގެ ތެރޭގައި ރޫނީގެ ޓްރާންސްފާގެ ކަންކަން ނިމޭނެ!

23 މެއި 2018
މިހަފްތާގެ ތެރޭގައި ރޫނީގެ ޓްރާންސްފާގެ ކަންކަން ނިމޭނެ!
07 އޮކްޓޯބަރު 2017

މުއްދަތު ހަމަވާއިރު، ބޮޑެތި ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީ ކޮށްފި – ސްޕޯޓްސް ކޮމިޝަނަރ

07 އޮކްޓޯބަރު 2017
މުއްދަތު ހަމަވާއިރު، ބޮޑެތި ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީ ކޮށްފި – ސްޕޯޓްސް ކޮމިޝަނަރ
21 އޯގަސްޓު 2017

ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

21 އޯގަސްޓު 2017
ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
22 ޖުލައި 2017

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

22 ޖުލައި 2017
ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
05 ޖޫން 2017

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް