Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުރޭޑިއަންޓް

އިސްކުރާނީ ނިއު، ސިޔާސީ ކަންކަން އަންނާނީ އެއަށްފަހު: މޮސްޓާ

ނިއު މިހާރު އޮތް ހާލަތުން އަރައި ގަތުމަށް އެ ކްލަބުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 7 މާރިޗު 2020 | ހޮނިހިރު 11:10
ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަލީ ވަހީދު (ކ) އަދި މިހާރުގެ ޗެއާމަން މޮސްޓާ (ވ)

ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަލީ ވަހީދު (ކ) އަދި މިހާރުގެ ޗެއާމަން މޮސްޓާ (ވ)

އެންމެ ފުރަތަމަ އިސްކުރާނީ ނިއުރޭޑިއަންޓްގެ ކަންކަން ކަމަށާއި އެހެން ކަންކަން އަންނާނީ ނިއުއަށް ފަހުގައި ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން ކަމާއި ދާދިފަހުން ހަވާލުވި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެމްބަދު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ރާއްޖެއެމް.ވީ އަށް ދިން އިންޓަރވިއުއެއްގައި މޮސްޓާ ވިދާޅުވީ ނިއުރޭޑިއަންޓް އަކީ އޭނާ އަބަދުވެސް ސަޕޯޓުކުރި ކްލަބް ކަމަށާއި އެކަން ނިއުގެ ސަޕޯޓަރުންނަށް އިނގޭނެ ކަމަށެވެ. ރާއްޖޭގައި ސިޔާސީ ކަންކަން އެންމެ ބޮޑުވީ 2005 ވަނަ އަހަރުގެ ފަހުން ކަމަށާއި އޭގެ މާކުރިން ވެސް އޭނާ ވާނީ ދަނޑަށް ގޮސް ނިއުގެ ކަންކަމުގައި އުޅެފައި ކަމަށާއި އޭނާގެ އަމާޒަކީ ނިއު ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެ އަލުން ނިއު، ނިއުގެ އަސްލު މަގާމަށް (ރަސްކަމަށް) ގެނައުން ކަމަށެވެ.

ނިއު ރޭޑިއަންޓުގެ ކުރީގެ ޗެއާމަން އަދި މިހާރުގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދަށް ތައުރީފު ކުރައްވަމުން މޮސްޓާ ވިދާޅުވީ އަލީ ވަހީދު ޗެއާމަން ކަމުގައި ހުންނެވިއިރު އަލީ ވަހީދާއެކު ނިއުގެ ކަންކަމުގައި މަސައްކަތް ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އަލީ ވަހީދުގެ ޗެއާމަން ކަމުގެ ދަށުން ނިއުއިން ވަނީ އެއްވެސް މެޗަކުން ބަލިނުވެ، ދިވެހި ލީގު ކާމިޔާބުކޮށްފައި ކަމަށާއި، އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ދެވަނަ ފަހަރަށް ނިއުއިން ދަތުރު ކޮށްފައިވާކަން މޮސްޓާ ފާހަގަކުރެއްވިއެވެ.

އޭރުގެ ނިއުރޭޑިއަންޓް އަކީ ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާނު ކަމަށް ވެސް އެންމެ ކުޑަ އިރުއްސުރެ ނިއުއަށް ސަޕޯޓުކުރަމުން އަންނަ މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާގެ ނަޒަރުގައި އަލީ ވަހީދާއި އެކު ވެސް މަސައްކަތް ކުރެވުނީ ސިޔާސީ ވާދަވެރިކަން އެކަހެރިކޮށް ކުޅިވަރަށް ސަމާލުކަންދީގެން ކަމަށެވެ. މޮސްޓާ ވިދާޅުވީ ސިޔާސީ ކަންކަމަކީ ވަކި އެއްޗެއް ކަމަށާއި ކުޅިވަރަކީ ވަކި އެއްޗެއް ކަމަށްވެސް ވިދާޅުވެފައެވެ.

ނިއުގައި މިހާރު މިއޮތް ބޯޑަކީ ނިއުގެ ހުރިހާ ހިތާމައެއްގައި ބައިވެރިވާނެ ބޯޑެއް ކަމަށާއި ނިއު އަށް މޮޅެއް ލިބިއްޖެނަމަ މިހާރުގެ ބޯޑު މެމްބަރުންގެ ލޮލުން އުފަލުން ކަރުނަ ފާއްދާލާނެ ކަމަށާއި ނިއުއަށް ދެރަ ގޮތެއް ވެއްޖެނަމަ ބޯޑު މެމްބަރުން އެކަމާއި ހިތާމަކޮށް ހަދާނެ މެމްބަރުންތަކެއް ކަމަށެވެ.

ފުޓްބޯޅައިގެ ހުރިހާ ކަމަކުން މިދިޔަ އަހަރު ނިއުރޭޑިއަންޓް ސަސްޕެންޑު ކުރިއިރު، ނިއުރޭޑިއަންޓުން ދިވެހި ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ދޭން އޭރު ޖެހުނެވެ. އެކަމަކު އެފްއޭއެމްގައި ހުރި ނިއުރޭޑިއަންޓުގެ ފައިސާއިން ދިވެހި ކުޅުންތެރިންނަށް ވަނީ މިހާރު މުސާރަ ދީފައެވެ.

ނަމަވެސް އަފްޣާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީ އަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން އެއްބަސްވުން ބާތިލުކޮށްފައިވާތީ 703،707 (ހަތްލައްކަ ތިންހާސް ހަތްސަތޭކަ ހަތް ރުފިޔާ) ދޭން ފީފާއިން ވަނީ ނިއުރޭޑިއަންޓަށް އަންގާފައެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒް އަށް 511،342 (ފަސްލައްކަ އެގާރަހާސް ތިންސަތޭކަ ސާޅީސްދެ ރުފިޔާ) ދޭންވެސް ވަނީ އަންގާފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު