Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ބެލިންހަމްގެ ސުވާލު ކުރުމުން ގާޑިއޯލާ: "ތިޔަށްވުރެ ރަނގަޅަށް ތައްޔާރުވާން ޖެހޭ"

އޭނާ ބުނީ އެ ސުވާލަށްވުރެ ބޮޑަށް ތައްޔާރުވާން ޖެހޭނެ ކަމަށާއި، އެއަށްވުރެ ރަނގަޅު ސުވާލުވެސް ކުރެވޭނެކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އެޕްރީލު 2023 | ހޮނިހިރު 06:30
މެންޗެސްޓަރ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ

ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު, ޖޫޑް ބެލިންހަމް ހޯދުމަށް މެންޗެސްޓަރ ސިޓީން ބޭނުންވޭތޯ ސުވާލު ކުރުމުން ގާޑިއޯލާ ހިތްހަމަނުޖެހިއްޖެއެވެ.

އިނގިޜޭސި ޕްރިމިއަރ ލީގުގައި ސިޓީން ލެއިސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ވަނީ އެ ސުވާލު ގާޑިއޯލާއަށް އަމާޒުކޮށްފައެވެ. އެ ސުވާލާ ގުޅިގެން ގާޑިއޯލާ ފުރަތަމަ ބުނީ އޭނާ އެކަމުގައި ކޮމެންޓެއް ކުރަން ބޭނުންނުވާކަމަށާއި، ދޭނެ ކޮމެންޓެއް ނެތްކަމަށެވެ. އެއަށްފަހު ގާޑިއޯލާ ވަނީ ނޫސްވެރިޔާ ގާތު ސުވާލެއްކޮށްފައެވެ. އެއީ މިހާތަނަށް އައިއިރު ކިތައް ޕްރެސް ކޮންފަރެންސަށް އެ ނޫސްވެރިޔާ ހާޒިރުވެފައިވޭތޯއެވެ. އެއަށްފަހު އޭނާ ބުނީ އެ ސުވާލަށްވުރެ ބޮޑަށް ތައްޔާރުވާންޖެހޭނެ ކަމަށާއި، އެއަށްވުރެ ރަނގަޅު ސުވާލުވެސް ކުރެވޭނެކަމަށެވެ. ގާޑިއޯލާ ވަނީ އެހެން ސުވާލަކަށް ފުރުސަތު ދީފައެވެ.

އެ ޕްރެސްގައި އޭނާ ބުނީ ސިޓީން މަސައްކަތްކުރަނީ ތަށި ދިފާއުކުރަން ކަމަށާއި، އެ މަސައްކަތުގައި ކުރިއަށް އޮތީ މުހިންމު މެޗެއް ކަމަށެެވެ. އޭނާ ބުނީ ލީގުގައި ބާކީ އޮތް ތަނުގައި ޕޮއިންޓެއް ގެއްލުވާލައިގެން ހަމަޖެހުމެއް ނެތްކަމަށެވެ. މީގެ އިތުރުން އެންމެ ފަހުން ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު ފުރިހަމަ މޮޅާއެކު ސިޓީ އޮތީ ރަނގަޅު ރޫހެއްގައި ކަމަށާއި، ޓީމާމެދު އޭނާއަށް އިތުބާރު އެބައޮތް ކަމަށެވެ. ގާޑިއޯލާ ބުނީ، ޓީމުގައި އޮތް ރޫހު ކުޅުންތެރިން ދައްކަންޖެހޭނީ ދަނޑުމަތިން ކަމަށާއި، ޓީމުގެ ޓާގެޓަށް ވާސިލްވުމަށް ކުރިއަށް އޮތީ މުހިންމު ދުވަސްތަކެއް ކަމަށެވެ.

ޕްރިމިއަރ ލީގުގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ލެއިސްޓަރއާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ 21:30ގައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް

04 އެޕްރީލު 2017
ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް
03 އެޕްރީލު 2017

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

03 އެޕްރީލު 2017
ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
15 މާރިޗު 2017

ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް

15 މާރިޗު 2017
ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު