Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓްބޯޅަ

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

މުއްސަދި ފިރިމީހާގެ 70 މިލިއަން ޔޫރޯގެ މިލްކިއްޔާތުން އަންހެނުން އެއްވެސް އެއްޗެއް ލިބޭގޮތެއްނުވި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 15 އެޕްރީލު 2023 | ހޮނިހިރު 00:52
އަޝްރަފް ހަކީމީ އާއި ކުރީގެ އަންހެނުން އަބޫކް: ދެމީހުން ވަނީ ވަރިވެފައި

އަޝްރަފް ހަކީމީ އާއި ކުރީގެ އަންހެނުން އަބޫކް: ދެމީހުން ވަނީ ވަރިވެފައި

ޕީއެސްޖީ އަށް ކުޅޭ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީގެ މުދާ އޭނާގެ މަންމަގެ ނަންމަތީގައި ހުރުމުން ކުރީގެ އަނބިމީހާ، އޭނާގެ މުދަލުގެ ދެބައިކުޅަ އެއްބައި ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ އެވެ.

ތަޖުރިބާކާރު ޑިފެންޑަރުގެ ކުރީގެ އަންހެނުން ހިބާ އަބޫކް އޭނާ ގާތުން ވަރިވީ މިދިޔަ ޑިސެމްބަރު މަހު ނިމުނު ވޯލްޑްކަޕަށްފަހު އަންހެން ކުއްޖަކު ހަކީމީ އަށް ރޭޕްގެ ތުހުމަތު ކުރި ހިސާބުންނެވެ. މިކަމާމެދު ހަކީމީ ވަކިއެއްޗެއް ނުބުނެ އެވެ.

މިއާއެކު އޭނާގެ އަންހެނުން ހިބާ، މަސައްކަތް ފެށީ ހަކީމީގެ މުދަލުން ދެބައިކުޅަ އެއްބައި ހޯދުމަށެވެ. ނަމަވެސް ޝަރުއީ މަރުހަލާއިން މިކަން ނާކާމިޔާބުވުމުން ހިބާ ވަނީ ދިގު ބަޔާނެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލާފަ އެވެ.

އޭނާ ބުނެފައިވަނީ މުއްސަނދި ފިރިމީހާގެ ހުރިހާ މުދަލަކާއި ފައިސާއެއް ހުރީ އޭނާގެ މަންމަ ފާތިމާގެ ނަންމަތީގައި ކަމަށެވެ. މަންމަގެ ނަމަށް މުދާ ބަދަލު ކުރުމަށް ހެދި އެގްރީމަންޓްގައިވާ ގޮތުގެ މަތީން ހަކީމީ ކަމަކަށް އެދި ބުނަންޖެހެނީ މަންމަ ގާތުގައި ކަމަށާއި އެއްޗެއް ގަންނަން ބޭނުންވިޔަސް އެކަން ކޮށްދެނީ މަންމަ ފާތިމާ ކަމަށެވެ. ހަކީމީ އަކީ ޕީއެސްޖީގައި މަހަކު މިލިއަނެއްހާ ޑޮލަރު ލިބޭ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާގެ އެކައުންޓްގައި ފައިސާ ނުބަހައްޓައި މަންމަގެ އެކައުންޓްގައި ފައިސާ ބެހެއްޓި ސަބަބެއް ސާފެއްނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަކީމީ އަށް މަހަކު އެއް މިލިއަން ޔޫރޯ ލިބެ އެވެ. އަދި މި ފައިސާގެ ތެރެއިން 80 ޕަސެންޓް ފައިސާ ރައްކާކޮށްފައިވަނީ އޭނާގެ މަންމަގެ އެކައުންޓްގަ އެވެ. އަދި އޭނާގެ ނަމުގައި ގެއެއް، ކާރެއް، ގަހަނާއެއްގެ އިތުރުން އަންނައުނެއްހާ ހިސާބު ވެސް ނެތް ކަމަށެވެ.

އުމުރުން މިހާރު 36 އަހަރުގެ އަބޫކް އާއި 24 އަހަރުގެ ހަކީމީ ލޯބީގެ ގޮތުން ކުޅުނީ 2018 ވަނަ އަހަރު އެވެ. އަދި ހަކީމީގެ 70 މިލިއަން ޔޫރޯގެ މިލްކިއްޔާތުގައި އަބޫކް ބުނަނީ އޭނާގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށެވެ. ނަމަވެސް ހަކީމީގެ ނަމުގައި މިހާރު އެއްވެސް މުދަލެއް ނެތުމުން އެތަކެތި ހޯދުމަށް ދައުވާކުރެވޭނެ އެއްވެސް ހައިސިއްޔަތެއް އަބޫކަށް ނެތްކަމަށް ޝަރުއީ މަރުހަލާގައި ވަނީ ނިންމާފަ އެވެ. ނަމަވެސް ހަކީމީގެ މިއަމަލަކީ އަބޫކް ވަރިވާން އެދުމުން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ޝައްކުކުރަން ފަށައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަޝްރަފް ހަކީމީ އަށް ކުރެވޭ ރޭޕުގެ ތުހުމަތުތައް ތަޙުޤީގު ކުރަން ފަށައިފި

އަޝްރަފް ހަކީމީ އަށް ކުރެވޭ ރޭޕުގެ ތުހުމަތުތައް ތަޙުޤީގު ކުރަން ފަށައިފި

01 މާރިޗު 2023
އެމްބާޕޭއާ އެކު އަޝްރަފް ހަކީމީ ވެސް މެޑްރިޑަށް ގެންދަން ޖެހިއްޖެ!

އެމްބާޕޭއާ އެކު އަޝްރަފް ހަކީމީ ވެސް މެޑްރިޑަށް ގެންދަން ޖެހިއްޖެ!

20 ފެބުރުއަރީ 2023
އެހެން ކުލަބަކަށް ބަދަަލުވުމަށް އަޝްރަފް ހަކީމީ އެއްވެސް މަޝްވަރާއެއް ނުކުރޭ

އެހެން ކުލަބަކަށް ބަދަަލުވުމަށް އަޝްރަފް ހަކީމީ އެއްވެސް މަޝްވަރާއެއް ނުކުރޭ

23 ޑިސެމްބަރު 2022
ބާސެލޯނާއިން ހަރުމުދާ ވިއްކާތީ ކްލޮޕްގެ ފާޑުކިއުން އަމާޒުވެއްޖެ

ބާސެލޯނާއިން ހަރުމުދާ ވިއްކާތީ ކްލޮޕްގެ ފާޑުކިއުން އަމާޒުވެއްޖެ

15 އޯގަސްޓު 2022
ހަކީމީގެ ލަނޑުން ފަހު ވަގުތު ޕީއެސްޖީއަށް މޮޅެއް

ހަކީމީގެ ލަނޑުން ފަހު ވަގުތު ޕީއެސްޖީއަށް މޮޅެއް

23 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު