Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަކީމީގެ ސޮއި ހޯދުން

އަޝްރަފް ހަކީމީގެ ސޮއި އިންޓައިން ހޯދަނީ

30 ޖޫން 2020 | އަންގާރަ 09:22

ޑޯޓްމުންޑަށް ހަކީމީ ކުޅެމުން އަންނަނީ ރެއާލްގެ ލޯނު އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޖޫން 2020 | އަންގާރަ 09:22
ޑޯޓްމުންޑްގެ ޑިފެންޑަރު އަޝްރަފް ހަކީމީ: އޭނާގެ ސޮއި ހޯދުމަށް އިންޓައިން އަންނަނީ މަސައްކަތް ކުރަމުން

ޑޯޓްމުންޑްގެ ޑިފެންޑަރު އަޝްރަފް ހަކީމީ: އޭނާގެ ސޮއި ހޯދުމަށް އިންޓައިން އަންނަނީ މަސައްކަތް ކުރަމުން

ލޯނު އެއްބަސްވުމެއްގެ ދަށުން ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ޑިފެންޑަރު އަޝްރަފް ހަކީމީގެ ސޮއި ހޯދުމަށް އިންޓަ މިލާނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޑޯޓްމުންޑަށް ހަކީމީ ކުޅެމުން އަންނަނީ ސްޕެއިންގެ ރެއާލް މެޑްރިޑްގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.

ހަކީމީގެ ސޮއި ހޯދުމަށް އިންޓައިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކްލަބުގެ ސީއީއޯ ޖެސާފީ މަރޭޓޯ ވަނީ ކަށަވަރު ކޮށްދީފައެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވައިއުއެއްގައި އިންޓަގެ ސީއީއޯ ޖުސެއްޕޭ މަރޯޓާ ވިދާޅުވީ ހަކީމީގެ ސޮއި ހޯދުމަށް އެކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން އޭނާ ގަތުމަށް ޑޯޓުމުންޑާއި ރެއާލް އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އިންޓައިން ހަކީމީގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ޑޯޓްމުންޑާއެކު ހަކީމީ ހަދާފައިވާ ލޯނު އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ރެއާލުން ހަކީމީ އިންޓައަށް ވިއްކާލުމަށް އޮތީ ތައްޔާރަށެވެ. ސަބަބަކީ ރެއާލުގައި ފަހަތަށް ކުޅެމުން އަންނަ ކުޅުންތެރިން ގިނަވުމާއި، އެޓީމުގެ ކޯޗު ޒިނެދިން ޒިދާނުގެ ޕްލޭނުގައި ހަކީމީ ނުހިމެނޭތީއެވެ.

ހަކީމީގެ ސޮއި ހޯދުމަށް އިންޓައިން މަސައްކަތް ކުރަމުން އަންނައިރު، ޑޯޓުމުންޑުންވެސް އަންނަނީ މި ސީޒަން ނިމުމުން ހަކީމީ އާއެކު ދާއިމީ އެއްބަސްވުމެއް ހެދުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެ ކްލަބުން ހަކީމީ ގަތުމަށް ހުށަހަޅާނީ 36 މިލިއަން ޕައުންޑު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު އޭނާގެ ސޮއި ހޯދުމަށް އިންޓައިން 40 މިލިއަން ޕައުންޑު ހުށަހެޅުމަށް އޮތީ ތައްޔާރަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

2017 ވަނަ އަހަރު ރެއާލްގެ ސީނިއާ ޓީމުން ކެރިއަރު ފެށި ހަކީމީ ވަނީ ރެއާލަށް 17 މެޗު ކުޅެދީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި 2018 ވަނަ އަހަރު ޑޯޓްމުންޑަށް ހަކީމީ ބަދަލުވުމަށްފަހު، އެ ކްލަބަށް ކުޅެދިން 73 މެޗުގައި އޭނާ ވަނީ 12 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
26 ފެބުރުއަރީ 2017

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

26 ފެބުރުއަރީ 2017
ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް
05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް