Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނޭމާ - ޒިދާން

ނޭމާއަކީ ވަރަށް ކަމުދާ ކުޅުންތެރިޔެއް: ޒިދާން

ނޭމާ ހޯދުމަށް ރެއާލްއިން އަންނަނީ މަސައްކަތް ކުރަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2018 | ހޮނިހިރު 14:44
ޒިދާން އަދި ނޭމާ

ޒިދާން އަދި ނޭމާ

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާއަކީ ވަރަށް ކަމުދާ ކުޅުންތެރިޔެއް ކަމަށް ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ބުނެފިއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕީއެސްޖީއާ ގުޅުނު ނޭމާ ހޯދުމަށް ރެއާލްއިން މަސައްކަތް ފަށާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެގޮތުން އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކްރިސްޓިއާނޯ ރޮނާލްޑޯއަށް މި ސީޒަނުގައި މާ އެދެވޭ ކުޅުމެއް ދެއްކެމުން ނުދިޔުމާއި ގުޅިގެން ރެއާލްއިން އޭނާގެ ބަދަލުގައި ނޭމާ ގެންނަން ބޭނުންވާ ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ. އެހެން ނަމަވެސް ޒިދާން ވަނީ މިކަމަށް ސީދާ ޖަވާބެއް ދޭން ދެކޮޅު ހަދާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އޭނާ ބުނީ އަމިއްލަ ޓީމުގެ ކުޅުންތެރިން ނޫން އެހެން ޓީމުތަކުގެ ކުޅުންތެރިންގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި އެހެން ނަމަވެސް ފުޓްބޯޅައަށް ލޯބިކުރާ ކޮންމެ މީހަކަށް ވެސް ނޭމާއަކީ ކަމުދާނެ މީހެއް ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ނޭމާ ހޯދުމަށް ރެއާލްއިން ރޮނާލްޑޯ ޕީއެސްޖީއަށް ހުށަހަޅާނެއެވެ. މި ސީޒަނުގައި ރެއާލްގެ ފޯވާޑް ލައިންއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން ސްޕެނިޝް ލަލީގާގައި އެ ޓީމުން ކުޅުނު މެޗުތަކުގައި އެ ޓީމުގެ ފޯވާޑުންނަށް ޖެހިފައިވަނީ ވަރަށް މަދު އަދަދެއްގެ ލަނޑުތަކެވެ. މިކަމާއި ގުޅިގެން އެ ޓީމުގެ ފޯވާޑް ލައިންއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ޒިދާންއަށް ވެސް ވަނީ މިކަން ހައްލުކުރުމަށް ގޮންޖެހުންތަކަކާއި ކުރިމަތިވެފައެވެ.

ރެއާލްގެ ދަށް ކުޅުމުގެ ސަބަބުން ޒިދާންގެ ވަޒީފާ ގެއްލިދާނެ ކަމަށް ބިރު ހީވެފައިވާއިރު އޭނާ ބުނީ އެއްވެސް ގޮތަކަށް ގޯސް ވިސްނުމެއް ގެންގުޅެން ބޭނުންނުވާ ކަމަށާއި އަބަދުވެސް ވިސްނަނީ ޕޮޒިޓިވްކޮށް ކަމަށެވެ. އޭނާ ބުނީ ފުޓްބޯޅައިގައި ކަންކަން ގޯސްކޮށް ހިނގާނެ ކަމަށާއި އެހެން ނަމަވެސް އޭނާއަކީ ވަޒީފާއަށް ބިރުން ފިލާނެ މީހެއް ނޫން ކަމަށެވެ. އަދި ކްލަބްގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އޭނާގެ ގާބިލިއްޔަތުކަން ތަންދިން މިންވަރަކުން މަސައްކަތް ކުރާނެ ކަމަށް ޒިދާން ބުނެފައިވެއެވެ.

ނޭމާއަށް ރެއާލްއިން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އޭނާ ވަނީ އެ ޓީމުގެ ވާދަވެރި ބާސެލޯނާގައި ކާމިޔާބު ދުވަސްތަކެއް ވޭތުކޮށްފައެވެ. މިކަމާއި ގުޅިގެން އޭނާ ރެއާލްއާ ގުޅުމަކީ ވުމަށް ވުރެން ނުވުން ގާތްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ދުނިޔޭގެ ރެކޯޑު ޓްރާންސްފާ ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ޕީއެސްޖީއަށް ބަދަލުވެ ނޭމާ އަންނަނީ އާދަޔާ ހިލާފް މޮޅު ކުޅުމެއް ދައްކަމުންނެވެ. ޕީއެސްޖީއިން އޭނާ ވިއްކާނުލާނެ ކަމަށް ބެލެވޭއިރު އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ހޯދުމަށް ރެއާލްއިން ބިޑުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ގިނަ މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު