Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެޑެން ހަޒާޑް

ރެއާލް އަކީ ވަރަށް ކަމުދާ ކްލަބެއް: ހަޒާޑް

23 ނޮވެމްބަރު 2017 | ބުރާސްފަތި 09:46

މިއީ ހާޒާޑް ޗެލްސީއަށް ކުޅޭ ހަވަނަ ސީޒަން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 23 ނޮވެމްބަރު 2017 | ބުރާސްފަތި 09:46
ހަޒާޑް ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓާއެކު

ހަޒާޑް ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓާއެކު

ސްޕެއިންގެ ރެއާލް މެޑްރިޑަކީ ވަރަށް ކަމުދާ ކްލަބެއް ކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި ފޯވާޑް އެޑެން ހަޒާޑް ބުނެފިއެވެ.

މިއީ ހަޒާޑް ޗެލްސީއަށް ކުޅޭ ހަވަނަ ސީޒަން ކަމަށްވާއިރު، ކޮންމެ ޓްރާންސްފަރ ބާޒާރެއްގައި ވެސް އޭނާ ރެއާލް މެޑްރިޑާއި ގުޅެން އުޅޭ ކަމުގެ އަޑުތައް ފެތުރެއެވެ. މީގެ ކުރިން ދިން ބައެއް އިންޓަވިއުތަކުގައި ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ކުޅެން ބޭނުންވާ ކަމަށް ހަޒާޑް ބުނެފައިވެއެވެ.

މި ސީޒަނުގައި ހަޒާޑް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު, ކުރިޔަށް އޮތް ޖެނުއަރީ މަހުގެ ޓްރާންސްފަރ ބާޒާރުގައި އޭނާ ރެއާލް މެޑްރިޑާއި ގުޅެން އުޅޭ ކަމުގެ ވާހަކަތައް ހަޒާޑް ވަނީ ދޮގުކޮށްފައެވެ. ފްރާންސްގެ ޓީވީއެއް ކަމަށްވާ 'ކެނަލް ޕްލަސް'އަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނެފައިވަނީ ކޮންމެ ސީޒަނެއްގައި ވެސް އޭނާ ޗެލްސީ ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތައް ދެކެވޭ ކަމަށާއި, އެހެންނަމަވެސް އެކަން ހަގީގަތަކަށް ވެފައިނުވާ ކަމަށެވެ.

އަދި ޗެލްސީގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތް ކަމަށާއި، ޗެލްސީ ދޫކޮށްލަން ބޭނުންވާ ދުވަހަކުން އޭނާއަށް ކްލަބް ދޫކޮށްލުމުގެ އިހްތިޔާރު އޮންނާނެ ކަމަށް ހަޒާޑް ބުނެފައިވެއެވެ. މިވަގުތު އޭނާއަކީ ނޫ ޖާޒީއަށް ނިސްބަތްވާ ކުޅުންތެރިޔެއް ކަމަށާއި، ނަމަވެސް ރެއާލްއަކީ އަބަދުވެސް އޭނާއަށް ކަމުދާ ޓީމެއްކަން އެންމެނަށްވެސް އެނގޭނެ ކަމަށް ހަޒާޑް ބުނެފައިވެއެވެ.

މި އިންޓަވިއުގައި ހަޒާޑް ބުނެފައިވަނީ ފްރާންސްގެ ލިލޭއަށް އޭނާ ކުޅުނު ދުވަސްވަރު ޕީއެސްޖީއަށް އޭނާ ބަދަލުވާން އުޅޭކަމަށް ބުނެ މީޑިއާތަކުން ހަބަރު ފަތުރާފައިވާ ކަމަށާއި، ހަމައެގޮތަށް ޗެލްސީ އަށް އޭނާ ބާދަލުވާން އުޅޭކަމަށް ބުނެ ތަކުރާރުކޮށް ދޮގު ހަބަރު ފަތުރަމުންދާ ކަމަށެވެ.

ހަޒާޑް މިހެން ބުނެފައިވާއިރު އޭނާ ރެއާލްގެ ވާދަވެރި ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް ވެސް މިދިޔަ ޓްރާންސްފާ ބާޒާރުގައި ފެތުރިފައިވެއެވެ. އަދި ހަޒާޑަކީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންއަށް ވަރަށް ކަމުދާ ކުޅުންތެރިޔެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފްރާންސްގެ ލިލޭއިން 2012 ވަނަ އަހަރު ޗެލްސީއަށް ބަދަލުވުމަށް ފަހު ހަޒާޑް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާވަނީ ޗެލްސީއަށް ކުޅުނު 174 މެޗުގައި 57 ލަނޑު ޖަހާފައެވެ. އަދި އެމުއްދަތުގައި އޭނާ ވަނީ ޗެލްސީއާއެކު ޔުއެފާ ޔުރޮޕާ ލީގުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގު ދެފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް