Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

އެހެން ކުލަބަކަށް ބަދަަލުވުމަށް އަޝްރަފް ހަކީމީ އެއްވެސް މަޝްވަރާއެއް ނުކުރޭ

ހަކީމީގެ އެޖެންޓް ކަމާނޯ ބުނީ ހަކީމީ ޕީއެސްޖީގައި ހުރީ ވަރަށް އުފަލުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޑިސެމްބަރު 2022 | ހުކުރު 23:28
ޕީއެސްޖީއަށް ކުޅެމުން އަންނަ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ

ޕީއެސްޖީއަށް ކުޅެމުން އަންނަ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ

ފްރާންސްގެ ޕެރިސް ސެއިންޓް ޖަރމަން (ޕީއެސްޖީ) ދޫކޮށް އެހެން އެއްވެސް ކުލަބަކަށް ބަދަލުވާން މޮރޮކޯގެ އަޝްރަފް ހަކީމީ މަޝްވަރާ ނުކުރާކަމަށް އޭނާގެ އެޖެންޓް ކަމާނޯ ބުނެފިއެވެ.

އުމުރުން 24 އަހަރުގެ ހަކީމީއަކީ ޕީއެސްޖީއާއި މޮރޮކޯގެ ގައުމީ ޓީމުގެ ޑިފެންސްގައި މުހިންމު ކުޅުންތެރިޔެކެވެ. ޚާއްސަކޮށް މި މަހު ގަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތުގައިވެސް ހަކީމީ ވަނީ މޮރޮކޯގައި މޮޅު ކުޅުމެއް ދައްކާފައެވެ. މުބާރާތުގެ ސެމީ ފައިނަލުން މޮރޮކޯ ބަލިވިނަމަވެސް، އެ ޓީމު އެހާ ހިސާބަށް ގެނައުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ވޯލްޑް ކަޕްގައި ހަކީމީ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޔޫރަޕުގެ ބައެއް ކުލަބުތަކުން އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށް، އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށްވެސް ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ހަކީމީގެ އެޖެންޓް ކަމާނޯ ބުނީ ހަކީމީ ޕީއެސްޖީގައި ހުރީ ވަރަށް އުފަލުން ކަމަށާއި، ކުލަބާއެކު 2026 ވަނަ އަހަރާ ހަމައަށް އޮތީ އެއްބަސްވުމެއް ހަދާފައި ކަމަށެވެ. ހަކީމީ ބޭނުންވަނީ ކުލަބް ފުޓުބޯޅައިގައި ޕީއެސްޖީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން ކަމަށާއި، އެއްބަސްވުން އޮތްހާ ދުވަހަކު އެހެން ކުލަބަކާއެކު މަޝްވަރާ ނުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. ހަމައެއާއެކު މިހާރު ހަކީމީގެ ހުރިހާ ފޯކަސްއެއް ހުރީ ސީޒަން އަލުން ފަށައިގެން، ޕީއެސްޖީއާއެކު ކުރިއަށް ދިޔުމަށް ކަމަށްވެސް ކަމާނޯ ވަނީ ބުނެފައެވެ.

އިޓަލީގެ އިންޓަރ މިލާން ދޫކޮށް ހަކީމީ ޕީއެސްޖީއަށް ބަދަލުވީ 2021 ވަނަ އަަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުލަބަށް މިހާތަނަށް 62 މެޗު ކުޅެދީ ހަތް ލަނޑުވެސް ޖަހާފައެވެ. މީގެ އިތުރުން އޭނާ ވަނީ ޕީއެސްޖީއާއެކު ފްރާންސް ލީގާއި، ޓްރޮފީ ޑީ ޗެމްޕިއަންވެސް ކާމިޔާބުކޮށްފައެވެ. މި ސީޒަންގެ ލީގު އެއްވަނާގައި ޕީއެސްޖީ އޮތްއިރު، ޗެމްޕިއަންސް ލީގުގެ ގަދަ 16ގައިވެސް އެ ޓީމު ވާދަކުރާނެއެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2018

އަޅުގަނޑުމެން އަޝްފާގަށް ނުދިން އިހުތިރާމެއް ދިނުމަށް އެހެން ބަޔަކު ނާންނާނެ: ސުޒެއިން

10 އެޕްރީލު 2018
އަޅުގަނޑުމެން އަޝްފާގަށް ނުދިން އިހުތިރާމެއް ދިނުމަށް އެހެން ބަޔަކު ނާންނާނެ: ސުޒެއިން
08 މާރިޗު 2018

މެސީގެ ރިލީސް ފީ އެހެން ޓީމަކަށް ދެއްކިދާނެ: ބާސެލޯނާ

08 މާރިޗު 2018
މެސީގެ ރިލީސް ފީ އެހެން ޓީމަކަށް ދެއްކިދާނެ: ބާސެލޯނާ
30 ޑިސެމްބަރު 2017

ލުކާކޫ ވަރުބަލިވެއްޖެ، އެހެން ނަމަވެސް އަރާމް ކުރުމަށް ފުރުޞަތު ދެވެން ނެތް: މޮރީނިއޯ

30 ޑިސެމްބަރު 2017
ލުކާކޫ ވަރުބަލިވެއްޖެ، އެހެން ނަމަވެސް އަރާމް ކުރުމަށް ފުރުޞަތު ދެވެން ނެތް: މޮރީނިއޯ
14 އޮކްޓޯބަރު 2017

އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުމެއް ނެތް: ޒިދާން

14 އޮކްޓޯބަރު 2017
އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުމެއް ނެތް: ޒިދާން
09 އޮކްޓޯބަރު 2017

އެހެންފަހަރު ފަހަރަށް ވުރެ މިފަހަރު މާބޮޑަށް ވެސް ތައްޔާރު، ސަޕޯޓަރުންގެ އެހީ ބޭނުން: އަޑުބަރޭ

09 އޮކްޓޯބަރު 2017
އެހެންފަހަރު ފަހަރަށް ވުރެ މިފަހަރު މާބޮޑަށް ވެސް ތައްޔާރު، ސަޕޯޓަރުންގެ އެހީ ބޭނުން: އަޑުބަރޭ
08 ސެޕްޓެމްބަރު 2017

ރޮނާލްޑޯ އަކީ އެހެން ޕްލެނެޓެއްގެ ކުޅުންތެރިއެއް: ޒިދާން

08 ސެޕްޓެމްބަރު 2017
ރޮނާލްޑޯ އަކީ އެހެން ޕްލެނެޓެއްގެ ކުޅުންތެރިއެއް: ޒިދާން
07 ޖޫން 2017

ދުނިޔޭގެ އެންމެ މުއްސަނދި ކުލަބަކަށް މެންޗެސްޓާ ޔުނައިޓެޑް

07 ޖޫން 2017
ދުނިޔޭގެ އެންމެ މުއްސަނދި ކުލަބަކަށް މެންޗެސްޓާ ޔުނައިޓެޑް
03 ޖޫން 2017

އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެ: އެލެގްރި

03 ޖޫން 2017
އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެ: އެލެގްރި
22 މެއި 2017

މިއީ އެހެން ބަޔަކަށް ހޯދޭނެ ތިން ޕޮއިންޓެއް ނޫން : ސުޒެއިން

22 މެއި 2017
މިއީ އެހެން ބަޔަކަށް ހޯދޭނެ ތިން ޕޮއިންޓެއް ނޫން : ސުޒެއިން
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު