Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޠާލިބާން ސަރުކާރު

ޠާލިބާން ސަރުކާރުގެ "ދިފާޢީ ކެތްތެރިކަން" ކޮޅުންލީތަ؟

14 އެޕްރީލު 2023 | ހުކުރު 11:39

އަފްޣާނިސްތާނުގެ އަސްކަރީ ފައުޖުގައި މިވަގުތު 150000 އެއްހާ ސިފައިން އެބަތިބި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 14 އެޕްރީލު 2023 | ހުކުރު 11:39
ޠާލިބާން ސަރުކާރުގެ އިސްވެރިއެއް

ޠާލިބާން ސަރުކާރުގެ އިސްވެރިއެއް

ހަތިޔާރު އެޅި ހަނގުރާމަވެރި ޠާލިބާން ޖަމާޢަތުން ކޮންޓްރޯލް ނަގާފައިވާ އަފްޣާނިސްތާނަށް ލިބިފައި އޮތް ކުޑަ ބަޖެޓުގެ ބޮޑު އިންސައްތައެއް ޚަރަދު ކުރަމުން ދަނީ އެ ޤައުމުގެ ޠާލިބާން ސަރުކާރުގެ ދިފާޢީ ވުޒާރާއަށެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެއްވެސް ބައިވެރިއަކު މިހާތަނަށް ރަސްމީ ސިފައެއްގައި ބަލައިގެންފައި ނުވާ ޠާލިބާން ސަރުކާރުން އަމާޒު ހިފާފައި ވަނީ އަސްކަރީ ފައުޖު ވަރުގަދަކޮށް، ވައިގެ މަގުން އަމާޒުވާ ހަމަލާތައް ދިފާޢު ކުރާނެ ނިޒާމު ޤާއިމު ކުރުމަށް ކަމަށް އަފްޣާން އަސްކަރިއްޔާގެ އިސްވެރިޔާ ވަނީ ހާމަކޮށްފައެވެ.

އޯގަސްޓް 2021 ގައި އަފްޣާނިސްޠާނުގެ ކޮންޓްރޯލް ނެގި ޠާލިބާން ސަރުކާރުގެ ދިފާޢީ އަމާޒުތައް ހާމަ ކޮށްފައި ވާ މި ދަނޑިވަޅަކީ، އެ ސަރުކާރުގެ ހައިސިއްޔަތު ބަލައިގަތުމަށް ބައިނަލްއަޤުވާމީ ޑިޕްލޮމެޓިކް ވެއްޓަށް ދަތި ކުރުވާ އެތައް ސިޔާސަތެއް ތަންފީޒު ކުރަމުންދާ ދަނޑިވަޅެކެވެ. އެގޮތުން އަންހެނުންނާއި އަންހެން ކުދިންގެ މަތީ ތަޢުލީމަށް ހުރަސް އެޅުމާއި، އަންހެނުން ވަޒީފާ އަދާ ކުރުމަށް އޮންނަ މިނިވަން ކަމަށް ހުރަސް އެޅުން ފަދަ ކިތަންމެ ސިޔާސަތަކަށް ބައިނަލްއަޤުވާމީ އަދި ދޭސީ ފެންވަރުގައި ދަނީ ފާޑުކިއުންތައް އަމާޒު ވަމުންނެވެ.

އަފްޣާނިސްތާނުގެ އުތުރުގެ ސަރަޙައްދެއް ކަމަށްވާ ބަދަޚްޝާންގެ ޠާލިބާން ކޮމާންޑަރު އަދި ޗީފް އޮފް އަރމީ ސްޓާފްގެ މަޤާމުގައި ހުރި ޤާރީ ފަސީހުއްދީން ފިޠުރަތު ވަނީ، އަފްޣާނިސްތާނުގެ ވައިގެ ސަރަޙައްދުގައި ބިދޭސީ ޑްރޯންތައް އުދުއްސާ އުދުއްސުން ކުށްވެރި ކޮށްފައެވެ.

އަފްޣާނިސްތާނުގެ އަސްކަރީ ފައުޖުގައި މިވަގުތު 150000 އެއްހާ ސިފައިން ތިބި އިރު، އިތުރު ބައިލައްކައެއްހާ ސިފައިން ރެކްރޫޓު ކުރުމަށް މަސައްކަތް ކުރަމުން ދާކަން ޤާރީ ފަސީހުއްދީން ފިޠުރަތު ވަނީ ފާހަގަ ކޮށްފައެވެ.

އަފްޣާނިސްތާނުގެ ބަޖެޓުގެ އެންމެ ބޮޑު އިންސައްތައެއް، ދިފާޢީ ކަންކަމަށް ކަނޑައެޅި ނަމަވެސް، އެއީ ކިހާ ޢަދަދެއްގެ ފައިސާއެއްކަން، އޭނާ ތަފްސީލުކޮށްދީފައެއް ނުވެއެވެ. ދިފާޢީ ކަންކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަތިތަކާ ކުރިމަތިލާން ނުޖެހޭ ކަމަށާ، ދަޢުލަތުގެ ބަޖެޓުގެ އެންމެ ބޮޑު އިސްކަމެއް ދީފައިވާ ދާއިރާއަކީވެސް ދިފާޢީ ދާއިރާކަން ޤާރީ ފަސީހުއްދީން ފިޠުރަތު ފާހަގަ ކުރިއެވެ. އަފްޣާނިސްތާނުގެ ދަޢުލަތުގެ ބަޖެޓަށް ފައިސާ ވަންނަ މައިގަނޑު މަސްދަރަކީ ޓެކުހާއި ކަސްޓަމްސް ޑިއުޓީއެވެ.

އަފްޣާނިސްތާނުގައި މަދަނީ ސަރުކާރެއް ޤާއިމުކޮށް، ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާޢަތެއްގެ ތެރެއިން ޤައުމީ އަސްކަރިއްޔާއެއް އެކުލަވާލުމަށް ޠާލިބާނުން މަސައްކަތް ކުރާތާ މިހާރު ދޮޅު އަހަރެއްހާ ދުވަސް ވަނީ ފާއިތުވެފައެވެ.

ބައިނަލްއަޤުވާމީ އެއްވެސް ސަރުކާރަކުން ރަސްމީ ސިފައެއްގައި ޠާލިބާން ސަރުކާރު ބަލައިގެންފައި ނުވާ ކަމީ، އެ ޤައުމުގެ އިޤްތިޞާދީ މަސްރަޙު އިންތިހާއަށް ނުތަނަވަސް ކުރުވާފައި އޮންނަ މައިގަނޑު އެއް ސަބަބެވެ. އޭގެ އިތުރުން، އަފްޣާނިސްތާނާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޭންކިންގް ސެކްޓަރަށް ގޮންޖެހުންތައް ކުރިމަތިވެފައި ވާ އިރު، ތަރައްޤީގެ ނަމުގައި އަފްޣާނިސްތާނަށް ދެމުންދިޔަ އެހީތައްވެސް ވަނީ މަޑުޖައްސާލާފައެވެ.

ޤާރީ ފަސީހުއްދީން ފިޠުރަތު ފާހަގަ ކުރި ގޮތުގައި ދިފާޢީ ކަންކަމަށް ހާއްސަ ސަމާލުކަން ދެނީ، އަފްޣާނިސްތާނުގެ ވައިގެ ސަރަޙައްދު، ޑްރޯންތަކާއި އެނޫންވެސް އެފަދަ ކަންކަމުން ސަލާމަތް ކުރުމަށް ކަމަށެވެ. ނަމަވެސް، އަފްޣާނިސްތާނަށް ވައިގެ ދިފާޢީ ނިޒާމު ގަންނަނީ ކޮން ބައެއް މެދުވެރިކޮށް ކަމެއް ޤާރީ ފަސީހުއްދީން ފިޠުރަތު، ތަފްސީލު ކޮށްދީފައެއް ނުވެއެވެ.

ކަން މިހެން އޮތް އިރު، އަފްޣާނިސްތާނުގެ ސަލާމަތީ ފައުޖުތަކުގައި މީގެ ކުރިން މަސައްކަތް ކޮށްފައި ވާ މީހުންނަށްވެސް، ޠާލިބާން ހަނގުރާމަވެރިންނެކޭ އެއްގޮތަށް އާމްދަނީ ލިބެމުން ދާނެ ކަމަށާ، އެމީހުންނާ މެދުވެސް ކަން ކުރަނީ ޠާލިބާން ހަނގުރާމަވެރިންނާ އެއްގޮތަށް ކަމަށް ޤާރީ ފަސީހުއްދީން ފިޠުރަތު ވަނީ ބުނެފައެވެ. ނަމަވެސް، އދއާއި އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމާޢަތްތަކުން ވަނީ، އަފްޣާނިސްތާނުގައި ކުރިން އޮތް ސަލާމަތީ ބާރުގެ މެންބަރުންނަށް އަމާޒުކޮށްގެން އެމީހުން މަރަމުން ދާކަމުގެ ތުހުމަތުތަކެއް ފެންމަތި ކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2017

ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާކޮށްފި 

08 ނޮވެމްބަރު 2017
ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާކޮށްފި 
27 އޮކްޓޯބަރު 2017

އެމެރިކާގެ ދިފާޢީ ވަޒީރު ދެކޮރެއާ ގުޅޭ ޑީއެމްޒީއަށް ޒިޔާރަތްކުރައްވައިފި

27 އޮކްޓޯބަރު 2017
އެމެރިކާގެ ދިފާޢީ ވަޒީރު ދެކޮރެއާ ގުޅޭ ޑީއެމްޒީއަށް ޒިޔާރަތްކުރައްވައިފި
27 ޖުލައި 2017

ވެނިޒުއޭލާ ސަރުކާރުގެ އިސް 13 އޮފިޝަލަކަށް ދަތިކުރުމުގެ ފިޔަވަޅު އެމެރިކާއިން އަޅައިފި

27 ޖުލައި 2017
ވެނިޒުއޭލާ ސަރުކާރުގެ އިސް 13 އޮފިޝަލަކަށް ދަތިކުރުމުގެ ފިޔަވަޅު އެމެރިކާއިން އަޅައިފި
25 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

25 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
18 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް