Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހީނަފަތް ބޭނުން ކުރުން

"މިހާރުގެ ބައެއް ކުދިންނަށް ހީނާއެއް ނޭނގޭ": ދުބާއީން ތަފާތު މަންޒަރެއް

މިއީ ޒަމާނީ އަދި ޘަޤާފީ ހީނާ އަރޓްގެ މެސެޖުތައް ފޯރުކޮށްދިނުމަށްވެސް މިއަދު އެންމެ އެކަށީގެންވާ އެއް އުފެއްދުމަށް ވަނީ ވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 12 އެޕްރީލު 2023 | ބުދަ 08:09
ޒީނަތްތެރިވުމުގެ ގޮތުން، ޙަލާލް މާއްދާތައް ބޭނުންކޮށްގެން ހަށިގަނޑުގައި އެކި ކަހަލަ ކުރެހުންތައް ކުރެހުމާއި، އިސްތަށިގަނޑުގައި ކުލަ ޖެއްސުމުގެ އިތުރުން ސިއްހީ އެކިއެކި ފަރުވާގެ ގޮތުގައި ހީނަފަތް ބޭނުނ

ސަހަރާގެ ހަނަސްފަސް، ހޫނު ވެލިގަނޑުގައިވެސް ހެދޭ، ނިސްބަތުން ކުޑަކުޑަ ގަހެއް ކަމަށްވާ ހީނާ ގަހުގެ ފަތުގެ އިތުރު ތަޢާރަފަކަށް ބޭނުމެއް ނުވާނެކަން ޔަޤީނެވެ. ހީނާ ފަތް ފުނޑައިގެން، ހަށިގަނޑުގެ އެކި ގުނަވަންތަކުގައި އެކި ފަރުމާތަކަށް އަޅާ އުޅޭތާ މިހާރު މިވަނީ އެތައް ސަތޭކަ އަހަރެއް ވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ އެކި ޘަޤާފަތްތަކުގައިވެސް އެކަން، ހަމަ އެގޮތަށް ކޮށް އުޅޭތާ އެތައް އަހަރެއް ވަނީ ވެފައެވެ.

ހީނާފަތުގެ އެތައް ބޭނުމެއް ކުރެއެވެ. ޒީނަތްތެރިވުމުގެ ގޮތުން، ޙަލާލް މާއްދާތައް ބޭނުންކޮށްގެން ހަށިގަނޑުގައި އެކި ކަހަލަ ކުރެހުންތައް ކުރެހުމާއި، އިސްތަށިގަނޑުގައި ކުލަ ޖެއްސުމުގެ އިތުރުން ސިއްހީ އެކިއެކި ފަރުވާގެ ގޮތުގައި ހީނަފަތް ބޭނުން ކުރެއެވެ. އަދުގެ ޒަމާނީ ދުނިޔޭގައިވެސް ހިނާފަތުގެ ބޭނުން ކުޑަވެފައި ވާތީއެއް ނުފެނެއެވެ. ހައްތަހާ ވަނީ އިތުރު ކަމުގައިވެސް ދެންނެވިދާނެއެވެ.

ދުބާއީއާއި ގާތްގަނޑަކަށް 100 އެއްހާ ކިލޯމީޓަރު ދުރުގައި އޮންނަ ރަސް އަލް ޚައިމާގައި ދިރިއުޅޭ އޭނާގެ އަންހެން ދަރިފުޅުގެ ގޭގައި ހައްދާފައި ހުރި ގަހުން ހީނާފަތް ބިންނަމުން ދިޔަ އެކަކީ މޫޒާ އަހުމަދު އަލް އަބްދުލީއެވެ.

ހީނާފަތްތައް ހިފައިގެން އޭނާގެ ގެއާ ދިމާއަށް މިޞްރާބު ޖަހާފައި ހުރި މޫޒާއަކީ އެންމެ އިހުގެ ގޮތަށް ހީނަފަތް ފުނޑައިގެން ހީނާ ޕޭސްޓް ތައްޔާރުކުރާ މަދު މީހުންގެ ތެރެއިން އެކަކެވެ.

ހިއްކާފައިވާ ހީނާފަތްތައް މުގުރާ، ފުރޭނުމަށްފަހު ދެން އެއާ އެއްކުރަނީ ލުނބޯހުތު ފެނެވެ. މިއީ ދުބާއީ ޘަޤާފަތާ ގުޅިފައިވާ އުކުޅެކެވެ. މިއީ ކައިވެނި ހަފުލާތަކާއި ޢީދު ފަދަ އުފާވެރި މުނާސަބުތަކަށް ހާއްސަ ކަމެކެވެ.

އެތައް ޖީލަކަށް ވަރުތަ ވެފައި ވާ ހީނާ އެޅުމުގެ ޘަޤާފަތުގައި ޒަމާނީ ކުލަތައް ޖައްސަމުންދާ އެކަކީ އަޒްރާ ޚާމިސާއެވެ. އަޒްރާގެ މަސައްކަތުން، ހީނާގެ ޒަމާނީ ވައްޓަފާޅި ދައްކާލައެވެ. އޭނާގެ ފަރުމާތަކުން އަދުގެ ފެޝަނަށް ހީނާ އަޅައެވެ. މިއީ ދިވެހިންގެ ދޫ ތަކަށްވެސް މިއަދު ފަރިތަވެފައިވާ ހީނާ އަރޓްއެވެ.

އަޒްރާގެ ހީނާ ފަރުމާތަކަކީ ބަލާލަން، ލޮލަށްވެސް ފަސޭހަ ފަރމާތަކެކެވެ. މީހުންގެ އަތްތިލަތަކުގަ ކުރެހުމުގެ އިތުރުން، ބޫޓޫތަކުގައިވެސް ޚާމިސާ ހީނާފަތް އަޅައެވެ. އަޒްރާ ދަނީ އެޑިޑާށްއާއި އެބެލް ވޮޗަޒްއާ ގުޅިގެން އެ ބްރޭންޑްތަކާވެސް ހީނާ އަރޓް ގުޅުވައިދެމުންނެވެ.

ޤުދުރަތީ އާލާތްތައް ބޭނުންކޮށްގެން އަޒްރާ ވަނީ އޭނާގެ އަމިއްލަ ހީނާ ބްރޭންޑެއްވެސް އުފައްދާފައެވެ. "އަޒްރާ"ގެ ނަމުގައި އުފައްދާފައިވާ މި ބްރޭންޑަކީ ޒުވާނުންގެ މެދުގައި މިއަދު އިންތިހާއަށް މަޤުބޫލުވަމުން އަންނަ ހީނާ ބްރޭންޑްއެކެވެ. މިއީ ޒަމާނީ އަދި ޘަޤާފީ ހީނާ އަރޓްގެ މެސެޖުތައް ފޯރުކޮށްދިނުމަށްވެސް މިއަދު އެންމެ އެކަށީގެންވާ އެއް އުފެއްދުމަށް ވަނީ ވެފައެވެ.

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2017

ކައިލީ ބަލިވެ އިނީ އެއްމާބަނޑު ދެކުދިންނަށްތަ؟

22 ނޮވެމްބަރު 2017
ކައިލީ ބަލިވެ އިނީ އެއްމާބަނޑު ދެކުދިންނަށްތަ؟
25 ސެޕްޓެމްބަރު 2017

އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން އާރކުން ކުރެހުމުގެ މުބާރާތެއް ފަށައިފި

25 ސެޕްޓެމްބަރު 2017
އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން އާރކުން ކުރެހުމުގެ މުބާރާތެއް ފަށައިފި
04 އޯގަސްޓު 2017

ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ

04 އޯގަސްޓު 2017
ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ
03 އޯގަސްޓު 2017

އެންޖެލީނާ ޖޯލީގެ ފިލްމްގެ އޮޑިޝަން ޕްރޮސެސްގައި ކުޑަ ކުދިންނަށް އިހާނެތިކޮށް ހިތި ވާހަކަ ދޮގު ކޮށްފި

03 އޯގަސްޓު 2017
އެންޖެލީނާ ޖޯލީގެ ފިލްމްގެ އޮޑިޝަން ޕްރޮސެސްގައި ކުޑަ ކުދިންނަށް އިހާނެތިކޮށް ހިތި ވާހަކަ ދޮގު ކޮށްފި
01 މެއި 2017

"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

01 މެއި 2017
"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ
29 އެޕްރީލު 2017

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

29 އެޕްރީލު 2017
"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ
29 މާރިޗު 2017

ކަޕިލްގެ ޝޯ އިން ދެން ފެނިގެންދާނީ ކޮން ބައެއް؟

29 މާރިޗު 2017
ކަޕިލްގެ ޝޯ އިން ދެން ފެނިގެންދާނީ ކޮން ބައެއް؟
17 މާރިޗު 2017

ކެންސަރު ޖެހިފައިވާ ކުދިންނަށް އެހީވުމަށް ސޯނަމް ކަޕޫރު ޗެރިޓީ ޑިނާ ނައިޓެއް ބާއްވަނީ

17 މާރިޗު 2017
ކެންސަރު ޖެހިފައިވާ ކުދިންނަށް އެހީވުމަށް ސޯނަމް ކަޕޫރު ޗެރިޓީ ޑިނާ ނައިޓެއް ބާއްވަނީ
25 ފެބުރުއަރީ 2017

"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

25 ފެބުރުއަރީ 2017
"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ
09 ޖެނުއަރީ 2017

"އޭން އަންސުއިޓަބްލް ބޯއި": ކަރަން ޖޯހަރްގެ ޒާތީ ދިރިއުޅުމާއި ބެހޭ ގޮތުން ނޭނގޭ އާ ވަހަކަތަކެއް!

09 ޖެނުއަރީ 2017
 "އޭން އަންސުއިޓަބްލް ބޯއި": ކަރަން ޖޯހަރްގެ ޒާތީ ދިރިއުޅުމާއި ބެހޭ ގޮތުން ނޭނގޭ އާ ވަހަކަތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު