Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޓުޗެލް ދަނީ އަދިވެސް ބަޔާންގެ އިތުބާރު ހޯދަމުން، މާޒީގެ ކާމިޔަބަކީ ޕްލަސް ޕޮއިންޓެއް

އޭނާ ބުނީ މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސިޓީ ބަލިކޮށް ޗެލްސީއާއެކު އޭނާ ތަށި އުފުލާލުމަކީ ބަޔާންގެ ކުޅުންތެރިންގެ އުންމީދުތައް އުހުގައި ހުރުން އެކަށީގެންވާ ސަބަބެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އެޕްރީލު 2023 | އަންގާރަ 07:42
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ޓުޗެލް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ޓުޗެލް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނިކުންނައިރު، އަދިވެސް ބަޔާން މިއުނިކްގެ އިތުބާރު ހޯދަމުން އަންނަ ކަމަށާއި މާޒީގެ ކާމިޔާބަކީ ލިބޭ ޕްލަސް ޕޮއިންޓެެއް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޓުޗެލް ބުނީ، ޓީމެއްގައި މަސައްކަތް ކުރާއިރު އެ ބައެއްގެ އިތުބާރު ހޯދަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ބަޔާންގެ އިތުބާރު އޭނާ ވެސް ހޯދަން ޖެހޭނެ ކަަމަށާއި، ކުޅުންތެރިންގެ އިތުބާރަކީ ކޮންމެ ދުވަހަކު ވެސް ހޯދަން ޖެހޭ އެއްޗެއް ކަމަށެވެ. ޚާއްސަކޮށް އައު ޑްރެސިން ރޫމެއްގައި މަސައްކަތް ކުރާއިރު، އަދި މިހާރުގެ ޙާލަތުގައި އިތުބާރު ހޯދަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސިޓީ ބަލިކޮށް ޗެލްސީއާއެކު އޭނާ ތަށި އުފުލާލުމަކީ ބަޔާންގެ ކުޅުންތެރިންގެ އުންމީދުތައް އުހުގައި ހުރުން އެކަށީގެންވާ ސަބަބެއް ކަމަށެވެ. ނަމަވެސް މިވަގުތު އެ ވާހަކަ މާ ބޮޑަށް ދައްކަން ބޭނުންނުވާ ކަމަށް ވެސް ޓުޗެލް ބުންޏެވެ. ޓުޗެލް ބުނީ، މިހާރު ފޯކަސް ހުރީ ބަޔާނަށް ކަމަށާއި، ކުއާޓާ މެޗަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ވެސް ނުލިބުނު ކަމަށެވެ. އެކަން ފާހަގަކޮށް ޓުޗެލް ބުނީ ބަޔާންގެ ކުޅުންތެރިން ދެނެގަނެ، ޓީމު އޮތް ގޮތް އެނގެން ފިނަ ދުވަސް ލިބޭނެ ކަމަށް އުންމީދު ކުރެވުނު ކަމަށާއި ނަމަވެސް އެވަގުތެއް ނެތް ކަމަށެވެ. އެހެންކަމުން މިހާރު އެކަމާ މައްސަލައެއް ނެތްކަން ފާހަގަކޮށް އޭނާ ބުނީ، މުޅި ބަޔާން ޓީމައި އޭނާ ވެސް ސިޓީ މެޗަށް ތައްޔާރު ކަމަށެވެ.

މީގެ އިތުރުން ޓުޗެލް ބުނީ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ އާލިމް ހާލަންޑަކީ ވަރަށް "ހައި ޕްރޮފައިލް" ކުޅުންތެރިއެއް ކަމަށެވެ. އޭނާ ބުނީ ހާލަންޑު ސިޓީ އަށް ގުޅުމަކީ ފާއިތުވި އަހަރުތަކުގައި އެ ޓީމުގައި މަދުވާ ބައި ލިބުން ކަހަލަ ކަމެއް ކަމަށެވެ. އޭނާ ބުނީ ހާލަންޑު ކަހަލަ ކުޅުންތެރިން ހުއްޓުވަމަކީ ވެސް ބައެއް ފަހަރު އުނދަގޫ ކަމެއް ކަމަށާއި، ނަމަވެސް ބަޔާނުން މަސައްކަތް ކުރާނީ އެއް ޓީމެއްގެ ގޮތުގައި ކަމަށެވެ. އޭނާ ބުނީ އެގޮތުގައި މަސައްކަތް ކޮށްފި ނަމަ، ބަޔާނަށް ވަރަށް ފަސޭހަ ވާނެ ކަމަށެވެ. ޓުޗެލް ބުނީ ބަޔާނާ ހަވާލުވީއިރު ވެސް ޒިންމާ ބޮޑުވާނެ ކަން އިނގޭ ކަމަށާއި، އެއާއެކު އަވަސް މުައްދަތެއްގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ކުޅުމަކީ ވެސް ޕްރެޝަރެއް ކަމަށެވެ. ނަމަވެސް ބަޔާންގެ ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށާއި، ބޭނުން ވަނީ އަމިއްލަ ދަނޑުގައި އޮންނަ މެޗުގެ ކުރިން ހަމަޖެހުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ބަޔާންގެ ކޯޗު ކަމާ ޓުޗެލް ހަވާލުވީ ދާދި ފަހުންނެވެ. އެއީ އެ ތީމުގައި ކުރިން ހުރި ހޫލިއަން ނާގަލްސްމަން ވަކި ކުރުމަށްފަހު އެވެ. އެއަށްފަހު މިހާތަނަށް އެ ޓީމުން ކުޅުނީ ވެސް އެންމެ ތިން މެޗެވެ. އޭގެ ތެރެއިން މޮޅުވީ ޖަރުމަނު ލީގުގެ ދެ މެޗުންނެވެ. ޖަރުމަނު ކަޕްގެ ކުއާޓާގައު ފްރެއިބާގް އަތުން ބަލިވެ ކެޓީ އެވެ. އެެހެންކަމުން މިހާރު ޓުޗެލް އަށް ވެސް ޕްރެޝަރު އޮންނާނެ އެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ

13 މާރިޗު 2017
ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ
12 މާރިޗު 2017

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

12 މާރިޗު 2017
ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ
26 ފެބުރުއަރީ 2017

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު