Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާ

"ގިނަ ވަގުތު ކުޅުންތެރިން ތިބީ ދަނޑު މަތީ އޮށޯވެގެން، މިއީ ފުޓުބޯޅައެއް ނޫން!"

ދެ ވަނަ ހާފުގައި ކުޅެވުނީ ގާތް ގަނޑަކަށް 15 ވަރަކަށް މިނެޓު ވަންދެން ކަމަށާއި، ބާކީ ވަގުތުތައް ދިޔައީ ޓީސީގެ ކުޅުންތެރިންނަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދުމަށް އިވާން ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އެޕްރީލު 2023 | އަންގާރަ 07:11
ޗެރިޓީ ޝީލްޑު މެޗުގެ ކުރިން ބޭއްވި ޕްރެސްގައި މާޒިޔާގެ ކޯޗު އިވާން

ޗެރިޓީ ޝީލްޑު މެޗުގެ ކުރިން ބޭއްވި ޕްރެސްގައި މާޒިޔާގެ ކޯޗު އިވާން

ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގެ ގިނަ ވަގުތު ކުޅުންތެރިން ތިބީ ދަނޑު މަތީގައި އޮށޯވެގެން ކަމަށާއި، އެއީ ފުޓުބޯޅައެއް ނޫން ކަމަށް ބުނެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު އިވާން ކޮލޭވް ކަންބޮޑުވާ ރާގަކަށް ވާހަކަ ދައްކައިފި އެވެ.

މާޒިޔާ އިން ވަނީ ފުރަތަމަ މެޗުގައި 2-0 އިން ޓީސީ ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފަ އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން އިވާން ބުނީ، ދެ ވަނަ ހާފާ ގުޅޭ ގޮތުން އެއްޗެއް ބުނަން އޭނާ އަށް އުނދަގޫ ކަމަށެވެ. އެއީ ދެ ވަނަ ހާފުގައި ކުޅެވުނީ ގާތް ގަނޑަކަށް 15 ވަރަކަށް މިނެޓު ވަންދެން ކަމަށާއި، ބާކީ ވަގުތުތައް ދިޔައީ ޓީސީގެ ކުޅުންތެރިންނަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދުމަށް ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން ތިބީ ގިނަ ވަގުތު ދަނޑު މަތީގައި އޮށޯވެލައިގެން ކަމަށާއި، އެއީ ފުޓުބޯޅަ ކުޅުމެއް ނޫން ކަމަށެވެ. ނަމަވެސް އޭނާ ބުނީ ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ކުޅެވުނު ކަމަށެވެ. އެގޮތުން މުޅި ފުރަތަމަ ހާފުގައި މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެވުނު ކަމަށާއި، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނު ކަމަށެވެ.

މީގެ އިތުރުން އިވާން ބުނީ، ކުރިއަށް އޮތް މެޗަށް ކުރިމަތިލާއިރު މާޒިޔާ އިން އެކަންކަން ރަނގަޅު ކުރާނެ ކަމަށެވެ. ހަމައެއާއެކު އޭނާ ވަނީ މެޗުގައި ޓީސީން ދެއްކި ކުޅުމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އެގޮތުން އިވާން ބުނީ މެޗުގައި ޓީސީން އެ ވައްޓަފާޅީގައި ކުޅުނީ އެހެން ބޭނުމެއްގައި ކަމަށާއި، އެކަން އޭނާ އަށް އިނގޭ ކަމަށެވެ. ނަމަވެސް މާޒިޔާ އިން މިހާރަށް ވުރެ ވަރު ގަދަ ކުޅުމެއް ދައްކަން ޖެހޭ ކަމަށެވެ. ތަކުރާރުކޮށް އިވާން ބުނީ މިއީ ފުޓުބޯޅަ ކުޅޭ ވައްޓަފާޅިއެއް ނޫން ކަމަށެވެ.

މާޒިޔާ އަކީ އައު ސީޒަނަށް އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށި ޓީމެވެ. އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ވަނީ ސައުދީ އަރަބިޔާގައި ކޭމްޕެއް ވެސް ކޮށްފަ އެވެ. އެ ކޭމްޕުގައި ވެސް އެ ޓީމުން ވަނީ އެކުވެރިކަމުގެ ތިން މެޗެއް ކުޅެފަ އެވެ. އޭގެ ފަހުން ޤައުމީ ޓީމުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ވެސް ތިބީ ގިނައިން މާޒިޔާގެ ކުޅުންތެރިންނެވެ. ސީޒަން ފެށުމުގެ ކުރިން އިވާން ވެސް ވަނީ އެ މެޗަކީ މާޒިޔާ އަށް ލިބުނު ޕްރެކްޓިސް މެޗްއް ކަމަށް ބުނެފަ އެވެ. އައު ސީޒަނަށް ގިނަ ކުލަބުތަކުން ތައްޔާރުވާން ފެށީ ވެސް ވަރަށް ފަހުންނެވެ. ޓީސީން މާޒިޔާގެ މެޗަށް ކުރިމަތިލީ ވެސް އެކަށީގެންވާ މިންވަރަށް ފަރިތަކުރުން ކުރިއަށް ނުގެން ގޮހެވެ. އެކަމުގެ ސަބަބުން މެޗުގައި ޓީސީގެ ކުޅުންތެރިންނަށް ވަނީ މެޗުގައި އަނިޔާ އާއި ފިޓްނަސްގެ މައްސަލަ ކުރިމަތިވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު