Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ޓީސީ ބަލިކޮށް މާޒިޔާ އިން ފެށުން ރަނގަޅުކޮށްފި

މާޒިޔާ އިން ޓީސީގެ މައްޗަށް ކުރި ހޯދީ 2-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 އެޕްރީލު 2023 | ހޯމަ 19:55
ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން

މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް އެންމެ ފަހުގެ ރަނަރަޕް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފެށުން ރަނގަޅުކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ފެށުމުގެ ކުރިން ވަނީ ހިމޭންކަމުގެ ސުކޫތު ކޮޅެއް ވެސް ގެނެސްފަ އެވެ. އެއީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮމްޕެޓިޝަން ޑިޕާޓްމަންޑުގެ ހެޑް، އިސްމާއީލް ރިޔާޒުގެ ދަރިފުޅު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެންނެވެ. މި ގްރޫޕްގައި މާޒިޔާ އާއި ޓީސީގެ އިތުރުން ދެން ހިމެނެނީ އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ބުރު ސްޕޯޓްސް ކުލަބު އެވެ. މާޒިޔާ އިން ޓީސީގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ.

މެޗުގެ 12 ވަނަ މިނެޓުގައި މާޒިޔާގެ އިބްރާހިމް އައިސަމް އޭރިޔާ ބޭރުން މަތިމަތިން ފޮނުވާލި ބޯޅަ ޓީސީގެ ގޯލް ކީޕަރު ސުޖަން ޕެރޭރާ ވަނީ އަތުން ޖައްސައި ކޯނަރަކަށް ބޭރުކޮށްލި އެވެ. އޭގެ ފަހުން 23 ވަނަ މިނެޓުގައި ޓީސީގެ އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގައި މާޒިޔާގެ ހަމްޒާ މުޙައްމަދު (ހަމްޕު) ފޮނުވާލި ބާރު ހަމަލާ ވެސް ސުޖަން ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން ލީޑު ނެގީ ހަމްޕު ހުރަސްކޮށްދިން ބޯޅައެއްގައި ބޮލުން ބޯޅަ ގޯލުގެ ކަނަށް ފޮނުވާލައިގެން އައިސަމް އިބްރާހީމެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި މާޒިޔާގެ ލީޑު ފުޅާކޮށްދިނީ ވެސް އައިސަމް އެވެ. އެއީ ޓީސީގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ތިރިތިރިން ގޯލުން ކަނަށް ފޮނުވާލައިގެންނެވެ. މި ލަނޑު ޖެހުމަށް ވެސް އައިސަމް އަށް އެހީތެރިވެދިނީ ހަމްޕު އެވެ.

ދެ ވަނަ ހާފަށް ނިކުމެ ކުރީ ކޮޅު ޓީސީން ލަނޑެއް ޖެހި ނަމަވެސް، ލައިސްމަން ވަނީ އޮފްސައިޑު ކަމަށް ނިންމައިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން 59 ވަނަ މިނެޓުގައި މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ސްޓެފަން މިހަލޮވިޗް އަށް ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ބޯޅައެއް އޭނާ ފޮނުވާލީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ. މެޗުގެ 67 ވަނަ މިނެޓުގައި ޓީސީގެ ޑިފެންސްގައި ހެދުނު ގޯހެއްގައި ލިބުނު ބޯޅަ ހަމްޕު ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ފަހުން 74 ވަނަ މިނެޓުގައި އެ ޓީމުގެ ޙަސަން ރާއިފް އަޙުމަދު ފޮނުވާލި ބޯޅަ ވެސް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މި ގްރޫޕްގައި ދެން އޮންނާނީ ޓީސީ އާއި ބުރު ސްޕޯޓްސް ކުލަބު ބައްދަލު ކުރާ މެޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު