Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މިއުޒިކްގެ ބަދަލުގައި ޤުރުއާން އަޑު އެހުން

މިއުޒިކްގެ ބަދަލުގައި ޤުރުއާން އަޑުއަހާ މިންވަރު އިތުރު ކުރުމުގެ ފަހަތުގައި ހިތްގައިމު އަޑުގެ ވެރި އިމާމުން!

ރީތި ރާގުރާގަށް ކީރިތި ޤުރުއާން ކިއެވުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 އެޕްރީލު 2023 | އަންގާރަ 05:26
ވަކި ޚާއްސަ މިސްކިތަށް މީހުން އަންނަނީ އިމާމުގެ އަޑު ރީތިވެގެން

ވަކި ޚާއްސަ މިސްކިތަށް މީހުން އަންނަނީ އިމާމުގެ އަޑު ރީތިވެގެން

ރަމަޟާން މަހަކީ އެ މަހެއްގައި ކީރިތި ޤުރުއާން ބާއްވާލެއްވުނު މާތްވެގެންވާ މައްސަރެވެ. ރަމަޟާން މަހުގެ ރޭތަކާއި ދުވަސްތަކުގައި، އެމީހަކަށްވީ އެންމެ ފުރިހަމައަކަށް ކީރިތި ޤުރުއާނުން މިންވަރެއް ކިއެވުމަށް ގިނަ ބަޔަކު ސަމާލުކަން ދޭ މައްސަރެކެވެ. ރީތި އެއްޗިއްސާއި، ރީތި އަޑުތަކާއި ކަންކަމަށް ހާއްސަ ސަމާލުކަން ދިނުމަކީ އިންސާނީ ޠަބިއްޔަތުގައި ވާ ކަމަކަށް ވާ އިރު، ރީތިކޮށް ޤުރުއާން ކިއަވާ ޤާރީންނާއި އިމާމުންނަށްވެސް އެތައް ބައެއްގެ ސަމާލުކަން ހުއްޓެއެވެ. ރަމަޟާން މަހުގެ ރޭ އަޅުކަންތަކުގެ ތެރޭގައި ހިމެނޭ ތަރާވީހް ނަމާދަށް ދާނެ މިސްކިތެއް ޚިޔާރު ކުރުމުގައި، އެ މިސްކިތެއްގައި ހުންނަ އިމާމަކު، ކީރިތި ޤުރުއާން ކިޔަވަމުންދާ ގޮތަށް ބަލާ މީހުންވެސް ވަކި މަދެކޭ ނުދެންނެވޭނެއެވެ.

އޭނާ ދިރިއުޅެމުންދާ ގެއާ ދާދި ކައިރީގައި އިތުރު 5 މިސްކިތެއް ހުރިކަމުގައި ވީ ނަމަވެސް، އަހުމަދު ޢީދު، ދުރު ރާސްތާއަކަށް ދަތުރުކޮށް، ވަކި ހާއްސަ މިސްކިތަކަށް ދަނީ، ޢުރުދުންގެ އިމާމް، އަހުމަދު އަލް-ހަރާސިސްގެ ކިއެވުމާއި އެ އަޑުގެ ފުރިހަމަ ކަމުންނެވެ.

ޢުރުދުންގެ ވެރިރަށް އައްމާންގައި ހުންނަ ޢަބްދުﷲ ބިން ސަލާމް މިސްކިތުގައި، ޢީދާއެކު ނަމާދު ކުރަން ތިބި ގިނަ މީހުންނަކީ، އޭނާ ފަދައިން އިމާމްގެ ކިއެވުމުގެ އަޑު އެހުމަށްޓަކާ، ދުރު ހިސާބުތަކުން އެ މިސްކިތަށް ދަތުރު ކުރި މީހުންނެވެ.

ތަރާވީހް ނަމާދު ނިންމާލުމަށްފަހު ރޮއިޓަރޒްއާ ވާހަކަދައްކަމުން ޢީދު ފާހަގަ ކުރި ގޮތުގައި، ވަރުގަދަ އަޑެއްގެ ވެރި އިމާމެއްގެ ފަހަތުގައި ނަމާދު ކުރުން ކޮންމެހެންވެސް ބޭނުންވެއެވެ.

އެބައި މީހުންގެ ކިއެވުމުގެ ހިތްޤައިމުކަމާއި ތަފާތު ކަމުގެ ސަބަބުން، އެކި ސަރަޙައްދުތަކުން އެ އިމާމުންނަށް ސަމާލުކަން ހުއްޓެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ލިބޭ ސަމާލުކަމުގެ އިތުރަށް، އެ އިމާމުން ނަމާދު ކުރާ މިސްކިތްތަކަށްވެސް ގިނަ ބަޔަކު ޒިޔާރަތް ކުރެއެވެ.

ޤަޠަރުގެ އެޑިއުކޭޝަން ސިޓީ މިސްކިތުގައި ނަމާދު ކުރައްވާ ޔަމަނުގެ އިމާމް ޝައިޚް ޙައިޘަމް އަލްދުޚީން ފާހަގަ ކުރެއްވި ގޮތުގައި، ޝަޢުޤުވެރިކަމާއެކު އިމާމަކު ނަމާދު ކުރާނަމަ، އޭނާގެ ފަހަތުން ދެން ނަމާދު ކުރާ މީހުންވެސް އެކަން ކުރާނީ ޝަޢުޤުވެރިކަމާ އެކުގައެވެ.

މިޞްރުގައި ދިރިއުޅެމުންދާ އިނގިރޭސި ރައްޔިތެއް ކަމަށްވާ މުޙައްމަދު ޢައްޔޫބު އާސިފްއަކީވެސް ކީރިތި ޤުރުއާން ކިއެވުމަށް ފާހަގަ ކުރެވޭ މީހެކެވެ. އޭނާ ސިފަކުރި ގޮތުގައި ރީތި ރާގުރާގަށް ކީރިތި ޤުރުއާން ކިއެވުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. އެއީ އަޅުތަކުންގެ ހިތްތަކުގައި، އާދަޔާ ޚިލާފު ރޫޙެއް އުފައްދަނިވި ކަމެއްކަން އޭނާ ފާހަގަ ކުރިއެވެ.

ކުރިން މިއުޒިކް އަޑު އަހަމުން ދިޔަ މީހުންވެސް، ރީތި ރާގުތަކަށް ޤުރުއާން ކިއަވާ މީހުންގެ އަޑު އަހަން ވަނީ ފަށާފައެވެ.

ވީ ވަރަކުން ކީރިތި ޤުރުއާން އަޑު އަހަން ވަޤުތު ހޭދަ ކުރުމަކީ ކޮންމެ މީހަކަށްވެސް އަދުގެ މި ޒަމާނީ ޓެކްނޮލޮޖީއާއެކު ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ރީތި ރާގުތަކަށް ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވުމުގެ ރޮނގުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯއްދަވާފައިވާ މަޝްހޫރު ބައެއް ޤާރީންގެ ތެރޭގައި، ޝައިޚް ނޫރީން މުޙައްމަދު ޞާދިޤު، ޢުމަރު ހިޝާމް އަލް އަރަބީ، ޢަބްދުއްރަޙްމާން އިބްނު ޢަބްދުލްޢަޒީޒް އަލް ސުދައިސް، ޝައިޚް މިޝަރީ ރާޝިދު އަލަފަސީ އަދި ޢަބްދުލް ބާސިތު ޢަބްދުލް ޞަމަދު ފާހަގަ ކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރެސްފައިގައި ވާގިނެތަސް މައިވަންތަ ލޯބިން ޒައްރެއްގެ މިންވަރުވެސް އުނި ނުވެއެވެ!

ހަތަރެސްފައިގައި ވާގިނެތަސް މައިވަންތަ ލޯބިން ޒައްރެއްގެ މިންވަރުވެސް އުނި ނުވެއެވެ!

29 ޖޫން 2022
އިންޑިއާގައި ޕަބްޖީގެ ބަދަލުގައި ފައުޖީ!

އިންޑިއާގައި ޕަބްޖީގެ ބަދަލުގައި ފައުޖީ!

09 ސެޕްޓެމްބަރު 2020
ހަތް ލަވައާއެކު ޑިންބާ މިއުޒިކްގެ 'ފައިލަސޫފި' ރިލީޒްކޮށްފި

ހަތް ލަވައާއެކު ޑިންބާ މިއުޒިކްގެ 'ފައިލަސޫފި' ރިލީޒްކޮށްފި

08 ޖެނުއަރީ 2020
ހީނާގެ ބަދަލުގައި ކޮމޯލިކާގެ ރޯލު ކުޅޭނީ އާލީޝާތަ؟

ހީނާގެ ބަދަލުގައި ކޮމޯލިކާގެ ރޯލު ކުޅޭނީ އާލީޝާތަ؟

12 މާރިޗު 2019
ގްރެމީސް 2019: މިއުޒިކްގެ އެންމެ ޝަރަފުވެރި އެޥޯޑް ހަފްލާގައި މިޝޭލް އޮބާމާގެ ހާއްސަ ފެނިލުމެއް

ގްރެމީސް 2019: މިއުޒިކްގެ އެންމެ ޝަރަފުވެރި އެޥޯޑް ހަފްލާގައި މިޝޭލް އޮބާމާގެ ހާއްސަ ފެނިލުމެއް

11 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު