Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ސަރަހައްދު

ޣައްޒާއާ އާރާސްތު ކުރުމާ ބެހޭ ހުށަހެޅުމެއް ޢަރަބި ޤައުމުތަކުގެ ދަނީ ތައްޔާރު ކުރަމުން، އެކަމަކު އުރުދުންން އަށް އިތުރު ފަލަސްޠީނު މީހުން ބަލައި ނުގަނެވޭނެ: މިނިސްޓަރު

ޢަރަބި ގައުމުތަކުން ޣައްޒާގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލަމުންދާ ޕްލޭނުގައި ފަލަސްތީނު ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުން ނުހިމެނޭނެއެވެ

ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2025 | ހޮނިހިރު 07:58
އިސްރާއީލާއި އުރުދުންގެ ބޯޑަރު ސަރަހައްދު

އިސްރާއީލާއި އުރުދުންގެ ބޯޑަރު ސަރަހައްދު

ޢަރަބި ޤައުމުތަކުން ޣައްޒާ އަލުން ބިނާކުރުމަށް ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް އުރުދުނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

މި ޕްލޭނުގައި އެތަނުގެ ރައްޔިތުން އެހެން ތަނަކަށް ބަދަލު ކުރުން ނުހިމެނޭނެ ކަމަށާއި، އެ ހުށަހެޅުމުގެ ދަށުން ފަލަސްތީނު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ފަލަސްތީނުގެ ވެރިކަން ކަށަވަރު ކޮށްދޭނެ ކަމަށް ހުކުރު ދުވަހު އޭނާ ވިދާޅުވިއެވެ. އެއާ އެކު އޭނާ އިތުރަށް ވިދާޅުވީ އުރުދުން އަށް އިތުރު ފަލަސްޠީނު ރައްޔިތުން ބަލައިނުގަނެވޭނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި މަހުގެ ކުރީކޮޅު ޣައްޒާއިން ފަލަސްޠީނު މީހުން "ސާފުކޮށް" އެމީހުންގެ ގިނަ ބަޔަކު އުރުދުނާއި މިޞްރަށް ބަދަލުކުރުމުގެ ޕްލޭނެއް ހާމަކުރެއްވުމާ ގުޅިގެން ޢަރަބި ޤައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ޚިޔާލަށް ވަގުތުން ގާހިރާ އާއި އަންމާނުން ދެކޮޅުހަދާ، މި ސަރަޙައްދުގެ ގިނަ ޤައުމުތަކުން މިއީ މުޅި ސަރަހައްދު ހަމަ ނުޖެހުމަކަށް ވެއްޓޭނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ އާބާދީގެ 35 އިންސައްތަ އަކީ ރެފިއުޖީންނެވެ. އަޅުގަޑުމެންނަށް އިތުރު މީހުން ބަލައިގަނެވޭކަށް ނެތެވެ. އަޅުގަނޑުމެންނަށް އިތުރު ފަލަސްޠީނު މީހުން އުރުދުން އަށް އައުން ބަލައެއް ނުގަނެވޭނެއެވެ. އެމީހުން އުރުދުނަށް އަންނާކަށް ވެސް ބޭނުމެއް ނުވެއެވެ. އަދި އަޅުގަޑުމެން ވެސް އެމީހުން އަންނާކަށް ބޭނުމެއް ނޫނެވެ،" އައިމަން ސަފަދީ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވިދާޅުވިއެވެ.

އުރުދުނުގެ ރަސްގެފާނު ޢަބްދުﷲ ފެބްރުއަރީ 11 ވަނަ ދުވަހު ވޮޝިންގްޓަނަށް ވަޑައިގެން، ޓްރަމްޕްގެ ޕްލޭނާ ދެކޮޅަށް އެ ޤައުމުގެ "ބަދަލު ނުވާނެ ސިޔާސަތު" ގެ ގޮތުގައި އެ ވާހަކަތައް ތަކުރާރުކޮށް ވިދާޅުވެފައެވެ.

މި ބައްދަލުވުމާ ބެހޭގޮތުން މަޢުލޫމާތު ލިބިފައިވާ ވިލާތުގެ ދެ ޑިޕްލޮމެޓިކް މަސްދަރެއްގެ ބަހުން، ރަސްގެފާނު ޢަބްދުﷲ ޓްރަމްޕަށް ދެންނެވި ކަމަށް ވަނީ ޢަރަބި ޕްލޭނަކީ ޓްރަމްޕްގެ ހުށަހެޅުމަށްވުރެ "ޚަރަދު ކުޑަ އަދި އަވަސް ނަތީޖާ ނެރެވޭނެ" ޕްލޭނެއް ކަމަށެވެ.

"އަޅުގަނޑުމެން ޢަރަބި ހުށަހެޅުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން މި ގެންދަނީ ޣައްޒާގެ މީހުން ބަދަލު ނުކޮށް އެތަން އަލުން ބިނާ ކުރެވިދާނެކަން ދައްކައިދިނުމަށެވެ." ސަފަދީ ވިދާޅުވިއެވެ. އަދި އިސްރާއީލުން ވެސް މީގެ 10 ނުވަތަ 20 އަހަރު ފަހުން މި ސަރަޙައްދު އޮތުމަށް ދެކެން ބޭނުންވާ ގޮތަކާ މެދު ވިސްނަންޖެހޭ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

"އިސްރާއީލުން ވެސް ދުރު މުސްތަޤުބަލަކާ މެދު ވިސްނަންޖެހޭނެ އެވެ. އެމީހުން ސުލްޙަވެރިކަމާއި ސަލާމަތްތެރިކަމާ އެކު ދިރިއުޅުމަށްޓަކައި، އެމީހުންގެ އަވައްޓެރިން ވެސް ސުލްޙަވެރިކަމާއި ސަލާމަތްތެރިކަމާ އެކު ދިރިއުޅެން ޖެހެއެވެ،" އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމާޒަކީ "މެދުއިރުމަތީގެ ރިވިއެރާ" ފަލަސްޠީނު ރައްޔިތުންނާ ނުލައި ޣައްޒާ ގައި ތަރައްގީ ކުރުން ކަމަށްވާތީ، އެކަމާ ދެކޮޅަށް ޣައްޒާގެ މުސްތަޤުބަލާ ގުޅޭ ޕްލޭނެއް އަވަސް ގޮތެއްގައި އެކުލަވާލުމަށް ސަޢޫދީ ޢަރަބިއްޔާ އިން ޢަރަބި ގައުމުތަކާ އެކު މަސައްކަތް ކުރިއަށް ގެންދާ ކަމަށް 10 މަސްދަރަކުން ރޮއިޓަރސް އަށް މަޢުލޫމާތު ދީފައިވެއެވެ.

ސަފަދީ އިންޒާރު ދެއްވައި ވިދާޅުވީ، މިހާރު އެންމެންގެ ފޯކަސް ހުރީ ޣައްޒާ އަށް ކަމުގައިވީ ނަމަވެސް، އިސްރާއީލުން ހިސޯރު ކޮށްފައިވާ ހުޅަނގު އައްސޭރީ ގައި ކަންތައްތައް ގޯސްވުމުގެ ނުރައްކާ ވަރަށް ބޮޑަށް އޮތް ކަމަށެވެ.

އިތުރަށް ކިޔާލަން

29 ޖުލައި 2017

ރަޝިއާ އާ ދެކޮޅަށް ފިޔަވަޅުއެޅުމާއި ބެހޭ ބިލު ރައީސް ޓްރަމްޕް ތަސްދީގު ކުރައްވާނެ

29 ޖުލައި 2017
ރަޝިއާ އާ ދެކޮޅަށް ފިޔަވަޅުއެޅުމާއި ބެހޭ ބިލު ރައީސް ޓްރަމްޕް ތަސްދީގު ކުރައްވާނެ
24 ޖުލައި 2017

އިރާނާއި އިރާގުން އަސްކަރީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

24 ޖުލައި 2017
އިރާނާއި އިރާގުން އަސްކަރީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
08 ޖުލައި 2017

ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

08 ޖުލައި 2017
ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!
24 ޖޫން 2017

އިންޑިއާގެ 25 މަސްވެރިން ލަންކާ ނޭވީން ހައްޔަރު ކުރުމާއެކު ޓެމިލްނާޑޫ ސަރުކާރު ރަތައް!

24 ޖޫން 2017
އިންޑިއާގެ 25 މަސްވެރިން ލަންކާ ނޭވީން ހައްޔަރު ކުރުމާއެކު ޓެމިލްނާޑޫ ސަރުކާރު ރަތައް!
31 މެއި 2017

މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް

31 މެއި 2017
މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު