Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައޫދީއާއި އޮމާންގެ މަންދޫބުން ޔަމަނަށް

ސުލްހައިގެ މަޝްވަރާތަކަށް، ސައޫދީއާއި އޮމާންގެ މަންދޫބުން ޔަމަނަށް ވަޑައިގެންފި

މި މަޝްވަރާތައް ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދަނީ އޮމާނުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 އެޕްރީލު 2023 | އާދީއްތަ 15:03
ސައޫދީއާއި އޮމާންގެ މަންދޫބުން ޔަމަނަށް ވަޑައިގަތުން

ސައޫދީއާއި އޮމާންގެ މަންދޫބުން ޔަމަނަށް ވަޑައިގަތުން

ސުލްހައިގެ މަޝްވަރާތައް ކުރުމަށް، ސައޫދީ އަރަބިއްޔާއާއި އޮމާންގެ މަންދޫބުންގެ ވަފުދު ޔަމަނަށް ވަޑައިގެންފިއެވެ.

ސައޫދީއާއި އޮމާންގެ މަންދޫބުން ޔަމަންގެ ވެރިރަށް ސަންއާއަށް ވަޑައިގެންފައިވަނީ އާދިއްތަ ދުވަހުއެވެ.

މި ދެގައުމުގެ މަންދޫބުން ޔަމަނަށް ވަޑައިގަންނަވާފައި މިވަނީ ހޫސީ ޖަމާއަތާއި ޔަމަނުގެ ސަރުކާރާ ދެމެދު ކުރަމުންދާ ހަނގުރާމާގައި ސައުދީން ވަމުންދާ އެހީތެރިކަން ނިމުމަކަށް ގެނެސް، ޔަމަނުގައި ކުރިއަށްދާ ހަނގުރާމައާގުޅޭ ސުލްހައިގެ މަޝްވަރާތައް ކުރުމަށެވެ.

މިމަޝްވަރާތައް ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން ދަނީ އޮމާނުންނެވެ. ސައޫދީއާއި އޮމާންގެ މަންދޫބުންގެ ވަފުދު ޔަމަނަށް ވަޑައިގަތުމަކީ، ސުލްހައިގެ މަޝްވަރާތަކުގައި މަޑުމަޑުން ކުރިއެރުންތައް ލިބެމުން އަންނަ ކަމުގެ ހެތްކެއްކަމަށް ރިޕޯޓުތައް ބުނެއެެވެ.

މީގެ އިތުރުން، ޗައިނާ މެދުވެރިއަކަށްވެ ސައޫދީއާ އީރާނާ ދެމެދު އަލުން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ފެށިގެން ދިއުމަކީވެސް ޔަމަނުގެ ސުލްހައިގެ މަޝްވަރާތަކަށް ލިބުނު ކުރިއެރުމެކެވެ.

ސައޫދީއާއި އޮމާންގެ މަންދޫބުން ހޫސީ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ އެންމެ އިސްވެރިޔާ، މަހްދީ އަލްމަޝާތުއާއި ބައްދަލުކުރައްވާނެއެވެ. މިބައްދަލުކުރެއްވުމުގައި ސައޫދީން ބަންދުކޮށްފައިވާ ޔަމަނުގެ ބަނދަރުތައް އަލުން ހުޅުވުމުގެ މަޝްވަރާތައް ކުރައްވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭގެ އިތުރުން، ހޫސީން ކޮންޓްރޯލް ކުރަމުންދާ ބަނދަރުތަކާ، ސަންއާގެ އެއަރޕޯޓް އަލުން ހުޅުވާލުމުގެ މަޝްވަރާތައްވެސް ކުރެވޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމައެއާއެކު، އެގައުމުގައި ހަރަކާތްތެރިވާ ބޭރުގެ އަސްކަރިއްޔާއިން ގައުމުން ފައިބާނެ ޓައިމްލައިނެއް އެކުލަވާލުމާއި، ސިވިލް ސަރވަންޓުންގެ އުޖޫރައާގުޅޭ މަޝްވަރާތައްވެސް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޔަމަނުގެ ހަނގުރާމައަކީ ސައޫދީއާއި އީރާނާ ދެމެދު ކުރެވެމުންދާ ގިނަ ޕްރޮކްސީ ހަނގުރާމަތަކުގެ ތެރެއިން ހަނގުރާމައެކެވެ. ސައޫދީން ދަނީ ހަނގުރާމާގައި ޔަމަނުގެ ސަރުކާރަށް އެހީތެރިވަމުންނެވެ. އަދި ހޫސީންނަށް ހަނގުރާމައިގައި އެހީތެރިވަނީ އީރާނުންނެވެ.

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2017

މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް

07 ޑިސެމްބަރު 2017
މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް
29 ނޮވެމްބަރު 2017

ސުލްހައިގެ މަޝްވަރާތަކަށް ސީރިއާ ސަރުކާރުގެ ވަފްދު ބުދަ ދުވަހު ޖެނީވާ އަށް!

29 ނޮވެމްބަރު 2017
ސުލްހައިގެ މަޝްވަރާތަކަށް ސީރިއާ ސަރުކާރުގެ ވަފްދު ބުދަ ދުވަހު ޖެނީވާ އަށް!
11 ސެޕްޓެމްބަރު 2017

ސޫކީއަށް ދިން ސުލްހައިގެ އިނާމު އަތުލުމަށް ގޮވާލައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުންގެ ޕެޓިޝަނެއް!

11 ސެޕްޓެމްބަރު 2017
ސޫކީއަށް ދިން ސުލްހައިގެ އިނާމު އަތުލުމަށް ގޮވާލައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުންގެ ޕެޓިޝަނެއް!
04 އޯގަސްޓު 2017

ޗައިނާ އިން ވަނީ ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯގެ އަންހެނުން ގެއްލުވާލާފައި: ވަކީލް

04 އޯގަސްޓު 2017
ޗައިނާ އިން ވަނީ ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯގެ އަންހެނުން ގެއްލުވާލާފައި: ވަކީލް
26 ޖޫން 2017

ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯ މެޑިކަލް ޕެރޯލްގެ ދަށުން ދޫކޮށްލައިފި

26 ޖޫން 2017
ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯ މެޑިކަލް ޕެރޯލްގެ ދަށުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު