Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ޔުރޭނިއަމް އުފެއްދުން ހުއްޓާލުމަށް އެމެރިކާ އިން ބާރުއަޅާ ނަމަ، އީރާން އިން މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށް ބުނެފި

15 ޖުލައި 2025 | އަންގާރަ 06:01

އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަށް ލަފާދޭ ފަރާތެއް ކަމަށްވާ އަލީ ވެލަޔަތީ ވިދާޅުވެފައި ވަނީ، އީރާން އިން ޔުރޭނިއަން އުފެއްދުން ހުއްޓާލުމަކީ މަޝްވަރާތަކުގެ ޝަރުތެއް ކަމަށްވާ ނަމަ، އެ ފަދަ މަޝްވަރާތަކެއް ނުބޭއްވޭނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖުލައި 2025 | އަންގާރަ 06:01
އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީގެ ފޮޓޯއެއް ކުރަހާފައިވާ މަންޒަރެއް ފާރުގައި

އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީގެ ފޮޓޯއެއް ކުރަހާފައިވާ މަންޒަރެއް ފާރުގައި

އީރާން އާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ ނިއުކްލިއާ މަޝްވަރާތަކުގައި، އީރާން އިން ޔުރޭނިއަމް އުފެއްދުން ހުއްޓާލުމަށް އެމެރިކާ އިން ބާރު އަޅާ ނަމަ، އެ ޤައުމުން މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށް ބުނެފި އެވެ. 

އީރާންގެ ޚާރިޖީ ވުޒާރާ އިން ހޯމަ ދުވަހު ބުނެފައި ވަނީ އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ގެންދަމުން އައި ނިއުކްލިއާ މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް، އީރާން އިން މިހާތަނަށް ވަނީ ތާރީޚެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. 

އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަށް ލަފާދޭ ފަރާތެއް ކަމަށްވާ އަލީ ވެލަޔަތީ ވިދާޅުވެފައި ވަނީ، އީރާން އިން ޔުރޭނިއަން އުފެއްދުން ހުއްޓާލުމަކީ މަޝްވަރާތަކުގެ ޝަރުތެއް ކަމަށްވާ ނަމަ، އެ ފަދަ މަޝްވަރާތަކެއް ނުބޭއްވޭނެ ކަމަށެވެ. 

މިދިޔަ ޖޫން މަހުގެ ތެރޭގައި އިސްރާއީލް އިން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާގެ ސަބަބުން، އިސްރާއީލާއި އީރާނާ ދެމެދު 12 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ކުރިއަށް ދިޔައިރު، ވަކި ހިސާބަކުން އެމެރިކާ އިން ވެސް ވަނީ އެ ހަނގުރާމައިގެ ތެރެއަށް ވަދެ އީރާން އަށް ހަމަލާ ދީފަ އެވެ. 

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އީރާން އާއި އެމެެރިކާއާ ދެމެދު ވަނީ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ މަޝްވަރާތައް ފަށައިފަ އެވެ. އެ މަޝްވަރާތަކުގެ ހަ ވަނަ ބުރުގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވަނިކޮށް، އިސްރާއީލާއި އީރާނާ ދެމެދު ފެށުނު ހަނގުރާމައިގެ ސަބަބުން ވަނީ މަޝްވަރާތައް މެދު ކަނޑާލަން ޖެހިފަ އެވެ. 

އެކަމާ ގުޅިގެން އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެފައި ވަނީ، އެ ޤައުމުން ޑިޕްލޮމަސީ އާއި އެކުވެރި ގުޅުންތަކަށް ތާއީދު ކުރާ ކަމަށެވެ. އަދި ޑިޕްލޮމަސީގެ ދޮރު އަދިވެސް ހުޅުވިފައިވާ ކަމަށާއި، އެ ޤައުމުން އޮތީ ކުރިއަށް ދާން ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ. 

އެމެރިކާ އިން އީރާން އަށް ހަމަލ ދިނުމާ ގުޅިގެން، ހަމަލާ ދޭނެ ކަމުގެ އިންޒާރު ދިނުމަށް ފަހު، އީރާން އިން ވަނީ ޤަތަރުގައި ހުރި އެމެރިކާގެ ބޭސް އަކަށް އަމާޒުކޮށް ހަމަލާ ވެސް ދީފަ އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދަމުން އައި މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާ ކުރީ އޮމާން އިންނެވެ. އެ މަޝްވަރާތަކުގައި މީގެ ކުރިން ވެސް އެމެރިކާ އިން ވަކާލާތު ކޮށްފައި ވަނީ، އީރާން އިން ޔުރޭނިއަމް އުފެއްދުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އީރާން އިން އެކަމާ ދެކޮޅު ހަދަ އެވެ. އެ ޤައުމުން ބުނަމުން އަންނަނީ އެއީ އެ ޤައުމަށް ލިބިގެންވާ ޙައްގެއް ކަމަށާއި، އެ ހައްގު ދޫކޮށް ނުލާނެ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް