Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގެވެށި އަނިޔާ

ދެ ދަރިންނާއެކު ގެއިން ނެރެ އެއްލާލީ، އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތީތަ؟

ވަންނާނެތަނެއް ނެތުމުން ވަރިވުމަށްފަހު ވެސް އުޅެމުން އައީ ފިރިމީހާގެ ގޭގެ ކޮޓަރިއެއްގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 9 އެޕްރީލު 2023 | އާދީއްތަ 12:39
ސަމީރާ ގެންގުޅުނު ހުރިހާ އެއްޗެއް ބޭރަށް އުކާލާފައި

ސަމީރާ ގެންގުޅުނު ހުރިހާ އެއްޗެއް ބޭރަށް އުކާލާފައި

ގެވެށި އަނިޔާގެ ވާހަކަތައް ކޮންމެ ދުވަހަކުހެން އަޑުއިވެއެވެ. އިންސާފު ހޯދުމަށް އެތައް ބަޔަކު ކުރަމުން އަންނަ މަސައްކަތުގެ ވާހަކައެވެ. ފިރިމީހާގެ ކިބައިން އަނބިމީހާއަށް، އަނބިމީހާގެ ކިބައިން ފިރިމީހާއަށް ލިބޭ އަނިޔާ ރިޕޯޓު ކުރާ އަދަދު ވެސް މަދެއް ނޫނެވެ. ބައެއް ފަހަރަށް މިފަދަ އަނިޔާތައް ފޮރުވައިގެން އުޅެނީ ދެމަފިރިންނަށް ލިބިފައިތިބޭ ދަރިންގެ ޙައްގުގައެވެ. މިވެސް އެފަދަ ވާހަކައެކެވެ. ރާއްޖޭގެ ޖަމިއްޔާއެއްކަމަށްވާ "މަމްސް" ޖަމިއްޔާއިން ހިއްސާކޮށްފައިވާ އަންހެނެއްގެ ހިތްދަތި ދިރިއުޅުމުގެ ވާހަކައެވެ.

ސަމީރާ (އަސްލު ނަމެއް ނޫން) އޭނާގެ އަނިޔާވެރި ފިރިމީހާގެ ފަރާތުން ވަރިވި ނަމަވެސް އޭނާގެ ގޭގެ ކޮޓަރިއެއްގައި ދިއިރުޅެމުން ދިޔައީ ވަންނާނެ އިތުރު ތަނެއް ނެތުމުންނެވެ. އެ ކޮޓަރީގައި އުޅުނު އިރުވެސް އޭނާގެ ކުރީގެ ފިރިމިހާގެ ފަރާތުން އެތައް ޖެއްސުމަކާއި އަނިޔާއަކާ ކުރިމަތިލާން ޖެހުނެވެ. ދެތިން ފަހަރު ގެއިންވެސް ނެރެލިއެވެ. ކޮވިޑު ތެރޭގައި ލޮކްޑައުން ކުރިއިރު ގެއިން ނެރެލައި، މަގުމަތި ކުރުވި ކަމަށާއި އެހެން ފަހަރަކު ދެމަފިރިންގެ ދޭތެރޭގައި މައްސަލައެއް ޖެހުމުން ފާހާނާ ގައި ހުއްޓާ ގެއިން ނެރުނު ކަމަށް ވެސް ސަމީރާ ބުންޏެވެ. އޭރު އޭނާ އަތުގައި ހަށިގަނޑު ފޮރުވަން އޮތީ ތުވާލި އެކަނި ކަމުގައި ވެސް އޭނާ ވަނީ ބުނެފައެވެ.

މިފަދަ އެތައް އަނިޔާއެއް އޭނާއަށް ކުރިމަތިވެފައިވާ ކަމަށް މަމްސް ޖަމިއްޔާގެ ފަރާތްތަކަށް ސަމީރާ ވަނީ ކިޔައިދީފައެވެ. އެގޮތުން، ތަޅައި، އަނިޔާ ކުރުމާއި ސިޑިމަތިން ވެސް ވައްޓާލި ކަމަށާއި ވަޅިން ހަމަލާދީ، ބިރުދެއްކުމަކީ ވެސް ފިރިމީހާގެ އާދައެއް ކަމުގައި އޭނާ ބުންޏެވެ. މި މައްސަލައިގައި ކޯޓު އަމުރެއް ނެރުނު ނަމަވެސް އަމުރަކަށް އޭނާ ތަބާނުވާކަމަށް ސަމީރާ ބުނެއެވެ. ނަމަވެސް އެ އަމުރާ ގުޅޭ މާބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.

ފިރިމީހާގެ ގޭގެ ކޮޓަރީގައި އުޅުނުއިރު އެތައް ފަހަރަކު ދަތި ކުރުމަށް ކަރަންޓާއި ފެން ކަނޑާލާ ކަމަށް ވެސް ސަމީރާ ބުންޏެވެ. އެންމެފަހުން ތިންމައިން ގެއިން ނެރެ އެއްލާލީއެވެ. އަދި ގެންގުޅުނު ހުރިހާ ސާމާނެއް ވެސް ގެއިން ބޭރުކޮށްލީ ގޭގައި ހުރި ކުނިތަކެއް ބޭރުކޮށްލާ ޒާތަކަށެވެ.

ގެއިން ނެރެލުމުން ސަމީރާ ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި އުޅޭތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެ ކޮޓަރިއަށް ދުވާލަކަށް 500 ރުފިޔާ ދައްކަން ޖެހޭއިރު އެ ފައިސާ ދައްކަނީ ކޮޓަރީގައި ރޮށި ފިހެގެންނެވެ. ކޮޓަރިއަށް ކުލި ދެއްކުމަށްފަހު ދަރިން ކައިބޮއި ހެދުމަށް އަތުގައި އިތުރު އެއްވެސް އެއްޗެއް ނޯންނަ ކަމަށް ސަމީރާ ބުންޏެވެ.

ސަމީރާ ބުނެފައިވާ ގޮތުގައި ކުދިންނާއެކު ގެއިން ނެރެލިއިރު އެ ކުދިން ސްކޫލަށްދާން ބޭނުންވާ ޔުނިފޯމާއި ފޮތް ދަބަހާއި އެނޫންތަކެތި ވެސް ނުދިން ކަމަށެވެ. އެހެންވެ، ކުދިން ސްކޫލަށް ނުދާތާވެސް މިހާރު މަހެއްހާ ދުވަސް ވެދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ކޮޓަރީގައި ހުރި ސާމާނު ބޭރަށް އުކާލުމުން ސަމީރާ މިހާރު ވަނީ އެތަނުން ބޭނުންވާ މުހިންމު ސާމާނު މިހާރު އުޅޭ ކޮޓަރިއަށް ގެންގޮސްފައެވެ.

މަމްސް ޖަމިއްޔާއިން ކުރި މަސައްކަތުން އެ އާއިލާއަށް ބޭނުންވާ އެހީތެރިކަން މިހާރު ވަނީ ލިބިފައެވެ. އެގޮތުން، އާއިލާގެ ވާހަކަ ހިއްސާކޮށް އެހީއަށް ހުޅުވާލިތާ ތިން ގަޑިއިރު ތެރޭގައި އާއިލާއަށް ބޭނުންވާވަރަށް ފައިސާ އަދި ތަކެތީގެ އެހީތެރިކަން ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެގޮތުން އެ ފަންޑުގެ އެހީގައި އެ އާއިލާއަށް އުޅޭނެ ތަނެއް ކުއްޔަށް ނަގައިދީ އެޑްވާން ދައްކަދޭނެއެވެ. އަދި ފަރުނީޗަރާއި ކުދިންނަށް ބޭނުންވާ ތަކެއްޗާއި ކާބޯތަކެތި ވެސް އެ އެހީގެ ތެރެއިން ހޯދައިދޭނެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2020

ހޫބޭ ޕްރޮވިންސްގެ މަންމަ އެއްގެ އާދޭސް "ހެޔޮނުވާނެ އަހަރެންގެ ދަރިފުޅު މިތަނުން ނެރެދީ"

02 ފެބުރުއަރީ 2020
ހޫބޭ ޕްރޮވިންސްގެ މަންމަ އެއްގެ އާދޭސް  "ހެޔޮނުވާނެ އަހަރެންގެ ދަރިފުޅު މިތަނުން ނެރެދީ"
08 ޑިސެމްބަރު 2019

ފުލުހުން ކިތަންމެހާވެސް ގިނަ، ވަސީލަތްވެސް އެބަހުރި، ނަމަވެސް ނަތީޖާއެއް ނުނެރެވޭ!

08 ޑިސެމްބަރު 2019
ފުލުހުން ކިތަންމެހާވެސް ގިނަ، ވަސީލަތްވެސް އެބަހުރި، ނަމަވެސް ނަތީޖާއެއް ނުނެރެވޭ!
21 ސެޕްޓެމްބަރު 2019

މުސްކުޅި އަންހެނަކު ވާގިނެތިފައިވާ ފިރިމީހާ ސަލާމަތްކުރަން ކުރި އާދޭސް: "ހެޔޮނުވާނެ މި ބޭބެ ނެރެދީ!"

21 ސެޕްޓެމްބަރު 2019
މުސްކުޅި އަންހެނަކު ވާގިނެތިފައިވާ ފިރިމީހާ ސަލާމަތްކުރަން ކުރި އާދޭސް: "ހެޔޮނުވާނެ މި ބޭބެ ނެރެދީ!"
25 ޑިސެމްބަރު 2018

ކްލަބްތަކަށް ތިން މިލިއަން ރުފިޔާ ދީގެން ނެރެވުނު ނަތީޖާއަކީ ކޮބާ؟

25 ޑިސެމްބަރު 2018
ކްލަބްތަކަށް ތިން މިލިއަން ރުފިޔާ ދީގެން ނެރެވުނު ނަތީޖާއަކީ ކޮބާ؟
04 އޯގަސްޓު 2018

ވުޖޫދުގައި ނެތް ޕާޓީއަކުން ރިޔާސީ ކެންޑިޑޭޓެއް ނެރެވިދާނެތަ؟

04 އޯގަސްޓު 2018
ވުޖޫދުގައި ނެތް ޕާޓީއަކުން ރިޔާސީ ކެންޑިޑޭޓެއް ނެރެވިދާނެތަ؟
02 ޖޫން 2018

ސިޔާސީ އަމިއްލަ އެދުންތަކުގެ ސަބަބުން އިންސާނިއްޔަތު ހަލާކެއްގެ ތެރެއަށް!

02 ޖޫން 2018
ސިޔާސީ އަމިއްލަ އެދުންތަކުގެ ސަބަބުން އިންސާނިއްޔަތު ހަލާކެއްގެ ތެރެއަށް!
14 އޮކްޓޯބަރު 2017

އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!

14 އޮކްޓޯބަރު 2017
އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!
15 ޖުލައި 2017

ޕީޕީއެމް އަށް ނެރެދިން ހުކުމެއްތަ؟

15 ޖުލައި 2017
ޕީޕީއެމް އަށް ނެރެދިން ހުކުމެއްތަ؟
03 ޖޫން 2017

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!
07 ޖެނުއަރީ 2017

ބައްޕައަށް ކަމޭ ނުހިތި ދުންޔާ އެންދެރިމާގެއިން ބޭރަށް؟؟

07 ޖެނުއަރީ 2017
ބައްޕައަށް ކަމޭ ނުހިތި ދުންޔާ އެންދެރިމާގެއިން ބޭރަށް؟؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު