Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަލިފާނުގެ ހާދިސާ

މުސްކުޅި އަންހެނަކު ވާގިނެތިފައިވާ ފިރިމީހާ ސަލާމަތްކުރަން ކުރި އާދޭސް: "ހެޔޮނުވާނެ މި ބޭބެ ނެރެދީ!"

ކުއްލިއަކަށް ގޭތެރެއިން އެއްޗެއް ރޯވުމުގެ ވަހެއް ދުވަންފެށި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2019 | ހޮނިހިރު 08:55
ހުކުރު ދުވަހުގެރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ތާށިވި ދެމަފިރިން

ހުކުރު ދުވަހުގެރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ތާށިވި ދެމަފިރިން

"އާދޭސްކޮށްފަ މިބުނީ، މި ބޭބެ ނެރެދީބަލަ، މީ ހިނގޭ މީހެއް ނޫން" މިއީ ހުކުރު ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާގައި ހ.ކަޅުހުރާގޭގައި ތާށިވެފައި ހުރި މުސްކުޅި އަންހެނެއް ކަމަށްވާ ހަލީމާ އިބްރާހިމް އޭނާގެ ފިރިމީހާ އަލީ ޒަކަރިއްޔާ ސަލާމަތްކޮށްދިނުމަށް އެދި ކުރި އާދޭހެވެ. އޭނާއާއި ފިރިމީހާގެ އިތުރުން ދެ މާމަދަރިންނާއެކު އިމާރާތުގައި ތާށިވެފައި ތިބީ ދެންވާނެ ގޮތެއް ނޭނގޭ ހާލު ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ޑިއުޓީގައި ހުރި އަންހެން ދަރިއަށް ގުޅައި، ނުނިކުމެވިގެން އުޅޭ ވާހަކަ ހިއްސާކުރިއިރު، އޭނާގެ ފިރިމީހާއަކީވެސް ގައިގެ އެއްފަޅި ވާގި ނެތުމުގެ ސަބަބުން އެނދުމަތިވެފައި އޮންނަ ފަރާތެކެވެ.

މިހާދިސާގެ މައުލޫމާތު "ރާއްޖެއެމްވީ" އަށް ކިޔާދެމުން އެނާގެ މާމަދަރިއެއް ކަމަށްވާ އުމުރުން 19 އަހަރުގެ ޒީޝާން ނަސީރު ބުނީ، ހާދިސާ ހިނގި ވަގުތު އިނީ ފިލާވަޅު ދަސްކުރަން ކަމަށާއި، ކުއްލިއަކަށް ގޭތެރެއިން އެއްޗެއް ރޯވުމުގެ ވަހެއް ދުވަންފެށި ކަމަށެވެ. އަދި އެވަގުތު ކުއްލިއަކަށް ބާރު ގުގުރިއެއްފަދަ އަޑެއް އިވުނު ކަމަށާއި، ވާނުވާއެއް ނޭނގޭ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ހުއްޓައި ގޭތެރެ ދުމުން ފުރެން ފެށި ކަމަށް އޭނާ ބުންޏެވެ. އެގޮތުން މިނެޓެއް ތެރޭގައި މުޅި ގޭތެރެ ދުމުން ފުރާލިއެވެ.

އޭނާ ބުނި ގޮތުގައި މާމައަކީވެސް ހިނގާ ބިނގާވެ އުޅުމުގައި ދަތިކަމެއް ހުންނަ ފަރާތެއް ކަމަށާއި، ކާފައަކީ ހަށިގަނޑުގެ އެއްފަޅި ވާގި ދޫވެފައިވާ މީހެއް ކަމަށެވެ. އެގޮތުން އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން އެނގުނު ހިސާބުން ވަގުތުން ކާފައާއި މާމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސްވެގަތް ކަމަށާއި، އެއްވެސް ގޮތަކުން އެކަން ކާމިޔާބު ނުވެ އެތަނުގައި ތާށިވިކަމަށް އޭނާ ބުންޏެވެ. ވަރަށް އުނދަގުލުން ކާފަ ކޮޅަށް ނަގައިގެން ގެންދެވެތޯ ކުރި ކުރިހާ މަސައްކަތެއް ބޭކާރުވެގެން ދިޔައިރުވެސް އޭނާ ދިޔައީ ދެން ހުރި ކޮށްކޮއާއި މާމައާއި އެކު ކަށިން ހިތްވަރު ނެރިގެން މަސައްކަތް ކުރަމުންނެވެ. އެވަގުތުކޮޅުގެ ބިރުވެރިކަން ހިތަށްވެސް ގެންނަން އުނދަގޫކަމަށް އޭނާ ސިފަކުރިއެވެ.

އޭނާ ބުނި ގޮތުގައި ގޭތެރެއިންވެސް އެކި މީހުން ސަލާމަތްތެރިކަމެއް ހޯދުމަށް ކޮޅުކޮޅަށް އޭރު ދުވަމުން ގެންދެއެވެ. އަދި ކެނޑިނޭޅި އެހީއަކަށްއެދި އާދޭސްކުރަމުން ދިޔައިރު ގޭތެރެ ވަނީ ދުމުން ފުރިފައެވެ. ބޮޑުވަމުންދާ ބިޔަ އަލިފާންގަނޑާއެކު ފެންނަމުންދިޔައީ މަރުގެ ބިރުވެރިކެމެވެ.

އެވަގުތު އެ އާއިލާއަށް އެހީތެރިކަން ދިނީ އެތަނަށް ވަތް 2 ފިރިހެން ކުދިންނެވެ. އެކުދިން ވަތް ގޮތަށް ކާފައާއި މާމަގެ އިތުރުން އެ ދެކުދިންނަށްވެސް ވަގުތުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެ ދެކުދިންނަށް އެއާއިލާގެ ހިތް އޮތީ ލޯތްބާއި އިހުތިރާމުން ފުރިފައެވެ. އެ ނުރައްކާތެރި ވަގުތު ދެއްކި ހިތްވަރާއި އިންސާނިއްޔަތު ކަމަށް އެ އާއިލާއިން ވަނީ ފަށްފަށުން ޝުކުރުއަދާކޮށްފައެވެ.

މި ހާދިސާގައި އެ އާއިލާއަށް އެހީތެރިވެދިން އުމުރުން 24 އަހަރުގެ ހަސަން ޝިނާން ކިޔާދިން ގޮތުގައި ހާދިސާ ހިނގި ވަގުތު މުޅި އިމާރާތް ތެރެއިންވެސް އިވެމުންދިޔައީ ރުއިމާއި ހަޅޭކުގެ އަޑެވެ. އެވަގުތު އެންމެ ގާތް އެކުވެރިޔާއާއެކު އެނާވެސް އަވަސްވެގަތީ އާއިލާ ސަލާމަތް ކުރުމަށްފަހު އިމާރާތުން ނުކުތުމަށެވެ. ނަމަވެސް ހިޔާލު ބަދަލުވީ ފެނުނު ހިތްދަތި މަންޒަރުތަކުންނެވެ. އެއް ބަޔަކު ފޮށި ތަންމަތި ހިފައިގެން ނުކުންނަން ދިޔައިރު އަނެއް ބަޔަކު އެހީއަށްއެދި ރުއި އާދޭސްކުރި މަންޒަރެވެ. އެވަގުތު އިންތިހާއަށް ގޮތް ހުސްވެ ކޮޅުކޮޅު މައްޗަށް ދުވަމުން ގެންދިޔަ މީހުންގެ ހިތްދަތިކަން ތަސައްލީވެސް ކޮށްލެވޭނެބާއެވެ ؟

ވަގުތުން ޝިނާންއާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަވަސްވެގަތީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން ޒީޝާންގެ މާމަގެ އަތުގައި ހިފައިގެން ނެރެން މަސައްކަތް ކުރިއިރު، ކާފަވެސް ގޮނޑިއަކަށް ލައިގެން ނެރެދީ އެ އާއިލާ ރައްކާތެރި ސަރަހައްދަކަށް ގެންގޮސްދިނެވެ.

އެއަށްފަހު އިމާރާތުގައި ތާށިވެފައި ތިބި ފަރާތްތަކަށް އެހީވެދިނުމަށްފަހު މަންޒަރު ބަދަލުވެގެން ދިޔައީ ދާނެ ދިމާލެއް ނޭނގި މަރުގެ ތުންފަތް މަތީގައި އެންމެ ގާތް އެކުވެރިއަކާއި އިތުރު މީހަކާއެކު ތާށިވި ހިސާބުންނެވެ. ވަށައިގެންވާ ދެ ގުދަން ވެއްޓުނު ވަގުތު އެންމެ ގާތް އެކުވެރިޔާ ސަލާމަތްވީ ކިރިޔާ ކަމަށް ޝިނާން މައުލޫމާތު ދިނެވެ.

ކޮންމެއަކަސް މި ހިތާމަވެރި ހާދިސާ މިވަނީ ދިވެހިންނަށް ބޮޑު ފިލާވަޅުތަކެއް ދަސްކޮށްދީފައެވެ. ދިވެހިންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމުގެ ރީތި މިސާލުތަކެއް ދައްކައިދީފައެވެ. ޝިނާންއާއި އޭނާގެ އެކުވެރިން ފަދައިން އަމިއްލަ ފުރާނައަށް ބެލުމެއް ނެތި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން އެތަކެއް "ހީރޯ" ތަކެއް ފެނިގެންގޮސްފައެވެ. އިންސާނިއްޔަތާއި ކުލުނާއި ރަހުމުގެ މާނަ ދިވެހިންނަށް ދައްކުވައިދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

10 މެއި 2021
ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

03 މެއި 2021
ކޮވިޑް-19 ގެ ސަބަބުން ފިރިމީހާގެ އަސްލު އުޅުން ފެނިއްޖެ!

ކޮވިޑް-19 ގެ ސަބަބުން ފިރިމީހާގެ އަސްލު އުޅުން ފެނިއްޖެ!

27 މާރިޗު 2020
ކައިވެންޏަށް އަހަރެއް ނުވޭ، ކުއްލިއަކަށް ޚަބަރު ލިބުނީ ފިރިމީހާ ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް!

ކައިވެންޏަށް އަހަރެއް ނުވޭ، ކުއްލިއަކަށް ޚަބަރު ލިބުނީ ފިރިމީހާ ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް!

07 ފެބުރުއަރީ 2020
ހަރުކަށި ވިސްނުމުގެ މީހުންގެ ކިބައިން ޤައުމު ސަލާމަތްކުރަންޖެހިފައި!

ހަރުކަށި ވިސްނުމުގެ މީހުންގެ ކިބައިން ޤައުމު ސަލާމަތްކުރަންޖެހިފައި!

01 ސެޕްޓެމްބަރު 2019

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު