Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖޭގެ ކްލަބްތައް

ކްލަބްތަކަށް ތިން މިލިއަން ރުފިޔާ ދީގެން ނެރެވުނު ނަތީޖާއަކީ ކޮބާ؟

ސަރުކާރުން 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވޭ

ލީވާން އަލީ
ލީވާން އަލީ | 25 ޑިސެމްބަރު 2018 | އަންގާރަ 08:44
ކްލަބްތަކާ އެކު ކުންފުނިތަކުން އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކްލަބްތަކާ އެކު ކުންފުނިތަކުން އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ ކްލަބްތަކަކީ އެއް އިރެއްގައި ވެސް މާލީ ގޮތުން މާ ފުދުންތެރި ކްލަބްތަކެއް ނޫނެވެ. ކްލަބްތައް ހިންގަނީ ސްޕޮންސާ އާއި އަމިއްލަ ފަރާތްތަކުން ލިބޭ މަދު ފައިސާއަކުންނެވެ. އެ ލިބޭ މަދު ފައިސާއިން ކްލަބްތަކަށް ކުޅުންތެރިންނަށް މުސާރަ ނުދެވޭ ވާހަކައަކީ ވެސް އާ ވާހަކައެއް ނޫނެވެ. އެ ފައިސާއިން ކްލަބްތައް ކުރިނާރާ ވާހަކައަކީ ވެސް އާ ވާހަކައެއް ނޫނެއެވެ.

އެގޮތުން ކްލަބްތަކަށް ދިމާވާ މާލީ ދަތިކަން ފިލުވައިދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވަކި ހިސާބަކުން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ދެ މިލިއަން ރުފިޔާ ދިނުމަށް ނިންމިއެވެ. އަދި ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގެ ތެރެއިން މާލޭ ލީގު ކޮލިފައިން ކުޅެ، ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދާ ކޮންމެ ކްލަބަކަށް އިތުރަށް އެއް މިލިއަން ރުފިޔާ ދޭއިރު، މިނިވަން ޗެމްޕިއަންޝިޕުން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާ ޓީމުތަކަށް 1.5 މިލިއަން ރުފިޔާ ދެއެވެ. މިގޮތަށް ފައިސާ ދޫކުރާތާ މިއީ ދެވަނަ އަހަރެވެ.

ރާއްޖޭގެ ކްލަބްތަކަށް މި އަހަރު މިހާތަނަށް އެކަނި ވެސް ސާރުކާރުން 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު، މިކަމުން ނެރެވުނު ނަތީޖާއެއް ނެތެވެ. ކްލަބްތައް ދިޔައީ އަޑިއަޅާލައިގެންނެވެ. ސަރުކާރުން ދޭ ފައިސާއަށް މާބޮޑަށް ވެސް ބަރޯސާވެ، އެހެނިހެން ގޮތް ގޮތަށް އެ ކްލަބްތަކަށް ލިބެމުންދިޔަ ފައިސާގެ ދޮރުތައް ވެސް ބަންދުވެގެންދިޔައެވެ. ފުރަތަމަ އަހަރު ފައިސާ ދޫކޮށްގެން ކުރިއެރުމެއް ނުލިބުމުން އެކަމަށް ދެވަނަ އަހަރު ނުވެސް ވިސްނައެވެ. މާ ބޮޑު ހިޔާލެއް ފިކުރެއް މިކަމުގައި ނެތީ ކަމަށް ވެދާނެއެވެ.

ރާއްޖޭގެ ކްލަބްތަކުގެ ބައެއް އިސް ބޭފުޅުން

ރާއްޖޭގައި ފުޓުބޯޅައިގެ އިތުރަށް އެހެން ކުޅިވަރުތައް ދިރެމުން އަންނަ މި ދަނޑިވަޅުގައި، އެ ކުޅިވަރުތަކަށް ސަރުކާރުގެ ކުންފުނިތަކުން އެހީދޭން ފަސްޖެހެއެވެ. ސަބަބެއް ކަމަށް ކުންފުނިތަކުން ބުނަނީ ކްލަބްތަކަށް މިލިއަނުން ދޭ ފައިސާގެ އެހީއެވެ. އެގޮތުން ކްލަބްތަކަށް ކުންފުނިތަކުން ފައިސާ ދިނުމަކީ އެހެން ކުޅިވަރުތަކަށް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ.

މީގެ އިތުރުން މި ފައިސާތައް ކުންފުނިތަކުން ކްލަބްތަކަށް ދޫކުރާއިރު، އެ ކުންފުނިތަކުގެ ހާލަތަށް ވެސް ބަލަންޖެހެއެވެ. ހަގީގަތަކީ މި ފައިސާ ދޫކޮށްގެން އެ ކުންފުނިތަކަށް ވާ ފައިދާއެއް ނެތް ކަމެވެ. މި ފައިސާ ދޫކުރުމުން ކުންފުނިތަކަށް ގެއްލުންވާކަން މިއީ މިއަދު ގަބޫލުކުރަން ޖެހިފައި އޮތް ހަގީގަތެކެވެ.

މީގެ އިތުރުން މިލިއަނުން ކްލަބްތަކަށް ފައިސާ ދޫކުރާއިރު، އެ ފައިސާ ދޫކުރީ އެތައް ޕްރޮޖެކްޓްތަކެއް ކްލަބްތަކުން ހިންގަންޖެހޭނެ ކަމަށް ޝަރުތު ކުރުމަށް ފަހުއެވެ. އެހެންނަމަވެސް އެ ފައިސާ ހަރަދުކުރި ގޮތް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ރަނގަޅަށް ނުބެލެއެވެ. ބައެއް ކްލަބްތަކުން މާލީ ރިޕޯޓް ހުށަނާޅާއިރު، އޭގެ ތެރޭގައި ފުރަތަމަ އަހަރު ވެސް މާލީ ރިޕޯޓް ހުށަނާޅާ ކްލަބްތައް ހިމެނެއެވެ. އެ ކަމަށް ވެސް އެޅުނު ފިޔަވަޅެއް ނެތެވެ. ކްލަބްތަކަށް ދޭ ފައިސާތަކަށް ވާ ގޮތް މިހާރަށް ވުރެ ބޮޑަށް ހާމަކޮށް އެނގެންޖެހެއެވެ. ނުވަތަ އެފްއޭއެމް އަށް ބެލެންޖެހެއެވެ. އެ ފައިސާއަކީ ކްލަބްތަކުގެ އިސްވެރިންގެ ވިޔާފާރި ފުޅާކުރަން ދޭ ފައިސާ އަށް ވެގެން ނުވާނެއެވެ. އެހެންކަމުން އެކަން މޮނިޓާކޮށް ޒިންމާދާރުކުރުވުމަށް މިހަރަށް ވުރެ ރަނގަޅު އުސޫލްތަކެއް ވެސް ކަނޑައަޅަންޖެހެއެވެ. އެގޮތުން މާލީ ރިޕޯޓް ހުށަނާޅާ ފަރާތްތަކާއި ޝަރުތުތަކާ އެއްގޮތަށް ނުވަތަ ކަނޑައަޅާ އުސޫލްތަކާ އެއްގޮތަށް ފައިސާ ހޭދަކޮށްފައި ނުވާ ކްލަބްތަކަށް ފައިސާ ނުދިނުން ފަދަ ކަންކަން ކުރަން އެބަޖެއެވެ. ޒިންމާދާރުކުރެވޭނީ އޭރުންނެވެ.

އެފްއޭއެމްގެ ބައްދަލުވުމެއްގެ ތެރެއިން

ކުރިޔަށް އޮތް ސީޒަނުގައި ކުންފުނިތަކުން ކްލަބްތަކަށް ފައިސާ ދޭނެ ކަމެއް އަދި ކަށަވަރެއް ނުވެއެވެ. އެކަމާ މެދު ޔޫތު މިނިސްޓްރީން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ޔޫތު މިނިސްޓްރީން އަންނަނީ ކްލަބްތަކަށް ދޫކުރި ފައިސާ ހަރަދުކުރި ގޮތް ބަލަމުންނެވެ.

ކްލަބްތައް މާލީ ގޮތުން ފުދުންތެރިކުރެވޭނެ އެހެން ގޮތްތައް ވެސް ހުންނާނެކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. ކޮންމެ ފަހަރަކު ސަރުކާރުން ދޭ ފައިސާއަށް ބަރޯސާވެގެން ވެސް ކްލަބްތައް ކުރިއެއް ނާރާނެއެވެ.

ކުރިން ވެސް ކްލަބްތައް ހިންގަމުން އައީ ސަރުކާރުން ދޭ ފައިސާއަކުން ނޫނެވެ. އޭރު ކްލަބްތައް ހިންގަމުން ދިޔައީ މިހާރަށް ވުރެ ހަރުދަނާކޮށެވެ. ހަގީގަތަކީ ސަރުކާރުން މިލިއަނުން ދޭ ފައިސާއިން ކްލަބްތައްވީ ހައްތަހާ ގޯސް ކަމެވެ. ބުރަ މަސައްކަތެއް ނުކޮށް ފައިސާ ލިބޭނެ މަގެއް ތަނަވަސްވުމުން ކްލަބްތައް ހިންގުން ދޯދިޔާވެގެން ދިޔައީއެވެ. އަދި މަސައްކަތެއް ނުކޮށް ފައިސާތަކެއް ލިބެން ފެށުމުން އެ ފައިސާގެ އަގު ވަޒަންނުކުރެވި، ކްލަބު ލޯބި ކުޑަވެ ކްލަބްތައް ނިކަމެތިވީއެވެ. ހަގީގަތަކީ ކްލަބްތައް ވެސް ޒިންމާދާރުވާންޖެހޭކަމެވެ. އެ ކްލަބްތަކަށް ފައިސާ ހޯދޭނެ އިތުރު ދޮރުތަކެއް ވެސް ހުޅުވައިދޭންޖެހޭކަމެވެ. ދައުލަތުގެ ބަޖެޓުން ނުވަތަ ދައުލަތް މެދުވެރި ވެގެން ކްލަބްތަކަށް ގިނަ ފައިސާތަކެއް ދިނުމަކީ އެންމެ ރަނގަޅު ފޯމިއުލާ ނޫންކަން މާޒީން ހެކި ދެއެވެ. ފައިސާތަކެއް ހަރަދުކުރާ ނަމަ އެކަން ޒިންމާދާރުކަމާ އެކު ބެލޭނެ އަދި ޒިންމާކުރެވޭނެ އުސޫލްތަކާއި މެކޭނިޒަމެއް ގާއިމުކުރެވެންޖެހެއެވެ. ނޫނީ ދުވަހެއް ދުވަހަކަށް ކްލަބްތައް ދާނީ އަޑިއަޅާލަމުންނެވެ.

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!
21 ޖޫން 2017

ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

21 ޖޫން 2017
ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު
16 ޖޫން 2017

ބްރޯޑްކޮމް ކުރުދޮށީގައި - އެ ހޯދީ މީޑިއާނެޓުން ބައި މިލިއަން، ރާއްޖެޓީވީން 1.2 މިލިއަން

16 ޖޫން 2017
ބްރޯޑްކޮމް ކުރުދޮށީގައި - އެ ހޯދީ މީޑިއާނެޓުން ބައި މިލިއަން، ރާއްޖެޓީވީން 1.2 މިލިއަން
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
23 މެއި 2017

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
24 މާރިޗު 2017

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
16 ޖެނުއަރީ 2017

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

16 ޖެނުއަރީ 2017
ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު