Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މައުމޫން

ބައްޕައަށް ކަމޭ ނުހިތި ދުންޔާ އެންދެރިމާގެއިން ބޭރަށް؟؟

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2017 | ހޮނިހިރު 20:48
ދުންޔާ މައުމޫން: ސަރުކާރުން ނިކުމެ ވަޑައިގެން އަލުން ސަރުކާރާ ގުޅިވަޑައިގަތުމާ ރައީސް މައުމޫން ދެކޮޅު

ދުންޔާ މައުމޫން: ސަރުކާރުން ނިކުމެ ވަޑައިގެން އަލުން ސަރުކާރާ ގުޅިވަޑައިގަތުމާ ރައީސް މައުމޫން ދެކޮޅު

މައިން ބަފައިން ދަރިންނަށް ލޯބި ދީގެން ބޮޑު ކުރަނީ އުއްމީދުތަކަކާއެކުގައެވެ. އުފާވާނެހާ ގޮތަކަށް ލޮއްސާ ކަމުދާނެހާ އެއްޗެއް ހޯދަދީ ލިބުނުހާ ވަރަކުން އެވެރިން އުފަލުން ބަލާ ބޮޑުކުރަނީ އެދަރިންގެ ފަރާތުން އެލޯބިވެސް ލިބުމުގެ އުއްމީދުގައެވެ. އެދަރިންގެ އަޅާ ލުމާއި ލޯބި އަދި ކަމޭ ހިތުން އިންތިހާއަށް ބޭނުންވާތީއެވެ. އަމުދުން މުސްކުޅިވެ ގައިބާރު ދެރަވެ އެދަރިންގެ އެހީތެރިކަމަށް ބޭނުންޖެހޭ ވަގުތު ބޮޑާ ހޭކުމެއް ދެކޮޅު ހެދުމެއް ނެތި އެކަން ކޮށްދޭނެ ކަމުގެ އުއްމީދުގައެވެ.

ރާއްޖޭގެ ތާރީޚަށް ބަލާލާއިރު އެފަދަ އަރާމަކާއި އުފާވެރިކަމެއްގައި އުޅޭނެ ނުވަތަ ގެންގުޅެފައިވާނެ އެއްބަޔަކީ ދިގު 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫނުގެ ބޭފުޅުންނެވެ. އެބޭފުޅުން މިދުނިޔެއަށް ނޭވާލީ މުއްސަނދިކަމާއި ޖާހާއި ވެރިކަމުގެ ސެހެންޝާހާއި ބޭފުޅިޒަމްގެ ތެރެއިން އެތެރެކޮއިލު ތެރެއަށެވެ. މަދު އެއްޗެއް ދަތިވާނެ ކަމެއް، ނުލިބޭނެ ލޯތްބެއް އެކުދިންނަކަށް ނޯންނާނެކަން މި ދިވެހި ރާއްޖެއަށް ނޭވާލި ކޮންމެ މީހަށްވެސް އެނގޭނެއެވެ.

އަވިކޮޅެއްގައި ނުޖެހި މޫދުގައި އުޅެވޭނެ ފަދަ ފަތާ ފެންގަނޑު ގޯތީގެ ހަތަރު ފާރު ތެރޭގައެވެ. ބޭނުންވިއްޔާ ބޭނުންވިހާ ކަމަކަށް އަތްގާތްކޮށްލަދޭން ވަރުންވަރުން ބާންދީންނެވެ. އެއިރަކު އަރާނެ ކާރެކެވެ. ހަށިފާރަވެރިން މުޅި މީހާ ނުފެންނަ ވަރުގައެވެ. ކާނެ އެއްޗެއް ކަނޑައެޅުން ހަމަ ހިތަށް އެރުމެވެ. ސިންގަޕޫރުން ހޫނުކޮށް ހުއްޓާވެސް ގެނެސް ގޭގެ ސުފުރާ މަތީގައެވެ. އެކުއުޅޭނެ ކުދިންނާއެކު އަބަދު ހިތްއުފާ ކުރާން ބޭނުންވިއަސް އާރަށް އެއޮންނަނީ ރިސޯޓެއްގެ ގޮތުގައި ހިތަކަށެވެ. ދާނެ އިރަކު ދާން ބޭރު ދަތުރު ބޭނުންވި ވަރަކަށެވެ. އަޅާނެ ގަހަނާއެއް ލާނެ ހެދުމެއް ޖަހާނެ ފުށެއް ނުލިބިގެން ޝަކުވާ ކުރާކަށް އެކުދިންނަކަށް ނުޖެހޭނެއެވެ. ކުލާހުގައި ޖެހިގެން އިނަ ކުއްޖާ ދަމާފާނެ ކުސަޔަކުން ކޮށްލަފާނެ ޖެއްސުމަކަށް އަލައެއް ލާން ޖެހޭނެ ހާލަތެއް އެކުދިންނަކަށް ނޯންނާނެ. ކިޔަވާނެ ކަރައަކުން ކިޔަވާން ނަގާނެހާ ފާހެއް ނަގާން ފުރުސަތު އޮތީ ފައްސިޔައިގައެވެ. ފުރާވަރަށް އެޅި އަމަލީ މައިދާނަށް ނިކުންނަންވީ ވަގުތު ފޫހިފިލުވާލާ ހިތްހަމަޖައްސާލަން ކަމަށްވިއަސް ވަޒީފާ އޮތީ ހަނާއަޅާލާ ދިމާލެއްގައެވެ.

ކުރުކޮށް ފޮނިކޮށް ބުނަންޏާ ރައީސް މައުމޫނުގެ ބޭފުޅުންނަކީ ފެންނަ ފެނުމަށް ބަލާއިރު އަދި ދުނިޔެވީ ޙަޤީގަތްތަކަށް ބަލާއިރު މިޤައުމުގައި އެންމެ އިއްޒަތުގައި އުޅުއްވި އަދި އިއްޒަތުގައި ގެންގުޅުއްވި ބޭފުޅުންނެވެ. ވެރިކަމުގެ ބާރާއި އާރުގެ ތެރެއިން ލިބެމުންދިޔަ ވަސީލަތްތަކުގެ ތެރެއިން އެކަންކަން ވިކަމުގައި ވިއަސް އެކަންކަމުގެ ސިއްރަކީ ބައްޕާފުޅު ރައީސް މައުމޫނެވެ. އެމަނިކުފާނު ރާއްޖޭގެ ވެރިކަމުގައި ހުންނެވުމާއި އެކަމާހުރެ ރައްޔިތުންކުރި ޤަދަރެވެ.

އެހެންނަމަވެސް ދުނިޔެ ހިނގަނީ އެދުނިޔެ ހެއްދެވި ޚާލިޤ ވަންތަ ﷲ އެންގެވި ގޮތަށެވެ. އެދުނިޔޭގައި ފެންނާނެ މަންޒަރުތަކާއި ކުލަތައް އޭގައި ހިމެނިގެންނެވެ. ރައީސް މައުމޫނަށްވެސް އެ ހިއްސާ ކުރައްވަން އެ ޖެހިވަޑައިގެންނެވީ ހަމަ އެ ޙަޤީގަތެވެ. ހެޔޮކަމަކަށް ތެޔޮހަން ލިބޭކަމާއި ބަސްނާހާ ދަރިން ވެސް އުޅޭ ކަމެވެ. ކަމެއް ވާންވީމާ ހަމަ ހިނދުކޮޅެއްވެސް ނުނަގާ ކަމެވެ. ލަހެއް ފަހެއް ނުވާ ކަމެވެ.

އެކަމަކުވެސް ދުންޔާއެވެ. ތިޔަ ހެއްދެވީ ކިހިނެތްތޯއެވެ. ކަމަނާގެ ބައްޕާފުޅަށް ތިޔަހެން ހައްދަވަން ހަމަ ހެޔޮވާނެތޯއެވެ. ކިތައްމެ ތާއީދެއް އޮވެގެން އެހާ ދުވަހު ވެރިކަން ކުރެއްވި ނަމަވެސް ކޮއްކޯފުޅުގެ ސަބަބުން އެވަނީ ގާތުގައި ގެންގުޅުނު މީހުން ފަސްބައިން ދޫކޮށް ދުރަށް ޖެހިފައެވެ. ހައިބަތުގައި ބޭއްވި ހަފްލާތަކާއި ޖަލްސާތައް 8 ފޫޓް 12 ފޫޓްގެ ކޮޓަރި ގަނޑެއްގައި ނޫނީ ބޭއްވޭކަށް ނެތެވެ. ވަށައިގެން ގެންގުޅުއްވި ސެކިއުރިޓީ އެވަނީ ކުޑަވެފައެވެ. މުސްކުޅިވި ދުވަހު އިނާޔަތް އުނިވެ ޖަލުގެ ތޭރިތަކުގެ ފަހަތަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ ބިރު އެވަނީ އިންތިހާއަށެވެ. އަތްޖަސަވާ ގުދުވެ ގުދުވެފައި ސަލާން ކުރި މީހުން މިއަދު ހުޝާމިދުކޮށް ހިތްވަރު ދޭކަށް ގާތަކު ނެތެވެ. ކުރިންރަށްރަށަށް އަރާ ވަޑައިގަންނަވާއިރު އެއޮތް ރަތްދޫލަ އަޅާލާނެ ރައްޔިތަކު މިއަދަކު ނޫޅެއެވެ. ބޭނުންވި އިރަކު ބޭނުންވި ގޮތަކަށް ރެކޯޑްކޮށްގެން ކުރިން މެސެޖް ފޯރުކޮށްދެވުނަސް ކުރަމުންދާ ގޯނާއާ ޖައްސަމުންދާ ހާލަތު ކިޔާލަދޭން އަރުއްވާނެ ޓީވީގަނޑެއް ރޭޑިއޯ ގަނޑެއް އަމުދަކުން ނެތެވެ.

މިހުރިހާ ކަމެއް ވެސް އެހެންވާން އެޖެހުނީ ދަރިންނަށް ޓަކައެވެ. ތިޔަ ކުދިންނަށް ރަނގަޅުގޮތް ހޯދައިދޭން އަދިވެސް އުޅުއްވާ އުޅުއްވުމުންނެވެ. ތިޔަ ކުދިންނަކީ ބަސްވިކޭ އަދި ސިޔާސީ ގޮތުން ފުންނާބު އުސް ގޮނޑިތަކުގައި ބައިތިއްބަން އުޅުއްވާ އުޅުއްވުމުނެވެ.

ކަމަނާއެވެ. ބައްޕާފުޅު އެވަނީ ބަލިކަށިވެފައެވެ. ހަމައެކަނި އުމުރުން ދުވަސްވީތީ މުސްކުޅި ބައްޔެއް ނޫނެވެ. އެހާދުވަހު އުޅުއްވި ގޮތް ނޫން އެހެން ގޮތަކަށް އުޅުއްވަން ޖެހިވަޑައިގަންނަވަން ޖެހުމުންނެވެ. ދުވަހަކުވެސް ހިތަށް ވެސް އަރާވަޑައި ނުގަންނަވާވަރުގެ ވިސްނުންތައް ވިސްނަވަން ޖެހިވަޑައިގެންނެވުމުންނެވެ. ފިކުރުފުޅު ބޮޑުވެ ގޮތް ހުސްވުމުންނެވެ. ގެނެސް ބޮޑު މަޤާމަކަށް ދީ އިއްޒަތްތެރި ގޮނޑިތަކަށްލީ މީހުންކޮޅު ފަތްފަޅާ އުދުއްސައިގަތްއިރު ބޮލަށް ފަސް ވެސް ފުރީތީއެވެ.

ކަމަނާއެވެ. ތިޔެހެން ހައްދަވަން ހެޔޮ ވާނީ ކިހިނެއް ހެއްޔެވެ. ތިޔަ ހާލު ޖައްސަވަން ތިޔަ ކެރިވަޑައިގަތީ ހަމަ އެބައްޕާފުޅާ މެދު އެއްވެސް ރަހުމެއް ކުލުނެއް ހަމަ ނެތީހެއްޔެވެ. ކިޔަވައިދިން އެއްޗެއް ކުރެއްވި ހޭހަމެއްގެ އަސަރު ކޭތިލާފައި ވެސް ނެތީހެއްޔެވެ. އެބައްޕާފުޅާދެކޮޅަށް އެބައްޕާފުޅުގެ އަމިއްލައަށް ގޮތް ނިންމަވަން ކަމަނާފާނަށް ހިތްވަރު ލިބުނީތީ ހަމަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ނޫނޭވާ ތިޔައީވާ ކެތްގަދަ ބޭކަނަބަލެކެވެ.

ކޮންމެއަކަސް ރައީސް މައުމޫނުގެ ޙާލަތާ މެދު ހަމަ އިންތިހާއަށް އަސަރު ކުރެއެވެ. މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު އެޖެހިވަޑައިގެންނެވި ކަންކަމާ މެދު ހަމްދަރުދީވަމެވެ. ރައީސް މައުމޫނެވެ. ބަސްނާހާ ކުދިންނާ މެދު އަޅައެއް ލައިގޭން ކުރާނެ ފައިދާއެއް ނެތެވެ. ލިބުނިއްޔާ ލިބެނީ ގެއްލުމެކެވެ. ގާތުގައި ބައިތިއްބައިގެން ލިބެނީ އިތުރު ކެއްސެކެވެ. މިއީ ދުނިޔެ ހިނގާ އުސޫލުން މަނިކުފާނަށް ބުނެލާ ހަމަ ހަމްދަރުދީގެ ހެޔޮ ބަހެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަނަފަސްކަމޭ ބުނުމުން ސިފަކުރެވެނީ ހިކިފައި އޮތް ބިމެއްނަމަ، ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރު!

ހަނަފަސްކަމޭ ބުނުމުން ސިފަކުރެވެނީ ހިކިފައި އޮތް ބިމެއްނަމަ، ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރު!

16 ނޮވެމްބަރު 2022
"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

15 އެޕްރީލު 2022
އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

15 އެޕްރީލު 2018
ޔުމްނާ ހުންނެވީ އާއިލާ މިނިވަންވާނެ ދުވަހެއްގެ އިންތިޒާރުގައި، ދުންޔާ ހުންނެވީ ވޯލްޑް ކަޕްގެ އިންތިޒާރުގައި!

ޔުމްނާ ހުންނެވީ އާއިލާ މިނިވަންވާނެ ދުވަހެއްގެ އިންތިޒާރުގައި، ދުންޔާ ހުންނެވީ ވޯލްޑް ކަޕްގެ އިންތިޒާރުގައި!

10 އެޕްރީލު 2018
ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

06 އެޕްރީލު 2018

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު