Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫއިން ހިމަބިހި ފެނުން

ހިމަބިހި ޖެހުނު ކުއްޖާގެ 65 ކޮންޓެކްޓުން، އަލާމާތެއް ނުފެނޭ: އެޗްޕީއޭ

9 އެޕްރީލު 2023 | އާދީއްތަ 11:46

އައްޑޫގައި ކުޑަކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ 3 އޭޕްރިލް 2023ގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 9 އެޕްރީލު 2023 | އާދީއްތަ 11:46
އައްޑޫ ސިޓީ

އައްޑޫ ސިޓީ

އައްޑޫ ސިޓީން މިދިޔަ ހަފުތާގައި ހިމަބިއްސަށް ޕޮޒިޓިވްވި ކުއްޖާގެ 65 ކޮންޓެކްޓުން ފާހަގަކުރެވިފައިވާކަމަށާއި، މިހާތަނަށް ބަލީގެ އެއްވެސް އަލާމާތެއް އެ މީހުންގެ ފަރާތުން ނުފެންނަ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އައްޑޫގައި ކުޑަކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ 3 އޭޕްރިލް 2023ގައެވެ. މި ކޭހާގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވަނީ އެ ކުއްޖާއާ ކޮންޓެކްޓްވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.

Advertisement - newsAdvertisement

މި ކޭހާ ގުޅޭގޮތުން އެޗްޕީއޭއިން އާދީއްތަ ދުވަހު ބުނީ، ކޭސް ފެނުމާއެކު، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް، ކޭސް ފެނުނު ހިސާބުގައި ވަށައިގެންވާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ކޮމިއުނިޓީ ސާރވޭ ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އަދި މީސަލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވެ ތިބި، އަދި ފުރިހަމަކޮށްފައިވާކަމުގެ ރެކޯޑު ނެތް މީހުންނަށް ވެކްސިން ދިނުމަށް ރިންގް ވެކްސިނޭޝަން ކުރިއަށްގެންދިޔަ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މި ކޮމިއުނިޓީ ސަރވޭގައި 41 މީހުންގެ މައުލޫމާތު ސާފުކޮށްފައިވާއިރު، މީގެ ތެރޭގައި 16 ގެއާއި ފިހާރައެއް ބަލާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ވެކްސިން ފުރިހަމަ ނުކޮށް ތިބުމުން 19 މީހަކަށް ވެކްސިން ދިން ކަމަށް ވަނީ ބުނެފައެވެ.

މިހާތަނަށް ބެލިބެލުމުން ކޭހާގުޅޭ 65 ކޮންޓެކްޓުން ފާހަގަކުރެވިފައިވާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ، އެ އެންމެންނަކީ ވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަމަށެވެ. އަދި ޕޮޒިޓިވްވި ކުއްޖާއަކީވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖެއް ކަމަށް އެ އިދާރާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ހިމަބިއްސަކީ ރާއްޖޭން ނައްތާލެވިފައިވާ ބައްޔެއްކަމަށް ކަނޑައަޅާފައިވާތީ، އެބަލީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ ފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓުކުރުމަކީ އެ އިދާރާގެ ސަރވެއިލެންސް މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިއްހީ ޚިދުމަތްދޭ ތަނަކުންވެސް އަމަލުކުރަމުން އަންނަ އުސޫލު ކަމަށެވެ. އެހެންކަމުން ހިމަބިހީގެ އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި؛ ހުން އައުމާއި, ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. އަދި ކެއްސުމާއި، އަރިދަފުސް ފޭބުމާއި، ލޯ ރަތްވުން ފަދަ އަލާމާތްތައްވެސް ހިމަބިހި ޖެހިފައިވާ މީހެއްގެ ފަރާތުން ފެނިދާނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 މެއި 2017

އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ

20 މެއި 2017
އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ
18 މެއި 2017

ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަން ފޯރުކޮށްދީފި

18 މެއި 2017
ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަން ފޯރުކޮށްދީފި
17 އެޕްރީލު 2017

ބުލީ ކުރުމުން ބްލީޗް ބުއި ކަމަށް ބުނާ ކުއްޖާގެ ހާލު މިހާރު ރަނގަޅު: އައިޖީއެމްއެޗް

17 އެޕްރީލު 2017
ބުލީ ކުރުމުން ބްލީޗް ބުއި ކަމަށް ބުނާ ކުއްޖާގެ ހާލު މިހާރު ރަނގަޅު: އައިޖީއެމްއެޗް
03 މާރިޗު 2017

އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

03 މާރިޗު 2017
އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ
27 ފެބުރުއަރީ 2017

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017
ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
26 ފެބުރުއަރީ 2017

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
19 ފެބުރުއަރީ 2017

ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި

19 ފެބުރުއަރީ 2017
ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި
15 ފެބުރުއަރީ 2017

ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!

15 ފެބުރުއަރީ 2017
ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް