Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުއްޖާގެ ފުރަމޭ ގޮހޮރު ބޭރުގަ

އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ

ކުއްޖާގެ މޭޖާ 4 އޮޕަރޭޝަނެއް ކުރަންޖެހޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 20 މެއި 2017 | ހޮނިހިރު 15:25
އުފަންވިއިރު  ގޮހޮރާއި ފުރަމޭގެ ބައެއް ބޭރަށް ހުރި ކުއްޖާގެ ފޮޓޯއެއް

އުފަންވިއިރު ގޮހޮރާއި ފުރަމޭގެ ބައެއް ބޭރަށް ހުރި ކުއްޖާގެ ފޮޓޯއެއް

މިމަހުގެ 10 ވަނަ ދުވަހު އައިޖީއެމްއެޗަށް އުފަންވި ކުއްޖާގެ ހަށިގަނޑުގައި ބޭރަށް އޮތީ ހިތް ކަމަށް ރިޕޯޓްކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި ރަނގަޅު ގޮތަކީ އެކުއްޖާގެ ހަށިގަނޑުގައި ބޭރަށް ނިކުމެފައި ހުރީ ގޮހޮރާއި ފުރަމޭ (ލިވާ) ގެބައެއްކަމަށް ކުއްޖާގެ ކާފަ ބުނެފިއެވެ.

ރާއްޖެ އެމްވީއިން މީގެ ކުރިން އެ ކުއްޖާއާއި ބެހޭ މައުލޫމާތު ގެނެސްދިނީ ކުއްޖާގެ މާމަގެ ވާހަކަތަކަށް ބިނާކޮށެވެ. ކުއްޖާގެ މާމަ ޝަރީފާ ކުރިން މައުލޫމާތު ދިން ގޮތުގައި، އައިޖީއެމްއެޗުގެ ނަރުހުން ކައިރިން އެހުމުން ހަށިގަނޑުގެ ބޭރުގައި އޮތީ ހިތްކަމަށް ލަފާކުރެވޭކަމަށް ބުނިކަމަށެވެ. ރާއްޖޭގެ އެހެން ބައެއް މީޑިއާ ތަކުންވެސް މި ޚަބަރު ރިޕޯޓު ކުރުމުގައި ބުނެފައިވަނީ ބޭރަށް ނިކުމެފައިވަނީ ކުއްޖާގެ ހިތް ކަމަށެވެ.

މިވަގުތު އެކުއްޖާ އޮތް ހޮސްޕިޓަލްކަމަށްވާ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ހުރި އެ ކުއްޖާގެ ކާފަ މުހައްމަދު ނަޖީބު ބުނީ އެ ކުއްޖާއާއި ބެހޭ އެއްވެސް މައުލޫމާތެއް އޭނާގެ ކައިރިން ނާހާ އާންމު ކުރުމަށް ނޭދޭ ކަމަށެވެ. އޭނާ ބުނީ ކުއްޖާގެ ދެ އޮޕަރޭޝަން ހުކުރުދުވަހު ކޮށްފައިވާކަމަށާއި ޑޮކްޓަރުން ލަފާކުރާގޮތުގައި އަދި 3 އޮޕަރޭޝަން ކުރަން ޖެހޭކަމަށެވެ.

ހުކުރު ދުވަހު ކުރި އޮޕަރޭޝަނަކީ ހިތާއި ފުރަމޭގެ ދެ އޮޕަރޭޝަނެއް ކަމަށް ނަޖީބު ބުންޏެވެ. އެއީ ކުއްޖާގެ އަސްލު އޮޕަރޭޝަން ކަމަށްވާ ބޭރަށް ފެންނަން ހުރި ގޮހޮރާއި ލިވާގެ އޮޕަރޭޝަން ކުރެވޭނީ އެ އޮޕަރޭޝަން ކުރުމަށް ފަހުގައި ކަމުގައި ވާތީ ކަމަށް ޑޮކްޓަރުން ބުނި ކަމަށް ނަޖީބު ބުންނެވެ.

ކުއްޖާގެ މޭޖާ 4 މައްސަލަ ކަމަށް ޑޮކްޓަރުން ބުނެފައިވަނީ:

  • ލިވާއާއި ހިތުގެ އޮޕަރޭޝަން ( މިހާރު މިއޮޕަރޭޝަން ވަނީ ކޮށްފައި. މި އޮޕަރޭޝަންގައި ކުއްޖާގެ ހިތުގައި ހުރި ލޯވަޅުގައި ވަނީ ޕެޗު އަޅާފައި) ކަނާތް ފަރާތު މެއިގެ ކަށިގަނޑު ހަމައަށް އުފެދިފައި ނުވުން
  • ކަނާތްފަރާތުގެ ލިވާ ގެ 4 ބައިކުޅަ އެއްބައި އުފެދިފައިވުން
  • ވައަތް ފަރާތުގެ ލިވާގެ އެއްބަޔާއި ގޮހޮރުގެ އެއްބައިގެ އޮޕަރޭޝަން (މި އޮޕަރޭޝަން ކުރެވެނީ ނޭވާލާ ނިޒާމާއި ހިތުގެ ހިނގުން ރަނގަޅުވުމުން)

އެކުއްޖާގެ ފަރުވާއަށް އިންޑިއާއަށް ފުރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދުލް އިންސާފުގެ ދާއިރާ މިހާރު ހިނގަމުންދަނީ ކުރިއަށްވުރެ ވެސް ގޯސްކޮށް: ގާނޫނީ ވަކީލުން

އަދުލް އިންސާފުގެ ދާއިރާ މިހާރު ހިނގަމުންދަނީ ކުރިއަށްވުރެ ވެސް ގޯސްކޮށް: ގާނޫނީ ވަކީލުން

31 އޯގަސްޓު 2017
ރައީސް ނަޝީދާމެދު ކަންކުރައްވާފައި ވަނީ ވަރަށް ގޯސްކޮށް:ރައީސް މައުމޫން

ރައީސް ނަޝީދާމެދު ކަންކުރައްވާފައި ވަނީ ވަރަށް ގޯސްކޮށް:ރައީސް މައުމޫން

23 ޖުލައި 2017
ރާއްޖެ ބައިވެރިވެފައިވާ މުއާހަދާ ބުނަނީ މުޒާހަރާ ކުރެވޭނެ ކަމަށް:ޑރ ޝަހީދު

ރާއްޖެ ބައިވެރިވެފައިވާ މުއާހަދާ ބުނަނީ މުޒާހަރާ ކުރެވޭނެ ކަމަށް:ޑރ ޝަހީދު

22 ޖުލައި 2017
ސުޕްރީމް ކޯޓުން ގޯސްކޮށް ހުކުމް ކުރާނަމަ ފާޑުކިޔާނަން: މަޚްލޫފު

ސުޕްރީމް ކޯޓުން ގޯސްކޮށް ހުކުމް ކުރާނަމަ ފާޑުކިޔާނަން: މަޚްލޫފު

17 ޖުލައި 2017
ކުއްލި ކުއްލިއަށް އަޑުއެހުންތައް ބާއްވައި، ސިއްރު ހެކި ހުރިކަމަށް ބުނުމަކީ ކަންބޮޑުވާކަމެއް: ފާރިސް

ކުއްލި ކުއްލިއަށް އަޑުއެހުންތައް ބާއްވައި، ސިއްރު ހެކި ހުރިކަމަށް ބުނުމަކީ ކަންބޮޑުވާކަމެއް: ފާރިސް

17 ޖުލައި 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު