Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަގޫރޯޅި

ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަން ފޯރުކޮށްދީފި

ފުރާޅު އެއްލާލި ގެތަކުގެ މީހުން ދިރިއުޅެމުން ދަނީ އެމީހުންގެ އާއިލާ އާއި ރަހްމަތްތެރިންގެ ގެތަކުގައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 18 މެއި 2017 | ބުރާސްފަތި 03:14
ބުދަ ދުވަހުގެ ރޭ އައްޑޫ ސިޓީއަށް އެރި ނަގޫރޯޅީގައި 13 ގެއަކަށް ވަނީ ގެއްލުންލިބިފައި

ބުދަ ދުވަހުގެ ރޭ އައްޑޫ ސިޓީއަށް އެރި ނަގޫރޯޅީގައި 13 ގެއަކަށް ވަނީ ގެއްލުންލިބިފައި

އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫރޯޅީގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފި ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގް ( ސޯބެ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ 10:00 ކަންހާއިރު ހިތަދޫއަށް އެރި ނަގޫރޯޅިއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ސޯބެ ވިދާޅުވީ ނަގޫރޯޅީގެ ސަބަބުން ޖުމްލަ 13 ގެއެއްގެ ފުރާޅު އެއްލާލައި އެކި ވަރުގެ ގެއްލުން އެ ގެތަކަށް ލިބިފައިވާ ކަމަށެވެ. ފުރާޅު އެއްލާލި ގެތަކުގައި ދިރިއުޅެމުން ދިޔަ މީހުންނަން ވަގުތީ ގޮތުން މީހާރު ބޯހިޔާވަހިކަން ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއި އެކު ފޯރުކޮށްދީފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އައްޑޫ ސިޓީގެ 13 ގެއެއްގެ ފުރާޅު އެއްލާލާފައިވާއިރު، އެގެތަކުގައި ހިފާގެންގުޅޭ ގިނަ ތަކެތި ވެސް ވަނީ ހަލާކުވެފައި

ފުރާޅު އެއްލާލި ގެތަކުގެ ހިފާގެންގުޅޭ ތަކެއްޗަށް ވެސް ބޮޑަތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރަމުން ސޯބެ ވިދާޅުވި ގޮތުގައި އެގެތަކުގައި ދިރިއުޅޭ މީހުން ވަގުތީ ގޮތުން ބޯހިޔާވަހިކަން ހޯދަމުން ދަނީ ހިތަދޫގައި ގެއްލުން ނުލިބި ހުރި ގެތަކުގައެވެ. އެގޮތުން ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ މީހުންގެ އާއިލާގެ ގެތަކުގައި އާއި ގާތް ރައްޓެހިންގެ ގެތަކަށް ވަގުތީ ގޮތުން ބަދަލުކުރެވިފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

މީގެ އިތުރުން ސްކޫލް ކުދިންގެ ތަކެތި ވިއްކާ އައިލެންޑް ބުކްސޮޕާއި ސިލިންކޯ އިންޝުއަރެންސް ކުންފުނީގެ އޮފީހަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. އައިލެންޑް ބުކްސޮޕްގެ ފުރާޅުވެސް ނަގޫރޯޅީގައި އެއްލާލާފައި ވަތީ އެފިހާރާގައި ހުރި މުދާ ވަނީ ހަލާކުވެފަ އެވެ.

ހިތަދޫ ބޮޑު މަގުގައި ހުންނަ ހެޕީޒޯން ފިހާރަ ކުރިމައްޗަށް ވާގޮތަށް އޮންނަ މަގުގައި ހުރި ބޮޑު ބިޔަ ތިން ގަސް ވެއްޓުނުނަމަވެސް، މިހަދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ފުލުނުން ވަނީ ބުނެފައެވެ.

މިދިސާއާއި ގުޅިގެން ދިވެހި ރެޑްކޮރަސަންޑާއި އައްޑޫ ހައުސިން މިނިސްޓްރީގެ ޑިޕާޑްމެންޓުގެ އިތުރުން އެމްއާރުޑީސީގެ ފަރާތުން ވެސް އެހީތެރިކަން ފޯރުކޮށްދޭކަން ސޯބެ ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާގައި ލިބުނު ގެއްލުންމުގެ ތަފްސީލް ބަލަމުން އަންނަ ކަމަށާއި، ލިބުނު ގެއްލުމުގެ ތަފްސީލެއް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހޯދޭނެ ކަމަށް ލަފާކުރެވޭ ކަމަށް ސޯބެ ވިދާޅުވި އެވެ.

މަންޒަރު ދުށް މީހަކު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ބުނީ ނަގޫ ރޯޅި އަރާފައިވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ ވޭލީ ގެއާއި އަދި އެގެއާއި އިންވެގެން ހުރި ގެ ހިމެނޭ ސަރަހައްދަށް ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިތަދޫއަށް ނަގޫރޯޅިއެއް އަރާ ގެއްލުން ލިބުނު ހަބަރު ރައީސް ޔާމީން އެއްސެވީ ނުހަނު ހިތާމަޔާ އެކުގައި ކަމަށެވެ. އައްޑޫ ރައްޔިތުންނަން ލިބުނު ގެއްލުން ރައީސް ޔާމީން ގާތުން ބަލަމުންދާ ކަމަށް މުއާޒް ވިދާޅުވިއެވެ.

ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު އައްޑޫ ސިޓީގެ ރައްޔިތުންނަން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަންޑް ފޮއްޓެއް ބެހެއްޓުމަށް ރާއްޖެޓީވީން ވަނީ ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލްތަކުގެ ވަގުތީ ނަތީޖާ އަންގާރަ ދުވަހު އިއުލާން ކުރަނީ

ލޯކަލް ކައުންސިލްތަކުގެ ވަގުތީ ނަތީޖާ އަންގާރަ ދުވަހު އިއުލާން ކުރަނީ

09 މެއި 2017
ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން މިއަދު މެންދުރުފަހު

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން މިއަދު މެންދުރުފަހު

08 މެއި 2017
ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

23 އެޕްރީލު 2017
ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

17 އެޕްރީލު 2017
އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި

އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި

19 މާރިޗު 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު