Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރުވާން އުޅުން

ބުލީ ކުރުމުން ބްލީޗް ބުއި ކަމަށް ބުނާ ކުއްޖާގެ ހާލު މިހާރު ރަނގަޅު: އައިޖީއެމްއެޗް

17 އެޕްރީލު 2017 | ހޯމަ 17:29

ބްލީޗު ބުއީ އުމުރުން 14 އަހަރުގެ ކުއްޖެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 17 އެޕްރީލު 2017 | ހޯމަ 17:29
އައިޖީއެމްއެޗް

އައިޖީއެމްއެޗް

ބުލީ ކުރުމުން ބްލީޗް ބުއި ކަމަށް ބުނާ ކުއްޖާގެ ހާލަތު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން ބުނީ އާދިއްތަ ދުވަހުގެ ރޭ އުމުރުން 14 އަހަރުގެ ކުއްޖަކު ބްލީޗު ބޮއެގެން އެ ހޮސްޕިޓަލަށް ގެނެސް އެމަޖެންސީ ރޫމްގައި ފަރުވާ ދެވުނު ކަމަށެވެ. މިހާރު ވެސް އެކުއްޖާ ހޮސްޕިޓަލުގެ ވޯޑްގައި އެޑްމިޓްކޮށްފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

މި ހާދިސާއާއި ގުޅޭ ގޮތުން ފޭސްބުކްގައި މީހަކު އާއްމުކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އަދަބީ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭނާގެ އަންހެން ކޮއްކޮ އެއް ސްކޫލަށް ދިޔައީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. އެހެން ނަމަވެސް އިސްކަންދަރު ސްކޫލުގެ ކުދިންތަކެއް އޭނާގެ ކޮއްކޮއާއި ދިމާކޮށް ބުލީ ކުރިކަމަށާއި އެކުއްޖާ ސްކޫލުން ގެޔަށް ދިޔަ އިރު ހެދުމާއި ފޮތްތަކުގައިވެސް ބްލީޗު ހުރިކަމަށް ބުނެފައިވެ އެވެ. އަދި ސްކޫލަށް ބްލީޗު ގެންދިއުމުގެ ހުއްދަ ދެވިފައިވަނީ ކޮންގޮތަކުން ކަމާ މެދު ސުވާލު އުފައްދައި، އެ ޕޯސްޓުގައި އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މީގެ އިތުރުން ސްކޫލުން އެންމެ އެކަށީގެންވާ ގޮތެއްގައި ކުދިން ނުބެލެހެއްޓޭކަމަށް ބުނެ އޭނާ ވަނީ އެ ސްކޫލަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

މިކަމާ ގުޅޭ ގޮތުން އިސްކަންދަރު ސްކޫލްގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތް، އެ ސްކޫލުގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބު ވާގޮތް ވަނީ ނުވެފަ އެވެ.

ބްލީޗު ބޮއެގެން ކުއްޖަކު އޭނާގެ އަމިއްލަ ފުރާނައަށް ގެންލުންދިނުމަށް މަސައްކަތް ކޮށްފައިވާ އިރު މިފަދަ ހާދިސާތައް މިދުވަސްވަރު ހިނގާ އަދަދު އިތުރުކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ޒުވާން އުމުރުގެ ކުދިން ދަންޖެހިގެން މަރުވާ މައްސަލަތައް މިދުވަސްވަރު ވަނީ ގިނަވެފަ އެވެ. އަދި ވިލިމާލޭގައި ކަނޑަށް އެރި ކުއްޖަކު މަރުވާން އުޅުނު މައްސަލައެއް ވެސް ފެންމަތިވި އެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި

25 މާރިޗު 2017
ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި
24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
07 މާރިޗު 2017

އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

07 މާރިޗު 2017
އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ
01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް