Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޔަމަން

ހަނގުރާމައިގެ ވިލާގަނޑު އާތްވަށްވެ، ޔަމަނުން ތަފާތު ދިރުމެއް

ޕާކުތަކާއި ކުޅިވަރު ކުޅޭ މައިދާންތަކުގައި ހުރި އެކި ކަހަލަ ހަރުގަނޑުތަކާ އުނދޯލިތަކުގައި ކުޑަ ކުދިން އުފާވެރި ވަޤުތުތަކެއް މިހާރު ހޭދަކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2023 | އާދީއްތަ 09:45
މިދިޔަ 8 ވަރަކަށް އަހަރު ދުވަހު، ކެނޑިނޭޅި ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް ހިންގަމުންދިޔަ ޔަމަނުގެ މަސްރަހުން މިހާރު ފެނިގެންދަނީ މުޅިން އެހެން މަންޒަރެއް

މިދިޔަ 8 ވަރަކަށް އަހަރު ދުވަހު، ކެނޑިނޭޅި ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް ހިންގަމުންދިޔަ ޔަމަނުގެ މަސްރަހުން މިހާރު ފެނިގެންދަނީ މުޅިން އެހެން މަންޒަރެއް

ދުނިޔެ ދައުރުވަމުން ދަނީ ތަށަލި ދުޅާ އަށޭ ބުނެ އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއް ފަހަރު، އެއް ފަންވަތުގެ އަޑިން ދިޔައީ ވިއްޔާ، އަނެއް ފަހަރު ދާނީ، އަނެއް ފަންވަތުގެ މަތިންނެވެ. އަހަރަމެންގެ ދީން ކަމުގައިވާ، މާތް ވެގެންވާ އިސްލާމް ދީންވެސް އެކަން ހަނދާން ކޮށްދެއެވެ. ރަމަޟާން މަހެއްގައި ބާއްވާލެއްވި ﷲ ގެ ކަލާމްފުޅު، ކީރިތި ޤުރުއާންގެ އަލް-އިންޝިރާޙް ސޫރަތުގެ 6 ވަނަ އާޔަތް، އެކަމުގެ ހެއްކަކަށް ފުދެއެވެ. އެ މަތިވެރި އާޔަތް، އަހަރަމެންނަށް ހަނދާން ކޮށްދެނީ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަން ވާކަމެވެ.

މިދިޔަ 8 ވަރަކަށް އަހަރު ދުވަހު، ކެނޑިނޭޅި ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް ހިންގަމުންދިޔަ ޔަމަނުގެ މަސްރަހުން މިހާރު ފެނިގެންދަނީ އެ މަންޒަރެވެ. ޔަމަނުގެ ވެރިރަށް ސަންއާގައި މީގެ ކުރިން ފަޅުވެފައި އޮތް ޕާކުތައް މިހާރު ވަނީ ދިރުން ލިބިފައެވެ.

އުފާވެރިކަން ގެނުވާ ހިނިތުންވުންތަކާއެކު، ރަމަޟާން މަހުގެ ހިތްގައިމު ވަޤުތުތައް ހޭދަ ކުރާ ޢާއިލާތަކުން ޕާކުތަކާއި ކުޑަ ކުދިން ކުޅެ އުޅޭ މައިދާންތަކަށް ވަނީ އާރޯކަން ލިބިފައެވެ. ފާއިތުވެގެން މިދާ ދުވަސްތަކަކީ، މިދިޔަ 8 އަހަރު ދުވަހުގެ ތެރޭގައިވެސް ޔަމަނު ދުށް އެންމެ އަމާން ދުވަސްތަކެވެ. މައިގަނޑު އެއް ސަބަބަކީ، ޔަމަނުގައި ކުރަމުން ދިޔަ "ދާޚިލީ" ހަނގުރާމައިގެ ހަމަލާ ބަދަލު ކުރުންތައް މަޑުޖައްސާލުމަށް، އދ މެދުވެރިއެއްގެ ގޮތުގައި އޮވެގެން އެކުލަވާލި ސުލްޙައިގެ އެއްބަސްވުމެވެ.

މިއީ ޔަމަނުން ފެނިދާނެ ކަމަށް ބަޔަކު ޢުއްމީދުވެސް ކުރި ދުވަސްތަކެއް ނޫނެވެ. ޕާކުތަކާއި ކުޅިވަރު ކުޅޭ މައިދާންތަކުގައި ހުރި އެކި ކަހަލަ ހަރުގަނޑުތަކާ އުނދޯލިތަކުގައި ކުޑަ ކުދިން އުފާވެރި ވަޤުތުތަކެއް ހޭދަކޮށް، ހެލިފެލިވެ އުޅޭ އިރު، އެ ކުދިންގެ މައިންބަފައިންވެސް މާ ދުރު ނޫން ހިސާބުތަކުގައި ހިތް ހަމަޖައްސާ ހަދާލަން ތިބޭ މަންޒަރަކީ މިއަދު އާންމު ވަމުންދާ މަންޒަރެކެވެ.

އަހުމަދު އަލް-ސޫފިއާނީ ފަދަ ރައްޔިތުންގެ ޢުއްމީދަކީ މި ހަމަޖެހުން، މި ގޮތުގައި ތާ އަބަށް ދެމިގެން ދިއުމެވެ.

ޔަމަނަށް އައިސްފައި ވާ ބަދަލު، ސަންއާގެ އާންމުންގެ ވާހަކަތަކުން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެން ދެއެވެ.

ހަނގުރާމައިގެ ބަނަ ވިލާގަނޑު، ޔަމަނުގެ މަސްރަހު ނުތަނަވަސް ކުރީ ހަތިޔާރު އެޅި ހަނގުރާމަ ވެރި ހޫޘީއިން، 2014 ވަނަ އަހަރު، ޔަމަނުގައި އޭރު އޮތް ސަރުކާރު ވައްޓާލި ހިސާބުންނެވެ. އެއާއެކު ސައުދީ އިސްވެ އޮވެ، ބައިނަލްއަޤުވާމީ ފެންވަރުގައި އަސްކަރީ ކޯލިޝަނެއް ހަދާ، ޔަމަނުގެ ދާޚިލީ ކޯޅުންގަނޑުގެ ތެރެއަށް ވަދެ، މި ފަހުގެ ތާރީޚުގައި ދުނިޔެ ދުށް، އެންމެ ފުން އިންސާނީ ކާރިޘީ އަނދަވަޅަށް ޔަމަނު ވައްޓާލިއެވެ.

ޔަމަނުގައި ކުރީ "ދާޚިލީ" ހަނގުރާމައެއް ނަމަވެސް، އެއީ "ވަކާލާތީ" ހަނގުރާމައެއް ކަމަށް ގިނަ ބަޔަކު އިއްތިފާޤުވެއެވެ. މާނައަކީ، އެއީ ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް ސަޢުދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ކުރި ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައި ޔަމަނު ބޭނުން ކުރަމުން ދިޔަ ކަމެވެ. ޙަޤީޤަތް ކޮންމެ ގޮތަކަށް އޮތް ކަމުގައި ވީ ނަމަވެސް، އެ ހަނގުރާމާގައި އެތައް ހާސް ބައެއްގެ ފުރާނަ ގެއްލި، ޔަމަނުގެ އިޤްތިޞާދު ހަފުސްވެ، އެތައް މިލިއަން ބަޔަކު، ބަނޑުހައިހޫނުކަމުގެ ތެރެއަށް ވައްޓާލިއެވެ.

މިފަދަ އެތައް ތަކުލީފަކަށް ފަހު ޔަމަނު މިއަދު ލިބިފައިވާ ހަމަޖެހުމަކީ، ޔަމަނުގެ ރަށްވެހިންނަށް ޙައްޤު ކަމެކެވެ. ދިރިއުޅުމުގެ ހާލަތު، އިހު އޮތް ގޮތަށް ރުޖޫޢަވުމަކީ،  ޔަމަނުގެ ކޮންމެ ރައްޔިތަކުވެސް ދެކެމުންދާ ފޮނި ހުވަފެނެކެވެ. އެ ކަމަކަށް ކެތް މަދު ވެފައިވާ އިންތިޒާރެއް ކުރަމުން ދާ ކަމެކެވެ.

ޔަމަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

09 ނޮވެމްބަރު 2025
ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

19 އޮކްޓޯބަރު 2025
ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި

11 ޖުލައި 2025
ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

10 ޖުލައި 2025
ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ

ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ

08 ޖުލައި 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު