Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުދައްޔުގެ މަރުގެ މައްސަލަ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

6 އެޕްރީލު 2023 | ބުރާސްފަތި 09:55

މައްސަލައާ ގުޅިގެން ނެގިފައިވާ މާއްދީ ހެކިތަކާއި ގުޅޭ ހެކިބަސް ނެގި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 އެޕްރީލު 2023 | ބުރާސްފަތި 09:55
ގއ މާމެންދޫގައި ހިނގި މާރާމާރީ- މި މާރަމާރީގައި އުދައްޔު ވަނީ މަރުވެފައި

ގއ މާމެންދޫގައި ހިނގި މާރާމާރީ- މި މާރަމާރީގައި އުދައްޔު ވަނީ މަރުވެފައި

ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން މަރުވި 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވަނީ ގއ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރެއްގެ ހެކިބަސްވެސް ނަގާފައެވެ. މީގެ ކުރިންވެސް މި މައްސަލައާ ގުޅޭ ރިޕޯޓަކާއި ގުޅިގެން އޭނާގެ ހެކިބަސް ނަގާފައިވެއެވެ.

ހެކިވެރިޔާ ވިދާޅުވީ، އުދައްޔު ގެނައިރުވެސް އޭނާގެ ވިންދެއް ނެތް ކަމަށެވެ. އެގޮތުން ހިތުގެ ވިންދުގެ އެއްވެސް ކަހަލަ ނިޝާނެއް ފެންނަން ނެތްކަން ހެކިވެރިޔާ ފާހަގަ ކުރެއްވިއެވެ.

އުދައްޔު މަރުވީ ލިބުނު އަނިޔާތަކުގެ ސަބަބުން ލޭ ހޮޅިތައް ފަޅައިގެން ގޮސް، ހިތުގެ ވިންދު ހުއްޓި ނޭވާ ހުއްޓިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ދެން ހާޒިރުކުރީ އެކްސިޑެންޓު ހިނގިއިރު އެ ރަށު ހެލްތު ސެންޓަރުގައި މަސައްކަތް ކުރަމުން ދިޔަ ނަރުހެކެވެ. އޭނާވެސް ވަނީ އުދައްޔު ހޮސްޕިޓަލަށް ގެނައިރު އޮތް ޙާލަތާއި ގުޅޭގޮތުން ހެކިބަސް ދީފައެވެ.

އޭނާ ވަނީ މި މައްސަަލައިގައި ދެން އަނިޔާވި އުދައްޔުގެ ބޭބެ ކަމަށްވާ ފިރުޝާންއަށް ދިން ފަރުވާއާ ގުޅޭގޮތުންވެސް ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާއަށް ފަރުވާ ނުދީ އޭނަގެ ކޮށްކޮ އުދައްޔުއަށް ފަރުވާ ދިނުމަށް އޭނާ ތަކުރާރުކޮށް ބުނަމުން ދިޔަކަމަށް ހެކިވެރިޔާ ބުންޏެވެ.

ހަތަރުވަނައަށް ހާޒިރުކޮށްފައިވަނީ ފުލުހުންގެ ފިޒިކަލް އެވިޑެންސް ލެބޯޓެރީގެ ހެޑްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އޮފިސަރެވެ. އޭނާ ވަނީ މި މައްސަލައާ ގުޅިގެން ނެގިފައިވާ މާއްދީ ހެކިތަކާއި ގުޅޭ ރިޕޯޓާއި ގުޅިގެން ހެކިބަސް ދެއްވާފައެވެ.

އޭގެ ތެރޭގައި 3 މާއްދީ ހެކި ހިމެނެއެވެ. އެއީ ވަޅި ތިލައަކާއި، ވަޅި މުއްގަނޑެއްގެ އިތުރުން ކިވީ ބްރޭންޑުގެ ވަޅިއެކެވެ.

އެ ހެކިވެރިޔާ ވަނީ ހޮސްޕިޓަލުގެ ވޯރޑުން ނެގި ތިލައާއި، މި މައްސަލައިގެ ސީންއިން ފެނުނު މުއްގަނޑަކީ އެއް ވަޅިއެއްގެ ބައިތަކެއްކަން ޔަގީންވާކަމަށް ވިދާޅުވެ، ޝަރީއަތުގައި އެކަން ދައްކުވައިދެއްވާފައެވެ. އެގޮތުން އެ ތިލައާއި މުއްގަނޑުގެ ބައިވެފައިވާ ބައި ގުޅިގެންދާ ގޮތަށް ބަލާއިރު، އެއީ އެއް ވަޅިއެއްކަން އެނގޭކަމަށް އަމަލީ ގޮތުން ދައްކުވައިދެއްވަމުން އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގެ ދައުލަތުގެ 3 ސިއްރު ހެއްކެއްގެ ހެކިބަސް ނެގުން އަދި އެބައޮތެވެ. އެގޮތުން އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެ އަޑުއެހުން ބޭއްވެވުމަށް ގާޒީ އަލީ ނަދީމް ވަނީ ނިންމަވާފައެވެ.

އެއަށްފަހު ދެން އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.

ކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް