Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވިލިމާލޭގައި ބަގީގެ ޚިދުމަތް ފެށުން

ވިލިމާލޭގައި ބަގީގެ ޚިދުމަތް ފަށައިފި

އެކި ކަހަލަ މުދަލާއި ލަގެޖް ފަދަ ތަކެތި އުފުލޭގޮތަށް ހަދާފައިވާ ދެ ބަގީއާއި ބަލި މީހުން އުފުލުން ފަދަ ކުއްލި ހާލަތްތަކުގައި ދަތުރު ކުރާނެ ހާއްސަ ބަގީއެއް ހިމެނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 3 އެޕްރީލު 2023 | ހޯމަ 22:15
ވިލިމާލެ އަށް ގެނައި ބަގީ

ވިލިމާލެ އަށް ގެނައި ބަގީ

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ފެށީ ހޯމަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތަކަށްފަހުއެވެ. މި ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން 10 ބަގީއެއް ގެނެސްފައިވާއިރު އޭގެ ތެރޭގައި އެކި ކަހަލަ މުދަލާއި ލަގެޖު ފަދަ ތަކެތި އުފުލޭގޮތަށް ހަދާފައިވާ ދެ ބަގީއާއި ބަލި މީހުން އުފުލުން ފަދަ ކުއްލި ހާލަތްތަކުގައި ދަތުރު ކުރާނެ ހާއްސަ ބަގީއެއް ވެސް ހިމެނެއެވެ.

Advertisement - newsAdvertisement

ސިޓީ ކައުންސިލުން ނިންމާފައިވާ ގޮތުގައި މި ރޯދަ މަސް ނިމެންދެން ބަގީގެ ޚިދުމަތް ހިލޭ ފޯރުކޮށްދޭނެއެވެ. ނަމަވެސް އެއީ ޕްރައިވެޓް ހަޔަރގެ ގޮތުގައި ދަތުރު ކުރާ ބަގީތައް ފިޔަވައި އާއްމު ދަތުރުތަކުގައި ބޭނުން ކުރާ ބަގީތައް އެކަންޏެވެ.

ވިލިމާލޭގައި ބަގީ ދަތުރުތަކުގައި މީހަކަށް ދެ ރުފިޔާ ނެގުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ނަމަވެސް ޕްރައިވެޓް ހަޔަރގައި އަގުތައް ތަފާތުވާނެ ކަމަށް އެކައުންސިލުން ބުންޏެވެ. އެގޮތުން ހަތަރު ސީޓުގެ ބަގީއަކަށް 6 ރުފިޔާ ނަގާއިރު ހަ ސީޓުގެ ބަގީއަކަށް 10 ރުފިޔާ އަދި 12 ސީޓުގެ ބަގީއަކަށް 15 ރުފިޔާ ނަގާނެއެވެ.

ބަގީ ޚިދުމަތަށް ފީއެއް ނެގި ނަމަވެސް ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންގެ އިތުރުން އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ދަރިވަރުންނަށް ބަގީތަކުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.

މާލެ ސިިޓީ ކައުންސިލުން ވިލިމާލޭގެ ތިން ރޫޓެއްގައި ބަގީގެ ޚިދުމަތް ދޭނެއެވެ. އަދި މި ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އޮންލައިން ބުކިންގ ހެއްދޭ ގޮތް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން "villibuggy.malecity.gov.mv" އަށް ޒިޔާރަތްކޮށްގެން ބުކިންގ ހެއްދޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު