Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނުރައްކާތެރި އެކްސިޑެންޓެއް ހިނގުން

ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އެކަކުގެ ހާލު ސީރިއަސް

19 އަހަރުގެ ފިރިހެނަކާއި، 56 އަހަރުގެ ފިރިހެނެކަށް އަނިޔާވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 އެޕްރީލު 2023 | ހޯމަ 07:01
ހިޔާ ފްލެޓް ސަރަހައްދުގައި

ހިޔާ ފްލެޓް ސަރަހައްދުގައި

ހުޅުމާލެ ފޭސް-2 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް-2ގެ ޖޭއެމްސީ ސައިޓް ކައިރީގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މިއެކްސިޑެންޓްގެ މައުލޫމާތު އާދިއްތަ ދުވަހުގެ ރޭ 1:20 ހާއިރު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement - newsAdvertisement

މިއެކްސިޑެންޓްގައި 19 އަހަރުގެ ފިރިހެނަކާއި، 56 އަހަރުގެ ފިރިހެނެކަށް އަނިޔާވެފައިވާއިރު، 56 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މިއެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގައެވެ. މިހާރު ފަރުވާ ދެމުން ގެންދަނީ އޭޑީކޭގައެވެ.

އެކްސިޑެންޓާއި ގުޅިގެން 56 އަހަރުގެ މީހެއް ހާލު ސީރިއަސްވެފައިވާއިރު، ހޯމަ ދުވަހުގެ ހެނދުނު ފޭސް-2 ގައި ހިނގި އެކްސިޑެންޓްގައި 59 އަހަރުގެ ފިރިހެނެއް ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު