Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ނަޕޯލީގެ ދަނޑުގައި މިލާނުން ފެންވަރު ދައްކާލައިފި

ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ގައި ކުޅުނު މެޗު އޭސީ މިލާނުން ކާމިޔާބު ކުރީ 4-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އެޕްރީލު 2023 | ހޯމަ 06:21
އިޓާލިއަން ލީގުގައި އޭސީ މިލާން އާއި ނަޕޯލީ ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި އޭސީ މިލާން އާއި ނަޕޯލީ ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީގެ ދަނޑުގައި އޭސީ މިލާނުން ފެންވަރު ދައްކާލައި، ބޮޑު މޮޅެއް ހޯދައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާގައި ކުޅުނު މެޗު އޭސީ މިލާނުން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗު ފަށައިގެން 17 ވަނަ މިނެޓުގައި މިލާނަށް ލީޑު ނަގައިދިނީ ރަފައެލް ލެއާއޯ އެވެ. އެއީ އެ ޓީމުގެ ބްރަހިމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭގެ ފަހުން 25 ވަނަ މިނެޓުގައި ޑިއާޒް ވަނީ މިލާންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މިލާންގެ އަނެއް ދެ ލަނޑު ފެނުނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ 59 ވަނަ މިނެޓުގައި ސަންޑްރޯ ޓޮނާލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މިލާންގެ ތިން ވަނަ ލަނޑު ޖެހީ ލެއާއޯ އެވެ. އެ ޓީމުގެ ފަހު ލަނޑު 67 ވަނަ މިނެޓުގައި ޑޭވިޑް ކަލަބްރިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ އަލެކްސިސް ސަލަމޭކާ އެވެ.

މިއީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަޕޯލީގެ ތިން ވަނަ ބައްޔެވެ. މެޗުން ބަލިވި ނަމަވެސް ލީގު ތާވަލްގެ އެއް ވަނައިގައި ނަޕޯލީ އޮތީ ކުޅުނު 28 މެޗުން 71 ޕޮއިންޓާއެކު އެވެ. ނަޕޯލީ އަތުން ހޯދި މޮޅާއެކު މިލާން ވަނީ 28 މެޗުން 51 ޕޮއިންޓު ހޯދައިގެން ތިން ވަނަ އަށް ޖެހިލައިފަ އެވެ. މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ވެސް މި ދެ ޓީމު ބައްދަލު ކުރާނެ އެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި

23 އެޕްރީލު 2017
އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި
06 އެޕްރީލު 2017

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި
23 މާރިޗު 2017

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި
16 މާރިޗު 2017

ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ

16 މާރިޗު 2017
ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ
16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު