Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޟްވާން

ރިޟްވާން ރަހީނު ކުރުމަށްފަހު ހިނގި އެއްވެސް ކަމެއް އެނގިފައި ނުވާކަމަށް ފުލުހުން ބުނެފި

އާއިލާއިން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ބޭއްވީ 7 މަސް ފަހުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 5 ޖުލައި 2017 | ބުދަ 15:41
ގެއްލިފައިވާ ނޫސްވެރިޔާ ރިޟްވާން އޭނާގެ މަންމައާއެކު

ގެއްލިފައިވާ ނޫސްވެރިޔާ ރިޟްވާން އޭނާގެ މަންމައާއެކު

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙުމަދު ރިޟްވާން ޢަބްދުﷲ ރަހީނު ކުރުމަށްފަހު ހިނގި އެއްވެސް ކަމެއް މިހާތަނަށް އެނގިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިޟްވާންގެ އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި 7 މަސްފަހުން ބޭއްވި އާޑުއެހުމުގައި ދައުލަތުގެ ފަރާތުން ޖަވާބުދާރީވަމުންނެވެ.

Advertisement - newsAdvertisement

ރިޟްވާންގެ އާއިލާއިން ބުނީ 8 އޯގަސްޓް 2014 ދުވަހު ބަޔަކު އަޙްމަދު ރިޟްވާން ވަގަށްނަގިފަހުން އޭނާއަށް ވީގޮތެއް ނޭނގި ގިނަ ދުވަސްތަކެއްވެގެން ދިޔައިރު، ރިޟްވާނަށް ވީގޮތެއް ހޯދުމުގެ މަސައްކަތް އޭނާގެ ޢާއިލާއާއި އެކުވެރިން ކެނޑިނޭޅި ކުރަމުން ދިޔަ ކަމަށާއި ފުލުހުން ކޮށްފައިވާ ތަޙުޤީޤުގެ އަލީގައި ރިޟްވާނަށް ވީގޮތް ބުނެދިނުމަށް ޢާއިލާގެ ފަރާތުން ތަކުރާރުކޮށް އެދުމުންވެސް އެމަޢުލޫމާތު ޢާއިލާއަށް ހާމަކުރަން ފުލުހުން އުޟުރުވެރިވެފައިވާ ކަމަށެވެ.

އަދި މަޢުލޫމާތު ލިބިގަތުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށްވެފައި، މަޢުލޫމާތު ހޯދުމުގެ އަމުރަކަށް އެދުމުގެ ޤާނޫނީ ޙައްޤު މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން ލިބިދީފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އެފަދަ އަމުރެއް ކޮށްދިނުމަށް އެދި ސިވިލް ކޯޓަށްމައްސަލަ ހުށަހަޅާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ޢާއިލާގެ ފަރާތުން އެފަދަ އަމުރަކަށްއެދި ކޯޓަށް މައްސަލަ ހުށަހެޅި މައިގަނޑު ސަބަބަކީ، މިމައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، މައްސަލައާއި ގުޅިގެން ފުލުހުންނަށް ލިބިފައިވާ މަޢުލޫމާތު އާއިލާއަށް ފުލުހުން ހާމަނުކުރަނީ ފުލުހުންގެ މައްޗަށް އޮތް އެހެން ނުފޫޛުތަކެއްގެ ސަބަބުންކަމަށް ޢާއިލާއަށް ޤަބޫލު ކުރެވޭތީ، ރިޟްވާނަށް ވީގޮތުގެ މަޢުލޫމާތު ޢާއިލާއަށް ލިބެން އޮތް ހަމައެކަނި ފުރުޞަތަކީ ޝަރުޢީ ކޯޓަކުން އެމަޢުލޫމާތު ޢާއިލާއަށް ހާމަކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުންކަމަށް ވާތީކަމަށް އެއާއިލާއިން ވަނީ ބުނެފައެވެ.

އާއިލާއިން ބުނީ މިމައްސަލަ ހުށަހެޅި، 7 މަސް ދުވަސް ފާއިތުވިފަހުން، 5 ޖުލައި 2017 ދުވަހު ބޭއްވުނު އަޑުއެހުމުގައި ދަޢުވާއަށް ފުރަތަމަ ފަހަރަށް ޖަވާބުދާރީ ވަމުން، ބަޔަކު ރިޟްވާން ވަގަށްނެގިފަހުން އޭނާއަށް ވީނުވީގޮތެއް މިހާތަނަށް ފުލުހުންނަށް ހޯދިފައިނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނެފައިވާ ކަމަށެވެ. އަދި ރިޟްވާން ހޯދުމަށް ކެޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ތަކުރާރުކޮށް ފުލުހުން ބުނަމުން ދާއިރު، ފުލުހުން ކޯޓުގައި ދީފައިވާ އެޖަވާބަކީ ޢާއިލާއަށް ޤަބޫލުކުރަން ދަތި ޖަވާބެއް ކަމަށެވެ.

އާއިލާއިން ބުނީ ޝަރީޢަތުގައިވެސް ދަންނަވާފައިވާނެ ފަދައިން، ޢާއިލާގެ ފަރާތުން ވަރަށް އިޚްލާސްތެރިކަމާއެކު ދިވެހި ދަޢުލަތުގެ ކިބައިން، މިމައްސަލައާ ގުޅިގެން ފުލުހުން ހާމަކުރާ މަޢުލޫމާތު ސިއްރުކުރަން ޝަރުޠުކޮށް ނަމަވެސް، އެހާދިސާގެ ޙަޤީޤަތް ޢާއިލާއާ ޙިއްޞާކޮށް، އެކަމުގެ ސަބަބުން ޢާއިލާއަށް ލިބިފައިވާ ހިތްދަތިކަމަށް ލުޔެއް ހޯދައިދިނުމަށް އެދޭ ކަމަށެވެ.

ރިޟްވާންގެ އާއިލާއިން ބުނީ ރިޟްވާން ވަގަށްނެގިތާ 3 އަހަރުވާން ގާތްވަމުންދާއިރު، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ރިޟްވާންގެ މައްސަލައަކީ ރިޟްވާންގެ ޢާއިލާއަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދަނިކޮށް މަރާލާފައިވާ ޔާމީން ރަޝީދު ކުރަމުން ދިޔަ މަސައްކަތްތަކުގެ ތެރެއިން މަސަތްކަތެއް ކަމަށެވެ. ނަމަވެސް ހިތާމައަކީ، ބުދަދުވަހުގެ 11:00 އަށް ސިވިލް ކޯޓުގައި ރިޟްވާންގެ މައްސަލަ ތާވަލުކޮށްފައި އޮތް އިރު، ހަމަ ބުދަދުވަހުގެ 10:30 ގައި އެކޯޓުގައި ތާވަލުކޮށްފައި އޮތީ ޔާމީން ރަޝީދުގެ މަރާގުޅިގެން ޢާއިލާއިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލައަކަށް ވުން ކަމަށް އެއާއިލާއިން ބުނެއެވެ.

އެދެއާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޟްވާނާއި ޔާމީންގެ ޢައިލާއަށް އިންސާފު ލިބޭނީ މައްސަލައިގައި ކަން ހިނގާ ދިޔަގޮތުގެ ޙަޤީޤަތާއި އެކަން ހިނގަން މެދުވެރިވި ސަބަބުތައް ހާމަވެގެން ކަމަށެވެ. އަދި ރިޟްވާން އާއި ޔާމީންގެ ޢާއިލާގެ ދުޢާއަކީ މިފަދަ އަނިޔާވެރިކަމާއި ހިތްދަތިކަން އެހެން އެއްވެސް ޢާއިލާއަކަށް ތަޙައްމަލުކުރަން ނުޖެހުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު