Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގައި ބެހި ކާބޯތަކެތި ހޯދަން އުޅުމުގެ ތެރޭގައި ފިތިގެން މަރުވި މީހުންގެ އަދަދު 13ށް

ޒަރޫރީ ތަކެތީގެ އަގު ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 45 އިންސައްތަ އިތުރުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 އެޕްރީލު 2023 | ހޮނިހިރު 14:33
ޒަރޫރީ ތަކެތީގެ އަގު ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 45 އިންސައްތަ އިތުރުވެފައި

ޒަރޫރީ ތަކެތީގެ އަގު ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 45 އިންސައްތަ އިތުރުވެފައި

ޕާކިސްތާނުގައި ބެހި ކާބޯތަކެތި ހޯދަން އުޅުމުގެ ތެރޭގައި ފިތިގެން މަރުވި މީހުންގެ އަދަދު 13ށް އަރައިފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުއެވެ. އެ ހާދިސާގައި 13 މީހުން މަރުވެފައިވާއިރު، އަނިޔާވި މީހުންގެ އަދަދު ވަނީ 10ށް އަރާފައެވެ.

ޕާކިސްތާނު ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާ ހިނގީ ކަރާޗީގައި ހުންނަ ފެކްޓްރީ ސައިޓެއްގައެވެ. އެގޮތުން ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ ބަޔަކު އެތަކެތި ބަހަންފެށުމުން އެތައް ބަޔަކު އެއްފަހަރާ އެއްވެ އެތަކެތި ނަގަން އުޅުމުން މީހުން ފިތުނީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކާބޯތަކެތި ފޯރުކޮށްދިން ޖަމްއިއްޔާގެ އިސް ބޭފުޅަކު ރޮއިޓަރސްއަށް ބުނެފައިވަނީ، ކާބޯތަކެއްޗާއެކު ފައިސާވެސް ބަހާކަމަށެވެ. އެއީ ފަގީރުން އުޅޭ ސަރަހައްދަކަށްވާތީ ކުރާ ކަމެއް ކަމަށާއި، އެގޮތަށް ކަންކަން ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެދާނެކަމަށެވެ. ނަމަވެސް ހުކުރު ދުވަހު އެތައް ހާސް ބަޔަކު އެއްފަހަރާ އެއްވިކަމަށާއި، މީހުން ހަމަޔަކަށްއަޅުވަން މަސައްކަތްކުރިނަމަވެސް އެއްބަޔަކު ވެއްޓި، އެހެން މީހުންގެ ފައި ދަށުވެގެން މަރުވި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރޮއިޓަރސްއިން ބުނެފައިވާގޮތުގައި މިފަދަ އިތުރު ހާދިސާތަކެއްވެސް ފާއިތުވި ހަފުތާތެރޭގައި ޕާކިސްތާނުގައި ވަނީ ހިނގާފައެވެ.

ޕާކިސްތާނުގެ އިގްތިސާދު ދަށްވުމުގެ ސަބަބުން އެ ގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ތަކެތީގެ އަގު އިންތިހާއަށް އަރާފައިވާއިރު، ފުށްފަދަ ޒަރޫރީ ތަކެތީގެ އަގު ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 45 އިންސައްތަ ބޮޑުވެފައެވެ. އެހެންކަމުން ރޯދައާ ދިމާކޮށް ޕާކިސްތާނު ސަރުކާރުން އަންނަނީ ހިލޭ ފުށް ބަހަމުންނެވެ.

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2017

700،000 ރޮހިންޖާ މުސްލިމުންނަށް ވާވަރަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ކޮންޓިންޖެންސީ ޕްލޭނެއް އދ. އިން ހަދައިފި

27 ސެޕްޓެމްބަރު 2017
700،000 ރޮހިންޖާ މުސްލިމުންނަށް ވާވަރަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ކޮންޓިންޖެންސީ ޕްލޭނެއް އދ. އިން ހަދައިފި
18 ސެޕްޓެމްބަރު 2017

އެހީ ހޯދަން އުޅުނު ރޮހިންޖާ މުސްލިމުންގެ ބަޔަކު ތޮއްޖެހި ފިތިބާރުވުމުގެ ސަބަބުން ދެ ކުޑަކުދިންނާއި އަންހެނަކު މަރުވެއްޖެ

18 ސެޕްޓެމްބަރު 2017
އެހީ ހޯދަން އުޅުނު ރޮހިންޖާ މުސްލިމުންގެ ބަޔަކު ތޮއްޖެހި ފިތިބާރުވުމުގެ ސަބަބުން ދެ ކުޑަކުދިންނާއި އަންހެނަކު މަރުވެއްޖެ
13 އޯގަސްޓު 2017

ޖާނު ގޮއްވާލައިގެން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި 15 މީހުން މަރުވެއްޖެ

13 އޯގަސްޓު 2017
ޖާނު ގޮއްވާލައިގެން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި 15 މީހުން މަރުވެއްޖެ
04 ޖުލައި 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި

04 ޖުލައި 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު