Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު"ވެކޭޝަންސް އެކްސްޕޯ 2017"

ބޮޑެތި އިނާމްތަކާއި އެކު "ވެކޭޝަންސް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ

މިއީ ދެވަނަ ވެކޭޝަންސް އެކްސްޕޯ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 5 ޖުލައި 2017 | ބުދަ 14:16
ވެކޭޝަންސް އެކްސްޕޯ 2017

ވެކޭޝަންސް އެކްސްޕޯ 2017

ހައިރައިސް އިން އިންތިޒާމްކޮށްގެން ބާއްވާ ވެކޭޝަންސް އެކްސްޕޯ ގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާ ކަމަށާއި އެކްސްޕޯ ކުރިއަށްދާނީ ޖުލައި މަހުގެ 6 ން 8 އަށް ކަމަށް ހައިރައިސް އިން ބުނެފިއެވެ.

މިއެކްސްޕޯގައި މިހާތަނަށް އެކި ދާއިރާތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ބޭރުގެ ފަރާތްތަކަކުން މިއަހަރުގެ އެކްސްޕޯގައި ބައިވެރިވާއިރު ޓްރެވަލް އޭޖެންސީތަކާއި އެއަރލައިންތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ހައްޖު ކޯޕަރޭޝަނުންވެސް ބައިވެރިވާނެއެވެ.

އޭގެ ތެރޭގައި ލަންކާ ހޮސްޕިޓަލްސް، ހޮލިޑޭ ކެރަލާ، ބޮންޑް ސަފާރީ އިންޑިޔާ، ތާއީ ޓޫރިޒަމް ބޯޑް، އަދި ލަންކާ ގެ ދި ކިންގްސްބަރީ ހޮޓެލް ހިމެނެ އެވެ.

އެކްސްޕޯ އަށް ޒިޔާރަތް ކުރާ މީހުންނަށް އަމާޒުކޮށްގެން ތަފާތު ގިނަ އިނާމްތަކެއް ހުޅުވާލާފައިވާއިރު މި އެކްސްޕޯގެ ތެރެއިން ކުރިއަށްދާ މަހާސިންތާގެ މަގްސަދަކީ ދަތުރުފަތުރުކުރުމާ ބެހޭ މައުލޫމާތު ދިވެހިންނާއި ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރު މީހުނަށް ހިއްސާކުރުން ކަމަށް ހައިރައިޒުން ބުންޏެވެ.

ވެކޭޝަންސް އެކްސްޕޯ އަކީ ދަތުރުކުރުމަށް ހާއްސަކޮށް ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ އެކްސްޕޯ ކަމަށްވާއިރު މިދިޔަ އަހަރު ބޭއްވި އެކްސްޕޯއަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.

މިއީ ހައިރައިސް އިން ބާއްވާ ދެވަނަ ވެކޭޝަންސް އެކްސްޕޯ އެވެ. އެކްސްޕޯ ހުޅުވާނީ މާދަމާ މެންދުރު ފަހު 1400ގައި ނޭޝަނަލް އާރޓް ގެލަރީގައެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް އެކުލަވާލަނީ

23 މާރިޗު 2017
އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް  އެކުލަވާލަނީ
10 މާރިޗު 2017

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
27 ފެބުރުއަރީ 2017

ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

27 ފެބުރުއަރީ 2017
ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު