Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން

މެންބަރުން ދެކެ ކޯފާވެ، ވައިބާ ގްރޫޕުން ނެރެދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވައިފި

މެންބަރުން ޝަކުވާ ކުރަން ފެށީ ކޮމެޓީތަކެއް އުފެއްދުމުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 5 ޖުލައި 2017 | ބުދަ 14:10
ރައީސް ޔާމީން ޕީޕީއެމްގެ ބައެއް ވެރިންނާއެކު

ރައީސް ޔާމީން ޕީޕީއެމްގެ ބައެއް ވެރިންނާއެކު

ޕީޕީއެމް ޕާލިމެންޓްރީ ވައިބާ ގްރޫޕުގެ ތެރޭގައި ޚިޔާލުތަފާތުވުން ބޮޑުވެގެން ގޮސް، އެންމެ ފަހުން އެ ގްރޫޕުން ނެރެދެއްވުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގަންނަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ޕީޕީއެމްގެ 11 މެންބަރަކު ސޮއިކުރެއްވުމުން އެ ގްރޫޕް ހޫނުވެފައިވަނިކޮށް، ބުދަ ދުވަހު ވަނީ އެ ގްރޫޕް އިތުރަށް ހޫނުވެފަ އެވެ.

ބުދަ ދުވަހު ގްރޫޕުގެ ތެރޭގައި މެންބަރުން ޝަކުވާކުރަން ފެށީ، ސަރުކާރުގެ ތެރެއިން މެންބަރުން ކުރައްވަން ބޭނުންފުޅުވާ ކަންކަމަށް އެހީވުމަށް ކަމަށް ބުނެ ކޮމެޓީތަކެއް އުފައްދައި، އެކަން އިއުލާނު ކުރުމުންނެވެ.

ގްރޫޕުގައި ކަންބޮޑުވުން ފާޅުކުރެއްވި ގިނަ މެންބަރުން ވިދާޅުވީ މީގެ ކުރިން ވެސް އެފަދަ ކޮމެޓީތައް އެކުލަވާލާފައިވާ ކަމަށާއި ނަމަވެސް ކޮށްދެވުނު ކަމެއް ނެތް ކަމަށެވެ. މެންބަރުން ސިފަކުރެއްވި ގޮތުގައި އެފަދަ ކޮމެޓީތައް އުފެއްދުމަކީ ބޭކާރު ކަމެކެވެ.

މެންބަރުން އެފަދައިން ޝަކުވާ ކުރައްވަން ފެއްޓެވުމުން ރައީސް ޔާމީން ވަނީ "ހާދަ ޝަކުވާ ބޮޑޭ" ވިދާޅުވެ އެހެން ނުހެއްދެވުމަށް އެދިވަޑައިގެންފަ އެވެ. ރައީސް ޔާމީން އެފަދައިން ވިދާޅުވި ނަމަވެސް، މެންބަރުން ގެންދެވީ ޝަކުވާ ކުރައްވަމުންނެވެ.

އެންމެފަހުން ކޯފާ އިސްކުރައްވައި ރައީސް ޔާމީން ވިދާޅުވީ "ރަނގަޅު ވާހަކަތަކެއް، އެއްވެސް އެމްޕީއަކަށް ފުއްދައިދެވުނު ކަމެއް ނެތް" ކަމަށާއި "ސަރުކާރުން ދާއިރާތަކުގެ ތަރައްގީއަކަށް ކުރިކަމެއް ވެސް ނެތް" ކަމަށެވެ.

އެއަށްފަހު އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑު މިނިކުތީ މި ޕޭޖުން" ކަމަށެވެ. އަދި އެއަށްފަހު ގްރޫޕުން އެމަނިކުފާނު ނެރެދެއްވުމަށް، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ފަލާހަށް އެންގެވި އެވެ.

ގްރޫޕުގެ ތެރޭގައި މެންބަރުން ޝަކުވާ ކުރައްވަމުން ވަޑައިގެންނެވި އިރު ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ގެންދެވީ، ކޮމެޓީތައް އުފެއްދުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ބެލުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.

ގްރޫޕުގައި ޝަކުވާ ކުރެއްވި މެންބަރުންގެ ތެރޭގައި އުނގޫފާރު ދާއިރާގެ މެން ބަރު ޖައުފަރު ދާއޫދާއި ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސެއިން މަނިކު ދޮންމަނިކާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. ޖައުފަރު ވިދާޅުވީ އެފަދައިން އުފެއްދި ކޮމެޓީތަކުން އޭނާއަށާއި ދާއިރާއަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށާއި ކޮމެޓީތައް އުފެއްދުމަކީ މެންބަރެއްގެ ހައިސިއްޔަތުން އޭނާ ކުރައްވަންޖެހޭ މަސައްކަތަށް ހުރަސް އެޅުން ކަމަށެވެ.

ހުސެއިން މަނިކު ދޮންމަނިކު ވެސް ވަނީ މީގެ ކުރިން އުފެއްދި އެފަދަ ކޮމެޓީއެއްގެ މެންބަރެއްގެ ގާތުގައި ދާއިރާގެ ކަމެއްގެ ވާހަކަ ވިދާޅުވުމުން ލިބުނު ޖަވާބަކީ "އަޅުގަނޑު ކީއްތޯ ކުރާނީ" ކަމަށް ވިދާޅުވެ، ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

ޝާހިދު ވިދާޅުވީ އިތުރު ކޮމެޓީތަކެއް އުފައްދައިގެން މިކަން ނުވާނެ ކަމަށާއި މިހާރު ވެސް ކޮމެޓީތައް ގިނަކަމުން ކަންކަން ނުވާ ކަމަށެވެ.

ސަރުކާރުގެ ތެރެއިން މެންބަރުން ބޭނުންފުޅުވާ ކަންކަން ކުރެއްވުމަށް އުފައްދާފައިވަނީ ދެ ކޮމެޓީއެކެވެ. އެއީ މަޖިލިސް މެންބަރުން ހިމެނިވަޑައިގަންނަވާ ކޮމެޓީއަކާއި މިނިސްޓަރުން ހިމެނިވަޑައިގަންނަވާ ކޮމެޓީއެކެވެ.

މަޖިލިސް މެންބަރުންގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ފަލާހާއި މަޑަވެލީ ދާއިރާގެ މެންބަރު މުއާޒު ރަޝީދުއާއި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފްގެ އިތުރުން ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލް އެވެ.

މިނިސްޓަރުންގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
04 މާރިޗު 2017

ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި

04 މާރިޗު 2017
ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު