Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންބަރު އަބްދުއްރަހީމް

ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި

އަދުރޭ ވިދާޅުވީ ތިން ދުވަހުގެ ތެރޭގައި އެމްޑީޕީއަށް 100 ފޯމް ވެސް ހަމަ ނުކުރެވޭނެ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 4 މާރިޗު 2017 | ހޮނިހިރު 09:33
އަދުރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

އަދުރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ލ. ފޮނަދޫ އިން އެމްޑީޕީގެ މެމްބަރޝިޕްގެ 100 ފޯމް ފުރައިފި ނަމަ އެއް އަހަރު ދުވަހުގެ މުސާރަ އެމްޑީޕީއަށް ހަދިޔާ ކުރާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވާތީ، އެރަށުން އޭނާއަށް ރައްދު ދީފި އެވެ.

ފޮނަދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު "ރާއްޖެއެމްވީ"އަށް ބުނީ އެމްޑީޕީއަށް މެމްބަރުން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމަށް ރާވާފައި ވަނިކޮށް، ތިން ދުވަހުގެ ތެރޭގައި 100 ފޯމް ވެސް އެމްޑީޕީއަށް ހަމަ ނުކުވޭނެ ކަމަށް މެމްބަރު އަބްދުއްރަހީމް ވިދާޅުވުމުން އެކަން ވާނެ ކަމަށް އަބްދުއްރަހީމަށް ދައްކާލުމުގެ ގޮތުން ތިން ދުވަހުގެ ތެރޭގައި 100 އަށް ވުރެ ގިނަ އެމްޑީޕީގެ މެމްބަރުޝިޕް ފޯމް ފުރާފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް ވަނީ އެމްޑީޕީއަށް ގޮންޖައްސަވާފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ފޮނަދޫއިން ތިން ދުވަހުގެ ތެރޭގައި 100 ފޯމް އެމްޑީޕީއަށް ހަމަކޮށްފި ނަމަ އޭނާގެ އެއް އަހަރު ދުވަހުގެ މުސާރަ އެމްޑީޕީއަށް ހަދިޔާ ކުރައްވާނެ ކަމަށެވެ.

"މިދިއަ ހަފްތާގައި ރަށަށް ގޮސްފަ އެއްދުވަހު ހެނދުނު 9 ޖެހިއިރު، އަޅުގަނޑުގެ ގޭގައި މޭޒެއް ބަހައްޓާފަ، އަޅުގަނޑު ދަންނަވާލީ އަޅުގަނޑު ބޭނުމޭ މިއަދު ފޯމް ފުރާލަން. އަޅުގަނޑު އެއްވެސް ގެއަކަށް ފޯމް ފުރާކަށް ނުދަން. އެއްވެސް ރައްޔިތަކަށް މަޖުބޫރެއް ނުކުރަން. 9 ޖެހިއިރު ފެށީ ހަވީރު 4 ޖެހިއިރު 300 ފޯމް އަޅުގަނޑު ފުރިން ޕީޕީއެމަށް. ވަޑައިގަންނަވާ އަޅުގަނޑުމެންނާއެކީގައި. އެމްޑީޕީގެ ބޭފުޅުން ތިން ދުވަހު މަސައްކަތްކޮށްގެން 100 ފޯމް ފޮނަދޫއިން އެމްޑީޕީއަށް ފުރައިފިއްޔާ އަޅުގަނޑުގެ އެއް އަހަރު ދުވަހުގެ މުސާރަ އެމްޑީޕީއަށް ހަދިޔާ ކުރާނަން. ލާހިކެއް ނޫން 100 ފޯމް ހަމަކުރާކަށް،" އަދުރޭ ވިދާޅުވެފައި ވެއެވެ.

އޭނާ ބުނީ ތިން ދުވަހުގެ ތެރޭގައި އެމްޑީޕީއަށް 100 ފޯމް ހޯދައިފި ނަމަ އެއް އަހަރު ދުވަހުގެ މުސާރަ އެމްޑީޕީއަށް ހަދިޔާ ކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިޔަސް، އަބްދުރަހީމް އަތުން ލޯލާރިއެއް ވެސް ބޭނުން ނުވާ ކަމަށާއި ދައްކާލަން ބޭނުންވަނީ ސަރުކާރުން ކިތައްމެ ބިރެއް ދެއްކި ނަމަވެސް އެމްޑީޕީއަށް މެމްބަރުން ވަންނަމުންދާކަން ކަމަށެވެ. އަދި ފޮނަދޫގައި ހިންގި ހަރަކާތަކީ އެމްޑީޕީއަށް މީހުން ވަންނަމުންދާކަން އަބްދުއްރަހީމަށް ދައްކާލުމުގެ ގޮތުން ހިންގި ކުއްލި ހަރަކާތެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އެމްޑީޕީއަށް ސަޕޯޓް ކުރާ ރައްޔިތުންނަށް ބޮޑަށް ހިތްވަރު އައީވެސް އަބްދުއްރަހީމް އެމްޑީޕީއަށް ގޮންޖައްސަވާފައި ދެއްކެވި ވާހަކަތައް މުޅި މީޑިއާ އާއި ރަށުތެރޭގަ އިވެން ފެށުމުން ކަމަށެވެ. އޭނާ ބުނީ އެމްޑީޕީއަށް މެމްބަރު އިތުރު ކުރުމަށް ހިންގަން ރާވާފައިވާ ހަރަކާތް ކުރިއަށް އޮތް ދުވަސްތަކުގައި ވަރުގަދަވާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު