Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޖަޕާނުގެ ސްކޫލްތައް ބަންދުކުރުން

ދޮށީ އުމުރަށް ބަރުޖެހި، ޖަޕާނުގެ ސްކޫލުތައް "މަރުވަނީ"

2002އާ 2020 ވަނަ އަހަރާ ދެމެދު 9000އްހާ ސްކޫލް ދާއިމަށް ބަންދުކޮށްފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 އެޕްރީލު 2023 | ހޮނިހިރު 06:17
އެކަހެރި ހިސާބުތަކުން އައު އަދި ޅަ ޖީލު، ސްކޫލްތަކަށް ދަފުތަރުކުރުމަކީ ޖަޕާނުގައި ތަކުލީފެއް

އެކަހެރި ހިސާބުތަކުން އައު އަދި ޅަ ޖީލު، ސްކޫލްތަކަށް ދަފުތަރުކުރުމަކީ ޖަޕާނުގައި ތަކުލީފެއް

ހެނދުނުގެ ފިނިފިނި ވަގުތެކެވެ. މަޑުކޮށްލި ސްކޫލް ބަހުން ފޭބީ ފުރާވަރު އުމުރުގެ 2 ކުއްޖެކެވެ. އުމުރުން 15 އަހަރުގެ އައޯއީ ހޯޝީއާއި އެއިޓާ ސާޓޯއަކީ، ޖަޕާނުގެ ފުކުޝީމާ ޕްރީފެކްޗަރގައި އޮންނަ، ފަރުބަދަމަތީ އެކަހެރި އަވަށެއްކަމަށްވާ ޓެން-އޭއިގައި ހިންގާ ޔުމޯޓޯ ޖޫނިއަރ ހައި ސްކޫލްގައި މިވަގުތު ކިޔަވަމުންދާ ހަމަ އެކަނި ދަރިވަރުންނެވެ. އަދި އެ ސްކޫލުގެ އެންމެ ފަހު، 2 ދަރިވަރުންނެވެ.

ޖަޕާނުގައި މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ކިޔެވުން، މާޗް 31 ވަނަ ދުވަހު ނިމި، ހޯޝީއާއި ސާޓޯ ދަސްވެނިވުމާއެކު، އާ ދަރިވަރަކު ދަފުތަރުކޮށްފައި ނުވާ ޔުމޯޓޯ ޖޫނިއަރ ހައި ސްކޫލްގެ ދޮރޯށި ބަންދުކުރަނީ ތާއަބަދަށެވެ. ނަރސަރީ ސްކޫލް ޓީޗަރަކަށް ވުމުގެ ހުވަފެންތައް ދެކެމުންދާ ހޯޝީއަށް މި ޚަބަރުވީ ހިތްދަތި ޚަބަރަކަށެވެ.

ޖަޕާން ސަރުކާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮންމެ އަހަރަކުވެސް އެ ގައުމުގައި 450އްހާ ސްކޫލް ތާއަބަދަށް ބަންދުކުރެއެވެ. 2002އާ 2020 ވަނަ އަހަރާ ދެމެދު 9000އްހާ ސްކޫލް ދާއިމަށް ބަންދުކޮށްފައި ވާއިރު، އެކަހެރި ހިސާބުތަކުން އައު އަދި ޅަ ޖީލު، ސްކޫލްތަކަށް ދަފުތަރު ކުރުމަކީ ޖަޕާނުގައި ތަކުލީފެކެވެ.

ޖަޕާނުގައި އުފަންވާ ރޭޓު ދަށްވަމުން ދަނީ އަންދާޒާކޮށްފައި ވާ މިންވަރަށްވުރެ ހަލުއި ދުވެއްޔެއްގައެވެ. ނަތީޖާއެއްގެ ގޮތުން، ދާއިމަށް ސްކޫލްތައް ބަންދުކުރަންޖެހޭ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ. 5000އްހާ މީހުންގެ އާބާދީއެއް އޮންނަ ޓެން-އޭއި އަވަށަށްވެސް މި ގޮންޖެހުން ވަނީ ކުރިމަތިވެފައެވެ. އެ ސަރަހައްދު ދޫކޮށް އެހެން ސަރަހައްދުތަކަށް މީހުން ބަދަލުވުމާއި، އުފަންވާ ރޭޓު ދަށްވުމާއި، ދޮށީ އުމުރުގެ އާބާދީ އިތުރުވުމާ ވަނީ ކުރިމަތިލާންޖެހިފައެވެ.

އުފަންވާ ރޭޓު ދަށްވުމުގެ މައްސަލައަކީ، އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ޖަޕާނުގެ އަވައްޓެރި ދެކުނު ކޮރެއާއާއި ޗައިނާގައިވެސް މިކަން އޮތީ މިހެންނެވެ. ސަބަބަކީ ކުދިން ބަލައި ބޮޑުކުރުމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވުމެވެ. ކަން މިހެން އޮތްއިރު، ޖަޕާނުގެ ހާލަތު އަދި ވަކިން ބޮޑަށް ގޯހެވެ. ގައުމު އޮތީ އިންތިހާ ނާޒުކު ފައްތަރެއްގައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު، ޖަޕާނުގައި އުފަންވި ކުދިންގެ އަދަދު އުޅެނީ 800،000 (8 ލައްކަ)އަށްވުރެ ދަށުގައެވެ. މިއީ ރެކޯޑް އަދަދަކަށް ދަށް މިންވަރެކެވެ. މި ދަރަޖައަށް ގައުމުގެ ހާލަތު ގޮސްފައި މި ވަނީ، ޖަޕާނު ސަރުކާރުން އަންދާޒާ ކުރި ދުވެއްޔަށްވުރެ 8 އަހަރު އަވަހަށެވެ.

ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވަނީ ޖަޕާނުގައި ކުދިން އުފަންވާ ރޭޓު އިތުރުކުރުމަށްޓަކައި، ތާރީޚު ނުދެކޭވަރުގެ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން، ކުދިންނާ ގުޅޭ ސިޔާސަތުތަކަށް ބަޖެޓުކުރާ ފައިސާގެ މިންވަރު 2 ގުނަ ކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ. އަދި ތައުލީމީ ވެށީގެ މުހިންމުކަންވެސް ބޮޑުވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް، މިކަންކަމުން ލިބުނު އެހީއެއް ނެތޭވެސް ދެންނެވިދާނެއެވެ. ސާޓޯގެ މަންމަ، މަސޫމީގެ ކަންބޮޑުވުންތަކުން އެކަން ދޭހަވެއެވެ.

ޓެން-އޭއިގެ އާބާދީއަށް ބަލާއިރު 18 އަހަރުން ދަށުގެ އުމުރުފުރާ ހިއްސާކުރަނީ އެންމެ 10 ޕަސެންޓްއެވެ. އަވަށުގެ އާބާދީ އެންމެ ބައިބޯވެގެން ދިޔަ 1950ގެ އަހަރުތަކަށް ބަލާއިރު، އެ ސަރަހައްދުގައި 10000އެއްހާ މީހުން އުޅުނެވެ. އާމްދަނީ ހޯދުމަށް، މަސައްކަތްކޮށް އުޅުނީ ދަނޑުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާއަތުގައެވެ. ނަމަވެސް ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް އަވަށުގައި ހުރި ދަތިތަކާއި އަވަށް އޮންނަލެއް އެކަހެރިކަމުން، ގިނަ ބަޔަކު ޓެން-އޭއި ދޫކޮށް ދާން މފެށީއެވެ.

ޓެން-އޭއި އަވަށުން މީހުން ފޭބުމުގެ އޮއިވަރު އެންމެ ގަދަވެގެން ދިޔައީ، މާޗް 11، 2011 ވަނަ ދުވަހު، ފުކުޝީމާ ޑައިޗީ ނިއުކްލިއަރ ޕްލާންޓްގައި ހިނގި ހާދިސާއާ ގުޅިގެންނެވެ. އެ ޕްލާންޓް ހުންނަނީ އަވަށާ އެންމެ 100 ކިލޯމީޓަރު ދުރުގައެވެ. ނިއުކްލިއަރ ޕްލާންޓުން ބޭރުވި ރޭޑިއޯއެކްޓިވް ތަޣައްޔަރު މާއްދާތަކުގެ އަސަރު ޓެން-އޭއިއަށް ފޯރި ނަމަވެސް، މިހާރު އެ ސަރަހައްދު ވަނީ ސާފުކޮށްފައެވެ.

ޔުމޯޓޯ ޖޫނިއަރ ހައި ސްކޫލުން ދަސްވެނިވާ ކޮންމެ ބެޗެއްގެ ފޮޓޯ، އެ ސްކޫލަށް ވަންނަ ސަރަހައްދުގައި ފެންނަންހުރެއެވެ. ކަޅާއި ހުދުގެ ފޮޓޯތަކުން ފެށިގެން ކުލަ ފޮޓޯތަކެވެ. 2000 ވަނަ އަހަރާ ހިސާބުން ފާހަގަވާ އެއްކަމަކީ، ފޮޓޯތަކުގައި ތިބޭ ދަސްވެނިންގެ އަދަދު ދަށަށް ދާކަމެވެ. 2022ގައި ފޮޓޯއެއް ނުވެސްނެތީއެވެ. އެއީ ދަސްވެނިވި ދަރިވަރަކު ނެތީމައެވެ. މި އަހަރުގެ ދަސްވެނިންނަކީ ހޯޝީއާއި ސާޓޯ އެކަނިކަން، ޕްރިންސިޕަލް މިކިއޯ ވަތަނަބޭ ވަނީ ފާހަގަކުރައްވާފައެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުތަކަކީ އިންތިހާ އުފާ ގެނުވާ ރަސްމިއްޔާތަކަށް ވީނަމަވެސް، ޔުމޯޓޯ ޖޫނިއަރ ހައި ސްކޫލްގެ މި ފަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ވަރަށް ތަފާތެވެ. ޔުމޯޓޯ ޖޫނިއަރ ހައި ސްކޫލްގައި ބަންދު ބޯޑު އެޅުވީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޕާނުގެ ސަޕޯޓަރުންނަށްވެސް ދުނިޔޭގެ ސަމާލުކަން

ޖަޕާނުގެ ސަޕޯޓަރުންނަށްވެސް ދުނިޔޭގެ ސަމާލުކަން

24 ނޮވެމްބަރު 2022
ޝީއަށް ތިންވަނަ ދައުރެއް، މަގުސަދަކީ އުމުރަށް ވެރިކަމުގައި ހުންނެވުންބާ؟

ޝީއަށް ތިންވަނަ ދައުރެއް، މަގުސަދަކީ އުމުރަށް ވެރިކަމުގައި ހުންނެވުންބާ؟

12 އޮކްޓޯބަރު 2022
އެހެން ދަރިވަރުންނާ އަޅާކިޔުން، ނޭނގި އުމުރަށް ދެވޭ އަނިޔާއެއް!

އެހެން ދަރިވަރުންނާ އަޅާކިޔުން، ނޭނގި އުމުރަށް ދެވޭ އަނިޔާއެއް!

18 އޯގަސްޓު 2022
ޖަޕާނުގެ އެކި ސަރަހައްދުތައް ޗެރީ ބްލޮސޮމްއިން ފުރިފައި

ޖަޕާނުގެ އެކި ސަރަހައްދުތައް ޗެރީ ބްލޮސޮމްއިން ފުރިފައި

31 މާރިޗު 2022
ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

19 ޖެނުއަރީ 2022

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު