Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގައި ބެހި ކާއެއްޗެހި ހޯދަން އެއްވި މީހުން ފިތި، 11 މީހުން މަރުވެއްޖެ

1 އެޕްރީލު 2023 | ހޮނިހިރު 02:24

މިފަދަ އިތުރު ހާދިސާތަކެއްގައި އިތުރު ފަސް މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 އެޕްރީލު 2023 | ހޮނިހިރު 02:24
ޕާކިސްތާނުގައި ބަހާ ކާބޯތަކެތި ގެންދަނީ

ޕާކިސްތާނުގައި ބަހާ ކާބޯތަކެތި ގެންދަނީ

ޕާކިސްތާނުގެ ކަރާޗީގައި ހުކުރު ދުވަހު ބެހި ކާބޯތަކެތި ހޯދަން އުޅުމުގެ ތެރޭގައި ފިތިގެން 11 މީހުން މަރުވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުއެވެ. އެ ހާދިސާގައި 11 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ފަސް އަންހެނުންނާއި ތިން ކުޑަކުދިން ހިމެނޭކަމަށް އެ ގައުމުގެ ފުލުހުން ވަނީ މީޑިއާތަކަށް މައުލޫމާތުދީފައެވެ.

ޕާކިސްތާނު ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާ ހިނގީ ކަރާޗީގައި ހުންނަ ފެކްޓްރީ ސައިޓެއްގައެވެ. އެގޮތުން ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ ބަޔަކު އެތަކެތި ބަހަންފެށުމުން އެތައް ބަޔަކު އެއްފަހަރާ އެއްވެ އެތަކެތި ނަގަން އުޅުމުން މީހުން ފިތުނީ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާގައި ފަސް މީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ކާބޯތަކެތި ފޯރުކޮށްދިން ޖަމްއިއްޔާގެ އިސް ބޭފުޅަކު ރޮއިޓަރސްއަށް ބުނެފައިވަނީ، ކާބޯތަކެއްޗާއެކު ފައިސާވެސް ބަހާކަމަށެވެ. އެއީ ފަގީރުން އުޅޭ ސަރަހައްދަކަށްވާތީ ކުރާ ކަމެއް ކަމަށާއި، އެގޮތަށް ކަންކަން ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެދާނެކަމަށެވެ. ނަމަވެސް ހުކުރު ދުވަހު އެތައް ހާސް ބަޔަކު އެއްފަހަރާ އެއްވިކަމަށާއި، މީހުން ހަމަޔަކަށްއަޅުވަން މަސައްކަތްކުރިނަމަވެސް އެއްބަޔަކު ވެއްޓި، އެހެން މީހުންގެ ފައި ދަށުވެގެން މަރުވި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރޮއިޓަރސްއިން ބުނެފައިވާގޮތުގައި މިފަދަ އިތުރު ހާދިސާތަކެއްވެސް ފާއިތުވި ހަފުތާތެރޭގައި ޕާކިސްތާނުގައި ވަނީ ހިނގާފައެވެ. އެގޮތުން، އެކި ސައިޓުތަކުގައި ފަސް މީހަކު މިހާތަނަށް އެފަދަ ގޮތަކަށް މަރުވެފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ޕާކިސްތާނުގެ އިގްތިސާދު ދަށްވުމުގެ ސަބަބުން އެ ގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ތަކެތީގެ އަގު އިންތިހާއަށް އަރާފައިވާއިރު، ފުށްފަދަ ޒަރޫރީ ތަކެތީގެ އަގު ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 45 އިންސައްތަ އިތުރުވެފައެވެ. އެހެންކަމުން ރޯދައާ ދިމާކޮށް ޕާކިސްތާނު ސަރުކާރުން އަންނަނީ ހިލޭ ފުށް ބަހަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2018

ދަތިކުރުމުގެ ފިޔަވަޅުތަކަށް ހައްލެއް ހޯދަން ޤަތަރުން ބައިނަލްއަޤްވާމީ ކޯޓަށް

11 ޖެނުއަރީ 2018
ދަތިކުރުމުގެ ފިޔަވަޅުތަކަށް ހައްލެއް ހޯދަން ޤަތަރުން ބައިނަލްއަޤްވާމީ ކޯޓަށް
17 ޑިސެމްބަރު 2017

ޕާކިސްތާނުގައި ދިން ޙަމަލާއެއްގައި 7 މީހަކު މަރުވެއްޖެ

17 ޑިސެމްބަރު 2017
ޕާކިސްތާނުގައި ދިން ޙަމަލާއެއްގައި 7 މީހަކު މަރުވެއްޖެ
25 އޮކްޓޯބަރު 2017

ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގްރޫޕްތަކާ ދެކޮޅަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަން ޖެހޭ: ޓިލާސަން

25 އޮކްޓޯބަރު 2017
ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގްރޫޕްތަކާ ދެކޮޅަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަން ޖެހޭ: ޓިލާސަން
18 ސެޕްޓެމްބަރު 2017

އެހީ ހޯދަން އުޅުނު ރޮހިންޖާ މުސްލިމުންގެ ބަޔަކު ތޮއްޖެހި ފިތިބާރުވުމުގެ ސަބަބުން ދެ ކުޑަކުދިންނާއި އަންހެނަކު މަރުވެއްޖެ

18 ސެޕްޓެމްބަރު 2017
އެހީ ހޯދަން އުޅުނު ރޮހިންޖާ މުސްލިމުންގެ ބަޔަކު ތޮއްޖެހި ފިތިބާރުވުމުގެ ސަބަބުން ދެ ކުޑަކުދިންނާއި އަންހެނަކު މަރުވެއްޖެ
13 އޯގަސްޓު 2017

ޖާނު ގޮއްވާލައިގެން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި 15 މީހުން މަރުވެއްޖެ

13 އޯގަސްޓު 2017
ޖާނު ގޮއްވާލައިގެން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި 15 މީހުން މަރުވެއްޖެ
04 ޖުލައި 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި

04 ޖުލައި 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ
16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް