Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤަތަރުގެ މައްސަލަ

ދަތިކުރުމުގެ ފިޔަވަޅުތަކަށް ހައްލެއް ހޯދަން ޤަތަރުން ބައިނަލްއަޤްވާމީ ކޯޓަށް

ދަތިކުރުމުގެ ފިޔަވަޅުތައް އދއިން ވަނީ ކުށްވެރިކޮށްފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 11 ޖެނުއަރީ 2018 | ބުރާސްފަތި 08:32
ޤަތަރުގެ ވެރިރަށް ދޯހާ

ޤަތަރުގެ ވެރިރަށް ދޯހާ

ސަޢޫދީ ޢަރަބިއްޔާއިން އިސްވެ އޮވެ ގަލްފްގެ ޤައުމުތަކުން ޤަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ހައްލު ހޯދުމަށް ބައިނަލްއަޤްވާމީ ކޯޓުތަކަށާއި އދގެ އިދާރާތަކަށް ދިޔުމަށް ޤަތަރުން ނިންމައިފިއެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޤަތަރުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ލުލްވާ އަލްޚަޠަރު ވިދާޅުވީ ޤަތަރަށް މިމައްސަލައިގައި ގިނަ އޮޕްޝަންތަކެއް އެބަހުރި ކަމަށާއި، އދ އަށާއި ބައިނަލްއަޤްވާމީ ކޯޓުތަކަށް މިމައްސަލަ ގެންދިޔުމުގެ މަސައްކަތް ޤަތަރުން ފަށާފައިވާ ކަމަށެވެ.

ޤަތަރުން މިކަން ހާމަކޮށްފައި މިވަނީ ޤަތަރާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުގެ ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާ ކަމަށް އދގެ ރިޕޯޓަކުން ފާހަގަކުރުމާއި ވިދިގެންނެވެ.

2017ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުގެ ވަފުދެއް ޤަތަރަށް ޒިޔާރަތްކޮށް، އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކާއި ބައްދަލުކުރިއެވެ. އަދި މި ބައްދަލުކުރުމަށް ފަހު، ސަޢޫދީއިން އިސްވެ އޮވެ ޤަތަރާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޤަތަރުގެ ރައްޔިތުންނަށް އެކަމުގެ ދަތިތަކާއި ދިމާވާކަމަށާއި، އެކަމުގެ ސަބަބުން ހައްޤުތައް ގެއްލޭކަމަށް ބުނެ، ރިޕޯޓެއް ނެރެފައިވެއެވެ.

ޤަތަރުގެ ޚާރިޖިއްޔާއިން ބުނީ އދގެ ރިޕޯޓަކީ ވަކި ފަރާތަކަށް ނުޖެހޭ، ބައިނަލްއަޤްވާމީ ވިސްނުމަކުން ނެރެފައިވާ ރިޕޯޓެއް ކަމަށެވެ.

ޤަތަރާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ސަޢޫދީ އިސްވެ އޮވެ، ބަޙްރައިނާއި، ޔޫއޭއީ އާއި މިސްރުންނެވެ.

އެޤައުމުތަކުން ސަޢޫދީއާއި އޮންނަ ގުޅުން ކަނޑާލައި، ޤަތަރުން ޓެރަރިޒަމަށް ވާގިވެެރިވާ ކަމަށް ތުހުމަތުކުރިއެވެ. ޤަތަރުން ދަނީ މިތުހުމަތުތައް ދޮގުކުރަމުންނެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2017

ސުދާން އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމަށް އުވާލާނީތޯ އެމެރިކާ އިން އިތުރަށް ވިސްނަނީ

12 ޖުލައި 2017
ސުދާން އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމަށް އުވާލާނީތޯ އެމެރިކާ އިން އިތުރަށް ވިސްނަނީ
29 ޖޫން 2017

ގަތަރާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވިސްނަމުންދާ ކަމަށް ޔޫއޭއީ އިން ބުނެފި

29 ޖޫން 2017
ގަތަރާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވިސްނަމުންދާ ކަމަށް ޔޫއޭއީ އިން ބުނެފި
20 ޖޫން 2017

ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ގަތަރަށް"ދިގުދެމިގެންވާ ފާރުގަނޑެއް" ކުރިމަތިވާނެ ކަމެއް: ގަތަރު އެއާވޭސް

20 ޖޫން 2017
ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ގަތަރަށް"ދިގުދެމިގެންވާ ފާރުގަނޑެއް" ކުރިމަތިވާނެ ކަމެއް: ގަތަރު އެއާވޭސް
15 ޖޫން 2017

ރަޝިއާއަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ ސެނޭޓުން ފާސްކޮށްފި

15 ޖޫން 2017
ރަޝިއާއަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ ސެނޭޓުން ފާސްކޮށްފި
10 ޖޫން 2017

ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި

10 ޖޫން 2017
ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު