Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތެޔޮ ޓޭންކަރެއް ގޮވުން

ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި

މި ހާދިސާ ހިނގީ ޖޫން މަހުގެ 25 ވަނަ ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 4 ޖުލައި 2017 | އަންގާރަ 05:22
މަރުވި މީހުންގެ އަދަދު އިތުރުވީ ޒަޚަމްވި އެތައް ބަޔަކު މަރުވުމުން

މަރުވި މީހުންގެ އަދަދު އިތުރުވީ ޒަޚަމްވި އެތައް ބަޔަކު މަރުވުމުން

ޕާކިސްތާނުގެ އިރުމަތީ ސަރަހައްދުގައި މިދިއަ މަހުގެ ފަހުކޮޅު ތެޔޮޓޭންކަރެއް ގޮވުމުގެ ހާދިސާގައި ޒަޚަމްވި މީހުންގެ ތެރެއިން އިތުރު މީހުން މަރުވުމާއެކު އެ ހާދިސާއާއި ގުޅިގެ މަރުވި މީހުންގެ އަދަދު 250 އަށް އިތުރު ވެއްޖެ ކަމަށް އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

މި ހާދިސާ ހިނގީ ޖޫން މަހުގެ 25 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ކަރާޗީން ލާހޯރަށް ދަތުރު ކުރަމުން ދިޔަ ތެޔޮ ޓޭންކަރު، ޕަންޖާބު ޕްރޮވިންސްގެ ބަހަވަލްޕޫރު ކައިރިން ހައިވޭ އިން ފުރޮޅާލުމުގެ ސަބަބުންނެވެ.

އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ޓޭންކަރު ގޮވާފައިވަނީ ޓޭންކުން ލީކުވަމުން ދިޔަ ތެޔޮ ނެގުމަށް އެތައް ބަޔަކު ޖަމާވެފައިވަނިކޮށެވެ.

ފުރޮޅާލި ޓޭންކަރުން ފަންސާސް ހާސް ލީޓަރުގެ ތެޔޮ ބޭރުވި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

"ޒަޚަމްވި އެތައް ބަޔަކު މަރުވުމުން ޓޭންކަރުގައި އަލިފާން ރޯވި ހަދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 205 އަށް އަރާފަ"ބަހަވަލް ޕޫރުގެ އިދާރޫ މުވައްޒަފަކު އޭއެފްޕީގައި ބުނެފައިވެއެވެ.

ބަހަވަލް ޕޫރުގެ ވިކްޓޯރިއާ ހޮސްޕިޓަލުގެ ޑޮކްޓަރެެއް ކަމަށްވާ އާސިމް ބުޚާރީ ހޯމަ ދުވަހު ވިދާޅުވި ގޮތުގައި މަރުވި މީހުންގެ އަދަދު ވަނީ 206 އަށް އަރާފައެވެ. އެއީ ހޯމަ ދުވަހު އިތުރު މީހަކު މަރުވި ކަމަށް ބުނުމުންނެވެ. ނަމަވެސް ސަރުކާރުގެ އިދާރާތަކުން އަދި އެ އަދަދު ކަށަވަރެއް ނުކޮށްދެއެވެ.

ތެޔޮޓޭންކް ގޮވުމުގެ ހާދިސާއާއި ގުޅިގެން މަރުވި މީހުންގެ އަދަދު ކަމަށް އޮފިޝަލުން މިހާތަނަށް ބުނެފައިވަީނީ 153 އެވެ.

އާއްމުން ބުނެފައިވަނީ ހާދިސާގައި ފިހުނު އެތައް ބަޔަކު މަރުވެފައިވަނީ ކައިރި ސަރަހައްދެއްގެ ހޮސްޕިޓަލަކުން އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބިގެންނެވެ.

އަދި އެތައް ބަޔަކު އިތުރު ފަރުވާ ދިނުމަށް މުލްޓާންއާއި ލާހޯރުގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާކަމަށް ބުނެއެވެ.

ކާކުކަން ދެނެ ނުގަނެވޭވަރަށް އަނދާފައިވާ 125 މީހަކުވެސް މިހާރު ވަނީ ބޮޑު އެއް ޖަނާޒާގެ ތެރެއިން ވަޅުލާފައެވެ.

އެއްގަމު ދަތުރުފަތުރާ ބެހޭ ފުލުހުންގެ ތަރުޖަމާނު އިމްރާން ޝާހު ވިދާޅުވީ ސަރުކާރުން ހިންގި ތަހުގީގުން ފާހަގަ ކުރެވުނު ގޮތުގައި ފުލުހުންގެ ފަސް މީހެއްގެ މައްޗަށްވަނީ މައުލޫމާތު ސިއްރު ކުރި ކަން ސާބިތުވެފައެެވެ.

އަލިފާން ރޯވި ސަބަބު ކަނޑައެޅިގެން ސާފު ނުވި ނަމަވެސް އަލިފާން ރޯވީ މީހަކު އެއްލާލި ސިނގިރޭޓް ބުރިއަކުން ކަމަށް ޕާކިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތައް އަދިވެސް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

26 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ

ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ

ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ

25 ޖޫން 2017
ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި

ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި

17 ޖޫން 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު