Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަންތާޖު ޤުރުއާން މުބާރާރް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

31 މާރިޗު 2023 | ހުކުރު 17:58

ދެމައިން އެންމެ ފުރަތަމަ ވެސް އެދުނީ އެކަކު އަނެކެއްގެ ކާމިޔާބަށް

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 31 މާރިޗު 2023 | ހުކުރު 17:58
ރަންތާޖު

ރަންތާޖު

ރަންތާޖު ޤުރުއާން މުބާރާތުގެ ފުރަތަމަ އެލިމިނޭޝަން ބުރު ކުރިއަށް ދިޔައިރު މުބާރާތުގައި ވާދަކުރާ ދެ މައިން ކަމަށްވާ އާސިމާ އާދަމް އާއި ސުމާ ހުސައިން ތިބީ ކައިރި ކައިރީގައެވެ. އެއީ މި މުބާރާތަށް އެކުގައި ފޮނި ހުވަފެންތަކަކާއެކު ބައިވެރިވި ދެ މައިންނެވެ. ދަރިފުޅަށް ގުރުއާން އުނގަންނައިދޭން ފެށި ހިސާބުން ގުރުއާނުގެ ތެރެއަށް ވަދެވި އާސިމާ ވެސް ގުރުއާން އުނގެނުނީ ދަރިފުޅު ސުމާއާއެކުގައެވެ.

ރަންތާޖު ޤުރުއާން މުބާރާތުން ހުކުރު ދުވަހުގެ ރޭ ފަސް ބައިވެރިއަކު ކަޓައިގެން ދިޔައެވެ. ފަހަރަކު ބައިވެރިއަކު ކަޓައިގެން ގޮސް، ސްޓޭޖް މަތީގައި ތިން ބައިވެރިންނަށް ވެއްޖެއެވެ. އޭރު މުބާރާތުން ވަކިވާ ހަތަރު ބައިވެރިއަކު ވަނީ އިއުލާންކޮށްފައެވެ. ބާކީ މުބާރާތުން ކަޓަން އޮތީ އެންމެ ބައިވެެރިއެެކެވެ.

އެންމެ ފަހުން ސްޓޭޖްމަތީގައި ތިބި ތިން ބައިވެރިންގެ ތެރޭގައި ސުމާ އާއި އާސިމާ ހިމެނެއެވެ. އެ ވަގުތުގައި، އެ ދެމައިންގެ ހިތަށް އަރައި ފައިބަމުންދިޔަ އިހުސާސްތަކަކީ ބުނެދެވޭނެ އިހުސާސްތަކެއް ނޫނެވެ.

އެކަމަކު، މުބާރާތް ފެށުމުގެ ކުރިން ވެސް މި ދެ މައިން ބުނި ވާހަކައެއް އެބައޮތެވެ. އޭރު ވެސް ސުމާ ބުނީ ބޭނުންވަނީ މަންމަ ކާމިޔާބުވުން ކަމަށެވެ. އާސިމާ ބުނީ ބޭނުންވަނީ ދަރިފުޅު ކާމިޔާބުވުން ކަމަށެވެ. މިއީ މި ދެމައިންގެ ނަމޫނާ ލޯބީގެ ރަމްޒެވެ.

އެންމެން ނޭވާ ހިފަހައްޓައިލައިގެން ތިބި އެ ވަގުތުގައި މުބާރާތުގެ ޕްރެޒެންޓަރު ސުމާއާ ކޮށްލީ ސުވާލެކެވެ. އެ ދެމައިން ކުރެ ކޮންމެވެސް އެކަކު މުބާރާތުގައި މަޑުކުރަން ފުރުސަތު ލިބޭނަމަ އެ ފުރުސަތު ދޭނީ ކާކަށްތޯއެވެ.

"މަންމަ ހުންނަން ބޭނުމީ،" ސުމާ ބުނެލިއެވެ.

ސުމާގެ ޖަވާބު ކުރެވެ. އެކަމަކު ސުމާ އެ ބުނީ ވަރަށް ބައިވަރު ވާހަކައެވެ. އެ ބުނެދިން ދެ ތިން ބަހަކީ އަސަރުގަދަ ދެތިން ބަހެވެ. އެ ކުރު ޖަވާބުން ވެސް ސުމާގެ ހިތުގައި އޭނާގެ މަންމައަށް އޮތް ލޯބި ހާމަވެއެވެ.

ކަން ދިމާ ކުރި ގޮތުން 16 ވަނަ ބައިވެރިޔާގެ ގޮތުގައި މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ސުމާއަށެވެ.

އެކަމަކު މުބާރާތުން ވަކިވެގެން ދަމުން ވެސް ހިނިތުންވެލައިފައި ސުމާ ދިނީ އޭނާގެ މަންމައަށް މެސެޖެކެވެ. އެއީ ހިތްވަރުގެ މެސެޖެކެވެ. މުބާރާތުން ވަކިވިޔަސް، މަންމައަށް ޓަކައި މަންމަގެ އަތުގައި ހިފާ ގާތުގައި ހުރިކަން އަންގައިދޭ މެސެޖެކެވެ. އޭނާ އެދެނީ މަންމަގެ ކާމިޔާބީއަށް ކަން އަންގައިދޭ މެސެޖެކެވެ.

ދަރިފުޅު ވަކިވެގެން ދިއުމުން އާސިމާ ދެރަވިއެވެ. އެ ކަން އޭނާގެ އަޑުން އެކަނި ވެސް ހާމަވެއެވެ. މުބާރާތް ފެށުމުގެ ކުރިން ދިން އިންޓަވިއުއެއްގައި ވެސް އާސިމާ ބުނީ މުބާރާތް ނިމިގެންދާއިރު ވެސް ބޭނުންވަނީ ދަރިފުޅަށް ކާމިޔާބީ ލިބެންކަމަށެވެ.

ސުމާ މުބާރާތުން ވަކިވުމުން އާސިމާ ބުނީ އެއީ އޭނާ އުންމީދުކުރި ކަމެއް ނޫން ކަމަށެވެ.

މުބާރާތުން ވަކިވިޔަސް، ސުމާގެ އުންމީދުތައް އަދިވެސް ރަންތާޖު ޤުރުއާން މުބާރާތަކުން ކަސިޔާރެއް ނުވެއެވެ. އޭނާގެ އުންމީދުތައް އަދިވެސް މި މުބާރާތަށް ޓަަކައި ބޮޑެވެ. އެއީ އޭނާގެ ލޯބިވާ މަންމައަށް މުބާރާތުގައި ރަންވަނަ ލިބުން އެދި ސުމާ ކުރާ ފޮނި އުންމީދެވެ.

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2018

ދިރާގަށް 30 އަހަރު، ނަމޫނާ ކުންފުންޏެއް!

01 އޮކްޓޯބަރު 2018
ދިރާގަށް 30 އަހަރު، ނަމޫނާ ކުންފުންޏެއް!
03 ޖުލައި 2018

ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ: ސަރަހައްދަށް ވެސް ނަމޫނާ މިސާލެއް

03 ޖުލައި 2018
ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ: ސަރަހައްދަށް ވެސް ނަމޫނާ މިސާލެއް
14 މާރިޗު 2018

ސިއްހަތަށް ފައިދާ ހުރި ކެއުމަށް ލޯބިކުރާ މީހުންނަށް ރަނުގެ ފުރުސަތެއް!

14 މާރިޗު 2018
ސިއްހަތަށް ފައިދާ ހުރި ކެއުމަށް ލޯބިކުރާ މީހުންނަށް ރަނުގެ ފުރުސަތެއް!
05 މާރިޗު 2018

ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން

05 މާރިޗު 2018
ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން
04 މާރިޗު 2018

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!
17 ފެބުރުއަރީ 2018

މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!

17 ފެބުރުއަރީ 2018
މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!
11 ސެޕްޓެމްބަރު 2017

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް
02 ޖޫން 2017

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް