Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަންތާޖު ޤުރުއާން މުބާރާތް

"ރަންތާޖު" ޤުރުއާން މުބާރާތުގެ ގްރޭންޑް ފިނާލޭ މާދަމާ ރޭ 8:30ގައި

29 އެޕްރީލު 2023 | ހޮނިހިރު 12:48

މާދަމާ ރޭގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 އެޕްރީލު 2023 | ހޮނިހިރު 12:48
ރަންތާޖު ގުރުއާން މުބާރާތުގެ ފައިނަލް ފަސް ބައިވެރިން

ރަންތާޖު ގުރުއާން މުބާރާތުގެ ފައިނަލް ފަސް ބައިވެރިން

ޔޫތު މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ އިން މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ "ރަންތާޖު" ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅު ކުރުމުގެ ޖަލްސާ މާދަމާރޭ ބާއްވަން ތާވަލު ކޮށްފިއެވެ.

މި ޖަލްސާ މާދަމާ ރޭ 8:30 ގައި ވަގުތުން ރާއްޖެ ޓީވީން ދައްކާނެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ދެކަނބަލުންނާއި ނައިބުރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރަންތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަންގައި 111 މީހުން ބައިވެރިވިއިރު މުބާރާތް ފަށާފައިވަނީ އޭގެ ތެެރެއިން އެންމެ މަތިން މާކްސް ހޯދި 20 ބައިވެރިންނާއެކުގައެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ މި 20 ބައިވެރިންގެ ތެރެއިން ފައިނަލަށް ދަތުރުކުރި ފަސް ބައިވެރިން ހޮވައި، ކިޔެވުން ވަނީ ކުރިއަށްގެންގޮސްފައެވެ.

ހުކުރު ދުވަހުގެ ރޭ އޮތް މުބާރާތުގެ ހަވަނަ އެޕިސޯޑުގައި، މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރާ ބައިވެރިންގެ ގޮތުގައި އިއުލާންކޮށްފައި ވަނީ:

މި މުބާރާތަކީ ރާއްޖޭގައި ވެސް މިހާތަނަށް ބާއްވާ އެންމެ އަގު ބޮޑު ޤުރުއާން މުބާރާތެވެ. އެގޮތުން، މި މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް 3 ލައްކަ ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 1 ލައްކަ ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 75000 ރުފިޔާ ލިބޭނެއެވެ.

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

އިތުރަށް ކިޔާލަން

07 މެއި 2018

އިއުފަވި ޖަމިއްޔާގެ 10 ވަނަ އަހަރީ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

07 މެއި 2018
އިއުފަވި ޖަމިއްޔާގެ 10 ވަނަ އަހަރީ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
29 އެޕްރީލު 2018

މާލޭ ގްރޭންޑް ލިފްޓް ތެރޭގައި މީހަކު ތާށިވެއްޖެ

29 އެޕްރީލު 2018
މާލޭ ގްރޭންޑް ލިފްޓް ތެރޭގައި މީހަކު ތާށިވެއްޖެ
16 އެޕްރީލު 2018

އޮފީސް ޓެލެޑްރާމާ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި

16 އެޕްރީލު 2018
އޮފީސް ޓެލެޑްރާމާ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި
04 ޖެނުއަރީ 2018

ސްކޫލުތަކުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

04 ޖެނުއަރީ 2018
ސްކޫލުތަކުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
05 އޮކްޓޯބަރު 2017

ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފި

05 އޮކްޓޯބަރު 2017
ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފި
22 ސެޕްޓެމްބަރު 2017

މާސްޓަރ އޮފް ސީޒަނިން މުބާރާތުގެ އެއްވަނައާ އެކު ޝެފް ފަތީން އެނބުރި ރާއްޖެއަށް!

22 ސެޕްޓެމްބަރު 2017
މާސްޓަރ އޮފް ސީޒަނިން މުބާރާތުގެ އެއްވަނައާ އެކު ޝެފް ފަތީން އެނބުރި ރާއްޖެއަށް!
06 ޖޫން 2017

ނައިވާދޫ ޤުރުއާން މުބާރާތުން 1 ވަނަ ހޯދައިގެން އުމުރާ ދަތުރު ސްކޫލް ކެޕްޓަނަށް

06 ޖޫން 2017
ނައިވާދޫ ޤުރުއާން މުބާރާތުން 1 ވަނަ ހޯދައިގެން އުމުރާ ދަތުރު ސްކޫލް ކެޕްޓަނަށް
02 ޖޫން 2017

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނައިވާދޫގައި ފަށައިފި

02 ޖޫން 2017
ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނައިވާދޫގައި ފަށައިފި
13 މާރިޗު 2017

ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި

13 މާރިޗު 2017
ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް