Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އާބާދީ

ރާއްޖޭގެ އާބާދީގެ %26 އަކީ ބިދޭސީން، ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެއް

އެންމެ ގިނައިން ބިދޭސީން އުޅެނީ މާލޭގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 މާރިޗު 2023 | ހުކުރު 02:26
ރާއްޖޭގެ އާބާދީގެ 26 އިންސައްތަ ހިއްސާކުރަނީ ބިދޭސީން

ރާއްޖޭގެ އާބާދީގެ 26 އިންސައްތަ ހިއްސާކުރަނީ ބިދޭސީން

ރާއްޖޭގެ އާބާދީގެ 26 އިންސައްތަ ހިއްސާކުރަނީ ބިދޭސީންކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި 2022ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން ހާމަވެއްޖެއެވެ.

ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ ޖުމްލަ އާބާދީއަކީ 515،122 (ފަސް ލައްކަ ފަނަރަ ހާސް ސަތޭކަ ބާވީސް) އެވެ. އެއީ 382،751 (ތިންލައްކަ އަޑިހަ ދެ ހާސް ހަތްސަތޭކަ ފަންސާސް އެއް) ދިވެހިންނާއި 132،371 (އެއް ލައްކަ ތިރީސް ދެ ހާސް ތިން ސަތޭކަ ހަތްދިހަ އެއް) ބިދޭސީންނެވެ. އެއީ ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެކެވެ.

ބޯހިމެނުމުހެ ނަތީޖާ ދައްކާގޮތުން އެންމެ ގިނައިން ބިދޭސީން އުޅެނީ މާލޭގައެވެ. އެއީ 51،030 އެކެވެ. ދެން އެންމެ ގިނަ ބިދޭސީން އުޅެނީ ރިސޯޓްތަކުގައެވެ. އެއީ 36،707 އެވެ. އަތޮޅުތަކުގައި 32،470 ބިދޭސީން އުޅޭއިރު އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްރަށާއި އެހެން ރަށްރަށުގައި 12،164 ބިދޭސީން އުޅެއެވެ.

ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުގައި ރިސޯޓްތަކާއި އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށާއި އެހެން ރަށްރަށުގައި ވެސް ދިވެހިންނަށް ވުރެ ގިނައީ ބިދޭސީންނެވެ. އެގޮތުން ރިސޯޓްތަކުގައި 70 އިންސައްތަ ބިދޭސީން އުޅޭއިރު ރިސޯޓްތަކުގައި އުޅޭ ދިވެހި އާބާދީއަކީ 30 އިންސައްތައެވެ. އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށާއި އެހެން ރަށްރަށުގައި 88 އިންސައްތަ ބިދޭސީން އުޅޭއިރު އެރަށްރަށުގައި އުޅެނީ 12 އިންސައްތަ ދިވެހިންނެވެ.

ބިދޭސީންގެ ތެރޭގައި ގިނައީ އުމުރުން 20 އަހަރާއި 44 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. އުމުރުން 30 އަހަރާއި 39 އަހަރާ ދެމެދުގައި ގިނައީ ދިވެހިންނަށްވުރެ ބިދޭސީންނެވެ. ރާއްޖޭގައި 117،460 ފިރިހެން ބިދޭސީން އުޅޭއިރު 14،911 އަކީ އަންހެނުންނެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު