Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަޝީދާއި ޖޭޕީގެ މަޝްވަރާ ބައްދަލުވުން

ނަޝީދު ފެކްޝަނާއި ޖޭޕީގެ ދެވަނަ ބައްދަލުވުން - ނަޝީދުގެ ފަރާތްޕުޅުން މިރޭ ޝިއްޕެވެސް ބައިވެރިވި

29 މާރިޗު 2023 | ބުދަ 18:40

ދެވަނަ ބައްދަލުމަށްފަހު ވިދާޅުވީ، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 މާރިޗު 2023 | ބުދަ 18:40
ނަޝީދުގެ ފެކްޝަނުން ޖޭޕީއާއެކު ބޭއްވި ދެވަނަ ބައްދަލުވުމުގެ ތެރެއިން

ނަޝީދުގެ ފެކްޝަނުން ޖޭޕީއާއެކު ބޭއްވި ދެވަނަ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގޮފިން ޖުމްހޫރީ ޕާޓީއާއެކު ދެވަނަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިިފިއެވެ.

ޖުމްހޫރީޕާޓީގެ މައި އިދާރާ, ކުނޫޒްގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވީ، ކުރީގެ ޗެއަރޕަރސަން ހަސަން ލަތީފުގެ އިތުރުން، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުއާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުހައްމަދު ޝިފާޒެވެ. ޖޭޕީގެ ފަރާތުން މަޝްވަރާގައި ބައްދަލުކުރެއްވީ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އަދި ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދެވެ.

Advertisement - newsAdvertisement

ގަޑިއެއްހާ އިރަށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ދެއްކި ވާހަކައެއް އެއްވެސް ވަރަކަށް ހިއްސާކޮށްފައެއްނުވެއެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށް ތަފްސީލީ ޖަވާބެއް ދެފަރާތުންވެސް ދީފައެއް ނުވެއެވެ. ހަމައެކަނި ނޫސްވެރިންނަށް ހާމަކޮށްފައިވަނީ، ރަސްމީ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ފިކުރެއްގެ ދިރުން އަދި ޖުމްހޫރީ ޕާޓީން އެކުލަވައިލާ މެނިފެސްޓޯ ނިމުމުން އެ ކަންކަން ހާމަކުރާނެ ކަމަށެވެ.

މަޝްވަރާގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މި މަހުގެ 23 ވަނަ ދުވަހުއެވެ. މި ބައްދަލުވުމުގައި ޖޭޕީއާއި ރައީސް ނަޝީދުގެ ޓީމާއެކު ދެކެވުނު ވާހަކަތަކުގެ ތެރޭގައި، ފުޅާކޮށް މަޝްވަރާކުރެވުނު ކަމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ކުރިމަތިލައްވާއިރު އެކީގައި މަސައްކަތްކުރެވޭނެ ސިޔާސަތުތަކެއް ކަނޑައެޅުމާއި، އެ ސިޔާސަތުތަކުގެ ތަފްސީލުތައް މެނިފެސްޓޯއެއްގެ ގޮތުގައި އެކުލަވާލެވޭނެ ގޮތުގެ ވާހަކައާ ގުޅޭގޮތުންނެވެ.

ފުރަތަމަ ބައްދަލުވުމާ ގުޅޭގޮތުން ޖޭޕީން ބުނެފައިވަނީ، ޖޭޕީއާއި އެމްޑީޕީން ބޭއްވި ބައްދަލުވުމަކީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް އަދި ކުރިއަށް ދިއުމަށް ކުރަން ހުރި މަސައްކަތްތަކާ ބެހޭގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ، ދެ ޕާޓީ ގުޅިގެން އެކީގައި މަސައްކަތް ކުރާކަމުގައިވާނަމަ، ރައްޔިތުންނާ ހަމައަށް، ރައްޔިތުންގެ ބޭނުންތަކާ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ގެންނާނެ ސިޔާސަތުތަކާއި ޕްރޮގްރާމްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރުމެއް ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް