Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާއިން 500 އެޕް ބްލޮކްކުރުން

އިންޑިޔާގައި ސައިބަރ ކްރައިމް އަދި ފްރޯޑްގައި ބޭނުންކުރާ 500 އެޕް ބްލޮކްކޮށްފި

29 މާރިޗު 2023 | ބުދަ 17:01

އެއީ ނެޝަނަލް ސެކިއުރިޓީއަށްވެސް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށް ވަނީ ވެފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 29 މާރިޗު 2023 | ބުދަ 17:01
އިންޑިޔާގެ ޔޫނިއަން ހޯމް މިނިސްޓަރ އަމިތު ޝާހް

އިންޑިޔާގެ ޔޫނިއަން ހޯމް މިނިސްޓަރ އަމިތު ޝާހް

އިންޑިޔާގައި ސައިބަރ ކްރައިމް އަދި ފްރޯޑް ހިންގުމުގައި ބޭނުން ކުރަމުންދާކަމަށް ފާހަގަކުރެވޭ 500 އެޕް ބްލޮކްކޮށްފައިވާކަމަށް، އިންޑިޔާ ސަރުކާރުން ހާމަކޮށްފިއެވެ. ޔޫނިއަން ހޯމް މިނިސްޓަރ އަމިތު ޝާހް އަންގާރަ ދުވަހު މިކަން ހާމަކުރައްވާފައިވަނީ ޑެލްހީގެ އެންޑީސީސީ ބަވަންގައި ހުންނަ ސައިބަރ ކްރައިމް ސެންޓަރުގެ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. ޝާހް ވިދާޅުވީ، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސަލާމަތީ ސަބަބުތަކަށްޓަކައި އެޕްތައް ބްލޮކްކުރީ، ސައިބަރކްރައިމް ކޯޑިނޭޝަން ސެންޓަރުގެ ލަފާގެ މަތިން ކަމުގައެވެ. ސައިބަރ ސެކިއުރިޓީއަކީ މިއަދު ހަމައެކަނި ޑިޖިޓަލް ދުނިޔެއަށް ކުރިމަތިވެފައިވާ ކަމެއް ނޫންކަމަށާއި އެއީ ނެޝަނަލް ސެކިއުރިޓީއަށްވެސް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށް ވަނީ ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމާއެކު އެންމެންގެ ސަލާމަތާއި ރައްކަލަށްޓަކައި ޑިޖިޓަލް ދުނިޔެ ރައްކާތެރިކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް މޯދީގެ ސަރުކާރުން ކުރަމުން ގެންދާނެކަމަށް އަމިތު ޝާހު ވިދާޅުވިއެވެ.

އިންޑިޔާގައި ހިންގާފައިވާ އެންމެ ބޮޑު 50 ސައިބަރ ހަމަލާ ހިންގި ގޮތް އެނަލައިޒްކޮށް، ސަރުކާރުން މިހާރު ވަނީ ތަފްސީލް ރިޕޯޓެއް އެކުލަވައިލާފައެވެ. މި ހޯދުންތަކުން، މިހާރު ފްރޯޑްތައް ހިންގާ މަދުވެގެން 4 އައިޕީ އެޑްރެސް ޓްރޭސްކުރެވި، ކުރިން އެނގިފައިނުވާ އީމެއިލް އެޑްރެސްތަކަކާއި ފޯނު ނަމްބަރުތަކެއް ފެނިފައިވާކަން ހާމަކޮށްފައިވެއެވެ. މި ފޯނު ނަމްބަރުތަކާއި އީމެއިލް އެޑްރެސްތައް ނިސްބަތްވަނީ ޗައިނާގެ އެކި ޓެރިޓަރީތަކުގެ ތަންތަނަށް ކަމުގައިވެސް އިންޑިޔާ ސަރުކާރުން ބުނެފައިވެއެވެ.

ސައިބަރ ޖަރީމާގެ ކަންތައް ބޮޑުވެގެން ހޯމް މިނިސްޓްރީން ވަނީ ޚާއްޞަ ހެލްޕްލައިނެއްވެސް ތައާރަފްކޮށްފައެވެ. މި ހެލްޕްލައިންގެ ބޭނުންކުރުމަށް 250 ބޭންކަކަށާއި މާލީ އިދާރާތަކަށް ވަނީ ހުޅުވާލާފައެވެ. އަދި ހެލްޕްލައިންގެ ސަބަބުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާކަމަށާއި، ނުގަވާއިދުން އެއްތަނުން އަނެއް ތަނަށް ފޮނުވޭ ފައިސާ ފޮނުވުން ބަންދުކޮށްލެވޭ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

ސައިބަރ ފްރޯޑްތައް އަވަހަށް ރިޕޯޓްކުރެވި، ކަމާބެހޭ ޓާސްކްފޯހުން އެޅި އަވަސް ފިޔަވަޅުގެ ސަބަބުން، އެއްލައްކަ 33 ހާސް މީހުންގެ އަތުން ފޭރިފައިވާ 235 ކްރޯޑް ރުޕީސް އަނބުރައި ހޯދިފައިވާކަމަށް ޔޫނިއަން ހޯމް މިނިސްޓަރ އަމިތު ޝާހްގެ ވާހަކަފުޅުގައި ހާމަކުރައްވާފައިވެއެވެ. އަދި ސައިބަރ ކްރައިމްގެ "ދުއްތުރާލުން" ސަލާމަތްވުމަށް ވީހާވެސް ބޮޑަށް އެކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުން މުހިންމު ކަމަށްވެސް އަމިތު ޝާހް ވިދާޅުވެފައި ވެއެވެ.

މައުލޫމާތު: ވިއޯން ޗެނަލް  

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 މާރިޗު 2020

ޗައިނާއިން ސިއްހީ ކުއްލި ނުރައްކަލު ހާލަތުގައި ބޭނުންކުރާ އާލަތްތައް ބަންގްލަދޭޝްއަށް ފޯރުކޮށްދީފި

27 މާރިޗު 2020
ޗައިނާއިން ސިއްހީ ކުއްލި ނުރައްކަލު ހާލަތުގައި ބޭނުންކުރާ އާލަތްތައް ބަންގްލަދޭޝްއަށް ފޯރުކޮށްދީފި
26 މާރިޗު 2020

ކޮވިޑް-19: ޑޮކްޓަރުން ލަފާދެނީ ކޮންޓެކްޓް ލެންސް ބޭނުންކުރާ ފަރާތްތަކުން އައިނު އެޅުމަށް

26 މާރިޗު 2020
ކޮވިޑް-19: ޑޮކްޓަރުން ލަފާދެނީ ކޮންޓެކްޓް ލެންސް ބޭނުންކުރާ ފަރާތްތަކުން އައިނު އެޅުމަށް
27 ޖެނުއަރީ 2020

އެޗްއައިވީ އާއި އެއިޑްސްއަށް ބޭނުންކުރާ ބޭސް ކޮރޯނާ އަށް ފަރުވާކުރަން ބޭނުންކުރަނީ

27 ޖެނުއަރީ 2020
އެޗްއައިވީ އާއި އެއިޑްސްއަށް ބޭނުންކުރާ ބޭސް ކޮރޯނާ އަށް ފަރުވާކުރަން ބޭނުންކުރަނީ
24 ޑިސެމްބަރު 2019

މުޒާހަރާ ތަކާއި ގުޅިގެން ސަލާމަތީ ކަންކަން އިންޑިޔާގައި ވަރުގަދަކޮށްފި

24 ޑިސެމްބަރު 2019
މުޒާހަރާ ތަކާއި ގުޅިގެން ސަލާމަތީ ކަންކަން އިންޑިޔާގައި ވަރުގަދަކޮށްފި
24 ޑިސެމްބަރު 2019

އިންޑިޔާގައި ހިނގަމުންދާ މުޒާހަރާތަކުގައި ބައިވެރިވި ޖަރުމަނުގެ ކިޔަވާ ކުއްޖަކު އެގައުމު ދޫކޮށްދާން އަންގައިފި

24 ޑިސެމްބަރު 2019
އިންޑިޔާގައި ހިނގަމުންދާ މުޒާހަރާތަކުގައި ބައިވެރިވި ޖަރުމަނުގެ ކިޔަވާ ކުއްޖަކު އެގައުމު ދޫކޮށްދާން އަންގައިފި
11 ޑިސެމްބަރު 2019

ލަންކާގެ މައި އެއަރޕޯޓުގެ ވީއައިޕީ ލައުންޖް ބޭނުންކުރާނަމަ، މިނިސްޓަރުން 1000 ޑޮލަރު ދައްކަން ޖެހޭ

11 ޑިސެމްބަރު 2019
ލަންކާގެ މައި އެއަރޕޯޓުގެ ވީއައިޕީ ލައުންޖް ބޭނުންކުރާނަމަ، މިނިސްޓަރުން 1000 ޑޮލަރު ދައްކަން ޖެހޭ
07 ޖެނުއަރީ 2018

އަޅުކަންކުރާ ތަންތަން ކެމްޕޭނުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނަން: އިލެކްޝަންސް ކޮމިޝަން

07 ޖެނުއަރީ 2018
އަޅުކަންކުރާ ތަންތަން ކެމްޕޭނުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނަން: އިލެކްޝަންސް ކޮމިޝަން
04 ޖެނުއަރީ 2018

ޔަމަނުގެ ހަނގުރާމައިގައި ބޭނުންކުރާތީ ނޯވޭ އަށް ހަތިޔާރު ވިއްކުން ހުއްޓާލައިފި

04 ޖެނުއަރީ 2018
ޔަމަނުގެ ހަނގުރާމައިގައި ބޭނުންކުރާތީ ނޯވޭ އަށް ހަތިޔާރު ވިއްކުން ހުއްޓާލައިފި
24 ޖޫން 2017

އިނގިރޭސި ވިލާތުގެ ގާނޫނުހަދާ މަޖިލީހަށް ސައިބަރ ހަަމަލައެއް ދީފި

24 ޖޫން 2017
އިނގިރޭސި ވިލާތުގެ  ގާނޫނުހަދާ މަޖިލީހަށް ސައިބަރ ހަަމަލައެއް ދީފި
13 މެއި 2017

ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

13 މެއި 2017
ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް