Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާ

މުޒާހަރާ ތަކާއި ގުޅިގެން ސަލާމަތީ ކަންކަން އިންޑިޔާގައި ވަރުގަދަކޮށްފި

ސަލާމަތީ ކަންކަން ވަރުގަދަކޮށް ބައެއް ހިސާބުތަކުން އިންޓަރނެޓް ވަނީ ކަނޑާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ޑިސެމްބަރު 2019 | އަންގާރަ 22:27
އިންޑިޔާގައި ހިނގަމުންދާ މުޒާހަރާތަކުގެ ތެރެއިން

އިންޑިޔާގައި ހިނގަމުންދާ މުޒާހަރާތަކުގެ ތެރެއިން

ރަށްވެހިކަމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން އިންޑިޔާގެ އެކި ހިސާބުތަކުގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ސަލާމަތީ ކަންކަން ވަރުގަދަކޮށް ބައެއް ހިސާބުތަކުން އިންޓަރނެޓް ކަނޑާލައިފިއެވެ.

ރަށްވެހިކަމުގެ ޤާނޫނާ ގެނައި އިސްލާހާ ދެކޮޅަށް އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާތައް ބާއްވަމުން ދަނިކޮށް ވެރިކަން ކުރާ ޕާޓީ ބީޖޭޕީން ވަނީ އެއިސްލާހާ އެއްކޮޅަށް މުޅި އިންޑިޔާގައި އެއްވުންތަކެއް ބާއްވަން ނިންމާފައެވެ.

އިންޑިޔާގެ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލެއް ބުނެފައިވަނީ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް އެގައުމުގެ ހުރިހާ ސެކިޔުރިޓީ އޮފިޝަލުން ޑިޔުޓީއަށް ނިކުންނަން ޖެހެނޭކަމަށެވެ. އޮފިޝަލް ބުނެފައިވަނީ މުޒާހަރާތައް ކޮންޓްރޯލް ނުވެ އިތުރު ހަމަނުޖެހުންތަކަކަށް ގޮސްދާނެތީ އެކަން ހިނގައި ނުދިޔުމަށް މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ކުރީބައިގައި އާންމުން އެއްވާ ތަންތަނާއި މާރކެޓްތަކަށް ސަލާމަތީ ކަންކަން ބަލަހައްޓާ ފައުޖުތައް ނިކުންނާނެ ކަމަށެވެ.

ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް 20 ކަށް އެއްވުން އެ އިސްލާހާ އެއްކޮޅަށާއި ދެކޮޅަށް ބޭއްވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

ރަށްވެެހިކަމުގެ ޤާނޫނަށް ގެނައި މިއިސްލާހާއެކު 2014 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާން، ބަންގްލަދޭޝް އަދި ޕާކިސްތާނުން އިންޑިޔާއަށް އެތެރެފައިވާ ހިންދޫން، ސިކުން، ބުޑިސްޓުން، ކްރިސްޓިއަނުން، ޕާސިސް އިންނަށް އިންޑިޔާގެ ރަށްވެހިކަން ލިބިގެންދާނެއެވެ. ޑިސެމްބަރ 11 ގައި މިއިސްލާހު ފާސްވެގެންދިޔުމާއެކު އިންޑިޔާގެ އެކި ހިސާބުތަކުގައި އަންނަނީ މުޒާހަރާތައް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް ބަންގްލަދޭޝްގެ ބޯޑަރ ކައިރީގައި އޮންނަ އައްސާމްގައި އަންނަނީ ވަރުގަދަ އަށް މުޒާހަރާތައް ކުރަމުންނެވެ.

މިމުޒާހަރާތަކުގައި މިހާތަނަށް 21 މީހުން މަރުވެފައިވާއިރު 2000 މީހުން މުޒާހަރާތަކުގައި ހައްޔަރުކޮށްފައިވެ އެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
13 ފެބުރުއަރީ 2017

ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ

13 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު