Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީލަންކާގެ ބީއައިއޭގެ ވީއައިޕީ ލައުންޖް

ލަންކާގެ މައި އެއަރޕޯޓުގެ ވީއައިޕީ ލައުންޖް ބޭނުންކުރާނަމަ، މިނިސްޓަރުން 1000 ޑޮލަރު ދައްކަން ޖެހޭ

ވީއައިޕީ ލައުންޖް ބޭނުންކުރާނަމަ، 1000 އެމެރިކާ ޑޮލަރު ދައްކަންޖެހޭ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2019 | ބުދަ 11:30
ސްރީލަންކާގެ ބީއައިއޭގެ ވީއައިޕީ ލައުންޖް

ސްރީލަންކާގެ ބީއައިއޭގެ ވީއައިޕީ ލައުންޖް

ސްރީލަންކާގެ ދައުލަތުގެ ވަޒީރުންނާއި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން، އެޤައުމުގައި މައި ވައިގެ ބަނދަރު ކަމަށްވާ "ބަންޑާރަނާޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓް"(ބީއައިއޭ) ގެ ވީއައިޕީ ލައުންޖް ބޭނުންކުރާނަމަ، 1000 އެމެރިކާ ޑޮލަރު ދައްކަންޖެހޭ ގޮތައް އެއަރޕޯޓުން ނިންމައިފިއެވެ.

ބީއައިއޭގެ މެނޭޖިންގ ދިލަން ޕެރޭރާ ޑިރެކްޓަރ އާއި ޙަވާލާދީ ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދައުލަތުގެ ވަޒީރުންނާއި، ޤާނޫނު ހަދާ މަޖިލިސްގެ މެންބަރުންނާއި، ސަރުކާރުގެ އިސް މަސްއޫލުވެރިން ޤައުމުން ބޭރަށާއި، އެތެރޭގެ ވައިގެ ދަތުރުފަތުރު ކުރައްވާއިރު ވީއައިޕީ ލައުންޖު ބޭނުންކުރައްވަންޖެހޭ ގޮތުގެ ސަރކިއުލަރއެއް ވަނީ ޢާންމުކޮށް އިޢުލާން ކޮށްފައެވެ. މި ސަރކިއުލާގެ ދަށުން ވަޒީރުންނާއި، މަޖިލިސް މެންބަރުން ބީއައިއޭ ލައުންޖު ބޭނުންކުރައްވާނަމަ، ކޮންމެ ދަތުރަކަށް 1000 އެމެރިކާ ޑޮލަރު ފީގެ ގޮތުގައި ދައްކަން ޖެހެއެވެ.

ސަރކިއުލަރ އާއި ބެހޭ ގޮތުން ޕެރޭރާ ވިދާޅުވެފައިވަނީ، މިއީ ބައިނަލްއަޤުވާމީ އެކި ޤައުމުތަކުގައިވެސް މިކަން ކުރަމުން އަންނަ ގޮތްކަމަށެވެ. އަދި މިހާރުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ ޤައުމަށް ގެންނަމުންދާ އިޤްތިޞާދީ ތަރައްޤީގެ އިޞްލާހީ ބަދަލުގެތެރެއިން ކުރެވުނު ކަމެއް ކަމަށެވެ. ޕެރޭރާ ވިދާޅުވީ ރައީސްގެ ވިސްނުންފުޅަކީ، އެއަރޕޯޓުން ދައުލަތައް ލިބޭ ޢާމްދަނީ އިތުރު ކުރުން ކަމުގައެވެ. އަދި ޚިދްމަތް ފޯރުކޮށްދޭއިރު ވަކި ފަރުދަކަށް ތަފާތު ކުރުމެއް ނެތި ޚިދްމަތް ދިނުން ކަމެކެވެ.

ސްރީލަންކާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި ޚުދު ރައީސްވެސް އެއަރޕޯޓުގެ ވީއައިޕީ ޓަރމިނަލް ބޭނުން ނުކުރައްވައެވެ. އަދި ވަޒީރުންގެ މަޖިލީހަށްވެސް އެފަދައިން އަމަލު ކުރެއްވުމަށް، ރައީސް ގޯޓަބަޔާ ރާޖަޕަކްސަ ވަނީ އިލްތިމާސްކުރައްވާފައެވެ.

ސްރީލަންކާ ސަރުކާރުން ބީއައިއޭގެ ލައުންޖު ބޭނުންކުރާނެ ގޮތައް ގެނައި އިޞްލާހާއެކު، މީގެ ފަހުން ވީއައިޕީ ލައުންޖް ހިލޭ ބޭނުން ކުރައްވާނީ، ސަރުކާރުގެ ދަޢުވަތަކަށް ވަޑައިގަންނަވާ ބޭރުގެ ޢިއްޒަތްތެރިންނާއި، ވަފްދުތަކަށެވެ. މި ގެނައި ބަދަލާއި ގުޅިގެން ވީއައިޕީ ލައުންޖުގެ މުވައްޒަފުންގެ ޢަދަދު 250 އަށް މަދުކޮށް، އުޅަނދުތައްވެސް ވަނީ 5 އަށް މަދުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުތަކުން ޑޭޓާ ރައްކާތެރިކުރާ އިރު ސަމާލުވާންޖެހޭ: މައިކްރޯސޮފްޓް

ސަރުކާރުތަކުން ޑޭޓާ ރައްކާތެރިކުރާ އިރު ސަމާލުވާންޖެހޭ: މައިކްރޯސޮފްޓް

15 މެއި 2017
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

21 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި

ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި

03 އެޕްރީލު 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު