Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހޭންޑްބޯޅަ އެސޯސިއޭޝަން

ހޭންޑްބޯޅަ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބާއްވައި ބަޖެޓު ފާސްކޮށްފި

ހޭންޑްބޯޅަ އެސޯސިއޭޝަނުން ވަނީ މިއަހަރަށް ވަނީ 6،128،296.40 ގެ ބަޖެޓެއް ފާސްކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 މާރިޗު 2023 | ބުރާސްފަތި 02:23
ހޭންޑްބޯޅަ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

ހޭންޑްބޯޅަ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

ހޭންޑްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އަހަރީ އާންމު ޖަލްސާ ބާއްވައި، މިއަހަރަށް ކަނޑައެޅި ބަޖެޓު ފާސްކޮށްފި އެވެ.

އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވަނީ މިދިޔަ އަހަރުގެ ޚާއްސަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ވެސް ވަނީ ފާސްކޮށްފަ އެވެ. ހަމައެއާއެކު މިއަހަރުގެ ކަލަންޑަރު ފާސް ކުރުމާއި، ލަފާ ކުރާ ބަޖެޓު ވެސް ވަނީ ފާސްކޮށްފަ އެވެ. ހޭންޑްބޯޅަ އެސޯސިއޭޝަނުން މިއަހަރަށް ވަނީ 6،128،296.40 (ހަ މިލިއަން އެއް ލައްކަ އަށާވީސް ހާސް ދުއިސައްތަ ނުވަދިހަ ހަ ރުފިޔާ، ސާޅީސް ލާރި) ގެ ބަޖެޓެއް ފާސްކޮށްފަ އެވެ. މީގެ ތެރެއިން ރިކަރަންޓު ޚަރަދުގެ ގޮތުގައި ވަނީ 6،048،296.40 (ހަ މިލިއަން ސާޅީސް އަށް ހާސް ދުއިސައްތަ ނުވަދިހަ ހަ ރުފިޔާ، ސާޅީސް) ލާރި ހިމަނައިފަ އެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 80،000 (އަށްޑިހާ ހާސް) ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ހޭންޑްބޯޅަ އެސޯސިއޭޝަނުން މިދިޔަ އަހަރު ވަނީ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި އަތޮޅުތަކުގައި ބޭސިކް ހޭންޑްބޯޅަ ކޯޗިން ކޯސް ހިންގުމާއި، ހޭންޑްބޯޅަ އިންޓްރޯޑަކްޓަރީ ޕްރޮގްރާމް ހިންގުމާއި، އޮލިމްޕިކް ސޮލިޑާރިޓީ ކޯޗިން ކޯސް ހިންގުމާއި، ހޭންޑްބޯޅަ ޖޫނިއާ ރެފްރީސް ކޯސް ފަދަ ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު ބޭއްވި މުބާރާތްތަކުގެ ތެރޭގައި ހަ ވަނަ އިންޓަ އޮފީސް ހޭންޑްބޯޅަ މުބާރާތާއި، ފަސް ވަނަ ހޭންޑްބޯޅަ މޯލްޑިވްސް ޗެމްޕިއަންޝިޕާއި، ނުވަ ވަނަ ޤައުމީ ހޭންޑްބޯޅަ މުބާރާތް ވަނީ ބާއްވައިފަ އެވެ. މީގެ އިތުރުން އެކިއެކި ފަރާތްތަކާއި ގުޅިގެން ވަނީ 24 މުބާރާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފަ އެވެ. ހަމައެއާއެކު ތައިލެންޑުގައި ކުރިއަށް ގެންދިޔަ ކޮންޓިނެންޓަލް ހޭންޑްބޯޅަ ރެފްރީސް ކޯހުގައި ރާއްޖޭގެ ދެ ރެފްރީއަކު ވަނީ ބައިވެރިވެފަ އެވެ.

މިއަހަރުގެ ކަލަންޑަރަށް ބަލާއިރު، މިއަހަރު ވެސް މުބާރާތްތަކެއް ވަނީ ތާވަލްކޮށްފަ އެވެ. އޭގެ ތެރޭގައި ފެބްރުވަރީ މަހު ނިމުނު އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް ވެސް ހިމެނެ އެވެ. ދެން ހިމެނެނީ އޮކްޓޫބަރު މަހު އޮންނަ ޤައުމީ ހޭންޑްބޯޅަ މުބާރާތް، މެއި މަހު އޮންނަ ހޭންޑްބޯޅަ މޯލްޑިވްސް ޗެމްޕިއަންޝިޕް، ސެޕްޓެމްބަރު މަހު އޮންނަ އިންޓަ އޮފީސް ހޭންޑްބޯޅަ މުބާރާތް، ހޭންޑް ބޯޅަ ޒޯން މުބާރާތް އަދި ވައިޑީޕީ ހޭންޑްބޯޅަ މުބާރާތެވެ. ބައިނަލްއަޤުވާމީ މުބާރާތްތަކުގެ ތެރޭގައި މެއި މަހު އޮންނަ އައިއެޗްއެފް ޓްރޮފީ އަދި އޮގަސްޓު މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހިމެނެ އެވެ. ދެން ހިމެނެނީ ބައިނަލްއަޤުވާމީ އެކިއެކި ތަމްރީނު ޕްރޮގްރާމްތަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށަނީ

ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށަނީ

19 އެޕްރީލު 2017
އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް

އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް

30 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި

މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި

09 މާރިޗު 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު