Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަފްޣާނިސްތާނުގެ އަންހެނުން

ސޯފިއާގެ ޢިލްމުގެ ދަންމަރަށް އާ އަލިކަމެއް ހޯދާ ދިނީ އިންޓަރނެޓް

ގިނަ ޢަދަދެއްގެ އަންހެނުންނަށް، މިއަދު ވަޒީފާ އަދާ ކުރުމުގެ ފުރުޞަތެއްވެސް އަފްޣާނިސްތާނުގައި ނެތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 29 މާރިޗު 2023 | ބުދަ 06:48
ސޯފިއާ - އަފްޣާނިސްތާނުގެ ދަރިވަރެއް

ސޯފިއާ - އަފްޣާނިސްތާނުގެ ދަރިވަރެއް

އަފްޣާނިސްތާނުގެ ކާބުލްގައި އޭނާ ދިރިއުޅެމުންދާ ގޭތެރޭގައި އިނދެގެން، ކޮންމެ ދެދުވަހަކުން އެއް ދުވަހު ސޯފިއާ، އޮންލައިން ކުލާހަށް ލޮގް-އިންވެއެވެ. މި ކުލާހަކީ، މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުން މަޚްރޫމު ކޮށްލާފައިވާ އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންނަށް ހާއްސަކޮށްގެން، ތަޢުލީމު ފޯރުކޮށްދޭ އެކިއެކި މުޢައްސަސާތަކުން މިހާރު ފުޅާ ކުރަމުންދާ ކުލާސްތަކުން އެއް ކުލާހެވެ. ސަލާމަތީ ސަބަބުތަކަށްޓަކާ، ސޯފިއާ ހާމަ ކުރީ އޭނާގެ ފުރަތަމަ ނަން އެކަންޏެވެ.

2021 ވަނަ އަހަރުގެ އޯގަސްޓް މަހު އަފްޣާނިސްތާނުގެ ކޮންޓްރޯލާ އަމިއްލައަށް ހަވާލުވި، ހަތިޔާރު އެޅި، ހަނގުރާމަވެރި ޠާލިބާން ޖަމާޢަތުން ވަނީ، ސްކޫލްތަކާއި ޔުނިވަރސިޓީތަކާ ހާޒިރުވެގެން މަތީ ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު، އަންހެނުންނާއި އަންހަން ދަރިވަރުންނަށް މަނާ ކޮށްފައެވެ. ގިނަ ޢަދަދެއްގެ އަންހެނުންނަށް، މިއަދު ވަޒީފާ އާދާ ކުރުމުގެ ފުރުޞަތެއްވެސް އަފްޣާނިސްތާނުގައި ނެތެވެ. ގެއިން ބޭރަށް ނުކުތުމުގައިވެސް ނިޤާބު އަޅަން މަޖުބޫރުވުން ފަދަ ކަންކަން ހުރެއެވެ.

ކަން މިހެން އޮތް ނަމަވެސް، ޢިލްމު ހާސިލު ކުރުމަށް އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންގެ ހިތުގައި އޮންނަ ޝަޢުޤުވެރިކަމަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. ހައްތަހާ ވަނީ އިތުރު ކަމުގައިވެސް ދެންނެވިދާނެއެވެ. ސޯފިއާ ކިޔަވަމުންދާ އޮންލައިން ސްކޫލް، ނުވަތަ ރޫމީ އެކަޑަމީގެ އެޕްލިކޭޝަންތައް މެދުވެރިކޮށް، އޮންލައިން ކުލާސްތަކަށް ދަފުތަރު ކުރަމުންދާ ދަރިވަރުންގެ ޢަދަދަށް ބަލާލުމުން އެކަނިވެސް، އެކަން ދޭހަ ކޮށްދެއެވެ. ރޫމީ އެކަޑަމީއިން ބުނި ގޮތުގައި މީގެ ކުރިން އެންމެ 50 އަކަށް އަންހެން ދަރިވަރުން ކިޔަވަމުން ދިޔަ އެ އެކަޑަމީގައި ދަފްތަރުވި އަންހެން ދަރިވަރުންގެ ޢަދަދު، ޠާލިބާނުން ވެރިކަމާ ހަވާލުވިފަހުން، 500 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

ނަމަވެސް ގިނަ ދަރިވަރުންނަކީ، ޢުމުރުން 22 އަހަރުގެ ސޯފިއާހާ ނަޞީބު ރަނގަޅު ކުދިންނަކަށް ނުވިއެވެ.

ރޫމީ އެކަޑަމީއިން ބުނި ގޮތުގައި އެތައް ސަތޭކަ އެޕްލިކޭޝަންއެއް ބާޠިލު ކުރަން ޖެހުނެވެ. އަފްޣާނިސްތާނުގެ އާބާދީގެ 97 ޕަސެންޓަށް ވުރެ ބޮޑު ބައެއް ދިރިއުޅެނީ، އިންތިހާ ފަޤީރު ކަމަށް ވުރެ ނިކަމެތި ހާލެއްގައި ކަމުން، ގިނަ ކުދިންނަކީ ލެޕްޓޮޕްއާއި އިންޓަނެޓްގެ އިތުރުން، އޮންލައިން ކުލާހަށް ބޭނުންވާ އެހެނިހެން ސާމާނުތައް ހޯދުމުގެ ތަނަވަސްކަން ލިބިފައިވާ ކުދިންނެއް ނޫނެވެ.

ރޫމީ އެކަޑަމީގެ ޚިދުމަތްތައްވެސް އިތުރަށް ފުޅާ ކުރެވޭކަށް ނެތެވެ. މުސާރަ ދީގެން އިތުރު ޓީޗަރުން ގެންގުޅޭނެ މާލީ ތަނަވަސްކަމެއްވެސް ރޫމީ އެކަޑަމީގައި ނެތެވެ. އަދި ކިޔަވައިދިނުން އިތުރަށް ފުޅާ ކުރުމަށް ބޭނުންވާ އޮންލައިން އިންފްރާސްޓްރަކްޗަރގެ ތަނަވަސް ކަމެއް ނެތެވެ.

ސެޕްޓެމްބަރު 11، 2001 ވަނަ ދުވަހު އެމެރިކާއަށް ދިން ހަމަލާތަކުގެ ކުޑަ ދުވަސްކޮޅެއް ފަހުން، އެމެރިކާއިން އަފްޣާނިސްތާނަށް އަރާ، ޠާލިބާނުންގެ ވެރިކަން ވައްޓާލިއިރު، އަފްޣާނިސްތާނުގައި އިންޓަރނެޓްގެ ޚިދުމަތް ލިބޭ ހަމަ އެކަކުވެސް ނެތޭ ދެންނެވިދާނެއެވެ. ނަމަވެސް އަފްޣާނިސްތާނުގައި 20 އަހަރުވީ ހަނގުރާމައެއް ކޮށް، އެމެރިކާއާއި ހުޅަނގުގެ ފައުޖުތަކުން އަފްޣާނިސްތާނުން ފައިބައިގެން ދިޔަ އިރު، އަފްޣާނިސްތާނުގެ އާބާދީގެ 18 ޕަސެންޓް މީހުންނަކީ، އޯގަސްޓް 2021 ގައި ޠާލިބާނުން ވެރިކަމަށް އައި އިރު، އިންޓަރނެޓްގެ ޚިދުމަތް ލިބެމުން ދިޔަ މީހުން ކަމަށް، ވަރލްޑް ބޭންކުގެ ރެކޯރޑްތަކުން ދައްކައެވެ.

އަފްޣާނިސްތާނުން އިންޓަރނެޓްގެ ޚިދުމަތް މެދުކަނޑާލުމަށް، ޠާލިބާނުން އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ޚުދު އެ ޖަމާޢަތުގެ ބައެއް އޮފިޝަލަކުންނަކީ ސޯޝަލް މީޑިއާއާ ރައްޓެހި ބައެކެވެ. ގިނަ އިޢުލާންތައްވެސް ޢާންމު ކުރަނީ ސޯޝަލް މީޑިއާގައެވެ. ގޭގައި ތިބެގެން ކިއެވުމުގެ ފުރުޞަތުވެސް، އަންހެން ދަރިވަރުންނަށް ވަނީ ދީފައެވެ.

ކަން މިހެން އޮތް ނަމަވެސް، އޮންލައިން ޕްލެޓްފޯރމްގައި ކިޔެވުމަކީ، އަފްޣާނިސްތާނުގައި މާ ފަސޭހަ ކަމެއް ނުނެވެ. އިންޓަރނެޓްގެ ސްޕީޑް، އިންތިހާ ލަހެވެ. ކަރަންޓްގެ ޚިދުމަތަށް ދޭތެރެ ދޭތެރެއިން ބުރޫ އަރައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާ އިންޓަރނެޓް ޚިދުމަތުގެ ސްޕީޑް ވަޒަން ކުރުމުގައި ހަރަކާތްތެރިވާ އޫކްލާ ކުންފުނީގެ ރެކޯރޑްތަކަށް ބަލާއިރު، އަފްޣާނިސްތާނުގެ މޯބައިލް އިންޓަރނެޓް ޚިދުމަތަކީ، 137 ޤައުމަކަށް ބަލާއިރު އެންމެ ލަސް ޚިދުމަތެވެ. އަދި އަފްޣާނިސްތާނުގެ ފިކްސްޑް އިންޓަރނެޓް ޚިދުމަތުގެ ސްޕީޑަކީ، 180 ޤައުމަށް ބަލާއިރު، 2 ވަނައަށް އެންމެ ލަސް ޚިދުމަތުގެ ގޮތުގައި ވަނީ ލިސްޓު ކޮށްފައެވެ.

ގޮންޖެހުންތައް ކިތަންމެ ގިނަވި ކަމުގައި ވީ ނަމަވެސް، ސޯފިއާ ބުނާ ގޮތުގައި އަފްޣާނިސްތާނުގެ އަންހެނުން ވަނީ، ކުރިމަތިލާން ޖެހުނު ކޮންމެ ތަކުލީފެއް، ސާބިތު ކަމާއެކީ ކަޑަތު ކުރުމަށް ދަސްކޮށްފައެވެ. މަސްރަޙު ކިތަންމެ ގޯސްވެގެން ދިޔަ ކަމުގައި ވީ ނަމަވެސް، ލިބެން އޮތް ފައިދާއެއް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފަން ދަސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައްޙަ ނޫން ޑޮލަރު ވިއްކުން: މިހާތަނަށް ދެ ލައްކައަށްވުރެން ގިނަ ރުފިޔާ އޮޅުވާލައިގެން ހޯދާފައިވޭ

ސައްޙަ ނޫން ޑޮލަރު ވިއްކުން: މިހާތަނަށް ދެ ލައްކައަށްވުރެން ގިނަ ރުފިޔާ އޮޅުވާލައިގެން ހޯދާފައިވޭ

10 އޯގަސްޓު 2022
މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކަ ދައްކަނީ ސަލާންޖަހައިގެން ފައިސާ ހޯދާކަށް ނޫނެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކަ ދައްކަނީ ސަލާންޖަހައިގެން ފައިސާ ހޯދާކަށް ނޫނެވެ.

07 ނޮވެމްބަރު 2021
ފާއިތުވި ދެ އަހަރު ޑިމޮކްރަސީގެ ރޮގުން ރާއްޖެ ހޯދާފައިވާ ކާމިޔާބީއަށް އީޔޫގެ ތައުރީފު

ފާއިތުވި ދެ އަހަރު ޑިމޮކްރަސީގެ ރޮގުން ރާއްޖެ ހޯދާފައިވާ ކާމިޔާބީއަށް އީޔޫގެ ތައުރީފު

25 ފެބުރުއަރީ 2021
ޑރ.  އަފްރާޝީމްގެ މަރަށް 8  އަހަރު، ޖަރީމާ ހިންގި މީހުންހޯދާ ހައްގު އަދަބު ދެވޭނެ ކަމާމެދު ޝައްކު!

ޑރ. އަފްރާޝީމްގެ މަރަށް 8 އަހަރު، ޖަރީމާ ހިންގި މީހުންހޯދާ ހައްގު އަދަބު ދެވޭނެ ކަމާމެދު ޝައްކު!

02 އޮކްޓޯބަރު 2020
ގޭގައި ތިބެގެން އާމްދަނީ ހޯދާ މީހުން: އުފައްދާ ތަކެތި ވިއްކާނެ މާކެޓެއް ނެތް

ގޭގައި ތިބެގެން އާމްދަނީ ހޯދާ މީހުން: އުފައްދާ ތަކެތި ވިއްކާނެ މާކެޓެއް ނެތް

22 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު