Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ. އަފްރާޝީމް މަރަށް 8 އަހަރު

ޑރ. އަފްރާޝީމްގެ މަރަށް 8 އަހަރު، ޖަރީމާ ހިންގި މީހުންހޯދާ ހައްގު އަދަބު ދެވޭނެ ކަމާމެދު ޝައްކު!

އަފްރާޝީމް އަވަހާރަ ކޮށްލާފައިވަނީ 1 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭ 11:30 އާއި 02:00 އާ މެދުގެ ވަގުތެއްގަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2020 | ހުކުރު 07:17
ލާއިންސާނީ އަނިޔާތަކާއެކު އަވަހާރަ ކޮށްލާފައިވާ ޑރ. އަފްރާޝީމް އަލީ: މިއަދަށް އަހަރު ވެގެން ދިޔައިރުވެސް، މިކަން ކުރިބަޔަކު ހޯދައި ހައްގު އަދަބު ނުދެވުނު

ލާއިންސާނީ އަނިޔާތަކާއެކު އަވަހާރަ ކޮށްލާފައިވާ ޑރ. އަފްރާޝީމް އަލީ: މިއަދަށް އަހަރު ވެގެން ދިޔައިރުވެސް، މިކަން ކުރިބަޔަކު ހޯދައި ހައްގު އަދަބު ނުދެވުނު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ ރަހުމް ކުޑަ ގޮތަކަށް އަވަހާރަކޮށްލާ ފައިވަނީ މީގެ 8 އަހަރު ކުރިންނެވެ. ލާއިންސާނީ އަނިޔާތަކާއެކު ތޫނު ވަޅިތަކަކުން ހަމަލާދީ މަރާލާފައި އޮތްވާ ފެނުނީ ދިރިއުޅޭ ގޭގެ ސިޑި ކައިރިންނެވެ.

ޑރ. އަފްރާޝީމްގެ މަރަށް އިންސާފު ނުލިބި 8 އަހަރު ވެގެން ގޮސްފައިވާއިރު، އެމައްސަލައާއި ގުޅިގެން ދައުވާ އުފުލީ ދެ މީހެއްގެ މަށްޗަށެވެ. އޭގެ ތެރެއިން ހ. ލޮބީ ހުސައިން ހުމާމް މަރަން ދަށު ކޯޓުން އިއްވި ހުކުމަށް ހައިކޯޓާއި ސްޕްރީމް ކޯޓުން ވަނީ ތާއީދު ކޮށްފައެވެ.

ސުޕްރީމް ކޯޓުގައި އެމައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރުމުން، އަފްރާޝީމްގެ ވާރިސުން ވަނީ، އަފްރާޝީމް އަވަހާރަ ކޮށްލުމަށް ރާވާއި، އެކަން ހިންގި މީހުންނާއި އަދި އެކަމަށް ފައިސާ ޚަރަދު ކުރި މީހުންނަކީ ކޮބައިކަން ނޭނގި، އަދި ފުލުހުންގެ ތަހުގީގުގައި ވެސް ޝައްކު އުފެދޭ ބޮޑެތި ކަންތައްތަކެއް ހުރުމުން އެކަންކަން ސާފުކުރުމަށްފަހު ނޫނީ ހުމާމު މެރުމަށް އިންކާރުކޮށް ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ.

ސުޕްރީމް ކޯޓަށް އަފްރާޝީމްގެ ވާރިސުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، އަފްރާޝީމް އަވަހާރަ ކޮށްލަން ރާވައި ފައިސާ ހަރަދު ކުރި ބަޔަކު ވާކަމަށް ޕޮލިހުން ހާމަކޮށްފައިވާ ކަމަށާއި އެއީ ކޮން ބައެއް ކަމާއި އެ މީހުންނާ ބެހޭ ގޮތުން ކުރެވިފައިވާ ތަހުގީގަކީ ކޮބައިކަމާއި އެފަދަ ބައިވަރު ޝައްކު އުފެދޭ ކަންތައްތައް ހުރުމާއެކު އެ ފަރާތްތައް ހޯދުމަށް ހުސައިން ހުމާމުގެ ބަސް ބޭނުންވާނެ ކަމަށް ގަބޫލު ކުރާތީ އެ ފަރާތްތައް ހޯދައި ތަހުގީގު މުޅިން ނިމެންދެން ހުމާމުގެ މައްޗަށް ގިސާސް ހިފަން ބޭނުމެއް ނުވަނީ ކަމަށް ބުނެފައި ވެއެވެ.

ގާނޫނުގައި އަދި އިސްލާމީ ޝަރީއަތުގައިވާ ގޮތުން ވާރިސުން ދެކޮޅު ހަދައިފިނަމަ މީހަކަށް މަރުގެ އަދަބު ނުވަތަ ގިސާސެއް ނުހިފޭނެއެވެ. އާއިލާއިން އެދިފައިވަނިކޮށް ހުމާމް މެރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ.

އަފްރާޝީމް މަރާލި މައްސަލާގައި ހުމާމްގެ އިތުރުން ދެން ދައުވާ އުފުލި އަލީ ޝާންގެ މައްޗަށް އެ މައްސަލަ ސާބިތު ނުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ. އެމައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ދައުވާކުރުމަށް ފޮނުވާފައިވަނީ ކ.މާލެ، ހ. ހިލްޓަން، އަޒުލީފް ރައޫފް އާއި ކ.މާލެ، މ.ޖަރީމާގެ އަބްދުﷲ ޖާވިދު އާއި ކ.މާލެ، މ.ޖަރީމާގެ، ޝާހިން މުހައްމަދު އަދި ލ. ގަން. ތުނޑި، ނޫއަލި، އާދަމް ޞަލާހު އެވެ. ނަަމަވެސް ޕީޖީ ޕީޖީ އޮފީހުން އެ ހަތަރު މީހުންގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ.

އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލާގައި ފުލުހުންގެ ގިނަ ބަޔަކު ހިމެނޭ ގޮތަށް ތަހުގީގު ޓީމެއް އެކުލަވާލައި ތަހުގީގު ހިންގި އެވެ. އޭރު ފުލުހުން ތުހުމަތު ކުރި ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ހުމާމާއި ޝާން ބައިވެރިވި ނަމަވެސް އެކަމުގެ އަޑީގައި އެހެން ބަޔަކު ތިއްބެވެ.

އަފްރާޝީމް އަވަހާރަ ކޮށްލިތާ މިއަދަށް 8 އަހަރު ވެެފައިވާއިރު، މި މައްސަލައާ ގުޅިގެން ހުކުމެއް ކުރެވިފައިވަނީ ހުމާމުގެ މައްޗަށް އެކަންޏެވެ. އިތުރު އެއްވެސް މީހެއްގެ މައްޗަށް މިވަގުތު ޖިނާއީ ދައުވާއެއް ކޮށް، ޝަރީއަތް ކުރެވެމުންނުދާއިރު، އަފްރާޝީމްގެ މަރަކީ ބަޔަކު މީހުން ވަރަށް ބޮޑަށް ރާވައިގެން، އަމަލީ ގޮތުންވެސް ކަންކަން ހިންގުމުގައި ބަޔަކު ޝާމިލުވެ އުޅުކަމަށް ބެލެވޭ މައްސަލައެކެވެ.

އަފްރާޝީމަށް ތޫނު ތިން ވައްތަރެއްގެ ވަޅިތަކަކުން ހަމަލާދީ އަވަހާރަކޮށްލާފައިވާއިރު، އެއީ އެކަކު އެކަނި ހިންގާފައިވާ ލާއިންސާނީ އަމަލެއް ނޫންކަންވެސް އެނގެއެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުންވެސް އަފްރާޝީމް އަވަހާރަ ކޮށްލާފައިވާ މައްސަލަ ތަހުގީގު ކުރަމުން ދެއެވެ. އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓް ނިންމާފައިވީ ނަމަވެސް، އަދިވެސް ތަހުގީގަށް އިތުރު މައުލޫމާތު ލިބޭވަރަކުން އެކޮމިޝަނުން މިމައްސަލަ ބަލަމުންދާނެ ކަމަށް ބުނެއެވެ.

އެ ކޮމިޝަނުން ހާމަކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު، އަފްރާޝީމް މަރާލި ދުވަހުގެ ހެނދުނު ދެމީހަކު ސީރިއާއަށް ދިޔަ ކަން ތަހުގީގަށް އެނގިފައި ވެއެވެ. އެކަމުގައި ދީނީ ހަރުކަށި ފަރާތްތައް ހިމެނޭކަމަށް ކޮމިޝަނުން ހާމަ ކޮށްފައިވާއިރު، އަފްރާޝީމްގެ މަރަށްފަހު، ބަޔަކު މީހުން ވެގެން ވަގަށް ނަގައި މަރާލާފައިވާ ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައާއި ރިލްވާންގެ ގާތް އެކުވެރިޔާ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވެފައިވަނީ ހަރުކަށި މީހުން ކަން ހާމަވާ ކަމަށް އެކޮމިޝަނުން ހާމަކޮށްފައި ވެއެވެ.

އަފްރާޝީމްގެ އާއިލާ އާއި ދިވެހި ރައްޔިތުން އަދިވެސް ތިބީ އިންސާފު ގާއިމުވެގެންދާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އަފްރާޝީމްގެ މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު، ވެރިކަމަށް އަރާ ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުގެ ދުވަސްވަރު ހިންގާފައިވާ ޖަރީމާއެކެވެ.

ވަހީދުގެ ވެރިކަމާއި އޭގެފަހުން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު، ގޮތްނޭނގޭ އެތައް ބަޔަކު މަރުވެ، މަރާލާފައިވާއިރު، ދައުލަތުގެ ތަހުގީގީ އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ޝަރުއީ ކޯޓުތައް ގުޅިގެން ވެސް އެތައް ޖަރީމާއެއް ވަނީ ހިންގާފައެވެ.

އެހެންކަމުން އެހާ ދުވަސް ވެފައިވާ މައްސަލަތައް ބެލުމުގައި ރައީސް ޞާލިހުގެ ސަރުކާރަށް ބޮޑެތި ގޮންޖެހުންތައް ހުރިއިރު، އެކަންކަމުގެ ތުހުމަތު ކުރެވޭ ބައެއް ފަރާތްތައް، ވެރިކަމަށް އަރާވަޑައިގެންނެވި ވަހީދު އާއި ކުރީގެ ރައީސް ޔާމީީންގެ ސަރުކާރު ދެމެހެއްޓުމަށް ވާގިވެރިވި ގިނަ ފަރާތްތަކެއް ދައުލަތުގެ އިސް މަގާމުތަކުގައި މިއަދުވެސް އެބަތިއްބެވެ.

އަފްރާޝީމް އަވަހާރަ ކޮށްލާފައިވަނީ 1 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭ 11:30 އާއި 02:00 އާ މެދުގެ ވަގުތެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ރިލްވާނެއް ނުހޯދުނު، އަފްރާޝީމްގެ ހުރިހާ ގާތިލުންވެސް އަތެއް ނުލެވުނު!

ރިލްވާނެއް ނުހޯދުނު، އަފްރާޝީމްގެ ހުރިހާ ގާތިލުންވެސް އަތެއް ނުލެވުނު!

15 އެޕްރީލު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ސަރުކާރު މަރަށް ތެޅެނީތަ؟

ސަރުކާރު މަރަށް ތެޅެނީތަ؟

23 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު