Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކަ ދައްކަނީ ސަލާންޖަހައިގެން ފައިސާ ހޯދާކަށް ނޫނެވެ.

ދިވެހިންގެ ދުލުން ދިވެހިންގެ ތަޖުރިބާތައް ކިޔައި ނުދެންޏާ ދެން އެކަން ކުރާނެ އެހެން ބަޔަކު ނުތިބޭނެ

ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2021 | އާދީއްތަ 13:06
ރައީސުލްޖުމްހޫރިއްޔާ ކޮޕް26 ގައި ތަގުރީރު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ކޮޕް26 ގައި ތަގުރީރު ކުރައްވަނީ

ދުނިޔޭގެ ފިނި ހޫނުމިނަށް ބަދަލުތަކެއް އައިސް މޫސުމަށް ނޭދެވޭ އަސަރު ކުރަމުންދާކަމީ ހަގީގަތެކެވެ. އިންސާނުންވެސް ހިމެނޭގޮތުން ދުނިޔޭގެ ދިރުންތަކަށް ނުރައްކާވެފައިވާ ކަމީ ހަގީގަތެކެވެ. ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކައިން ސައިންސްވެރިން އިންޒާރު ދެމުން ގެންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ދުނިޔެ އާއި އިންސާނުންގެ ސަލާމަތަށްޓަކައި ކުރަންޖެހޭ މުހިއްމު ކަންކަމުގެ ވާހަކަ ދެކެވޭތާ އަހަރުތަކެއް ވެއްޖެއެވެ. ދުނިޔޭގެ ގައުމުތަކުގެ މެދުގައި އެކި ވަރުވަރުގެ މަހާސިންތާތައް ބާއްވައި ދުނިޔެ ހިމާޔަތް ކުރުމަށްޓަކައި އެކި ކަންކަން ކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި އެ އަމާޒަށް ވާސިލްވުމަށް ގަދައަޅަމުންދާތާ ވެސް އަހަރުތަކެއް ވެއްޖެއެވެ. އެހެންނަމަވެސް ދުނިޔެއަށް އަންނަމުން މިދާ ބަދަލުތަކަކީ ހަގީގަތެއް ކަމަށް ގަބޫލު ނުކުރާ މީހުން ދުނިޔޭގެ ކަންކޮޅުތަކުގައި އަދިވެސް އެބައުޅެއެވެ. ދިވެހީންގެ ތެރޭގައިވެސް އެފަދަ މީހުން އެބައުޅެއެވެ. މަދުބަޔެކޭ ނުދަންނަވާނަމެވެ. މޫސުމީ ބަދަލުތައް ދޮގުކުރާ ވަރަށް ގިނަބަޔަކު ދިވެހިރާއްޖޭގައިވެސް އެބައުޅެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަޔަކީ ސިޔާސީ ފަރާތްތަކާއި ގުޅިގެން ސައިންސްވެރިން އުފައްދައިގެން އުޅޭ ފުލޯކް ޚިޔާލީ ވާހަކައެއް ކަމަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ބައެއް މީހުންވެސް ގަބޫލު ކުރެއެވެ. މީގެ އެއް މިސާލަކީ އެމެރިކާއެވެ. އެމެރިކާގައިވެސް އެޒާތުގެ މީހުން އުޅެއެވެ. އެފަދަ މީހުން ދެކޭގޮތުގައި މޫސުމީ ބަދަލުތަކާއި ދުނިޔެ ހޫނުވަމުންދާ ވާހަކަޔަކީ ބައެއް ކަހަލަ އިންޑަސްޓްރީތައް ފަނާކޮށްލައި މީހުންގެ ދިރިއުޅުން އެހެން ގޮތަކަށް ބަދަލުކުރުމަށްޓަކައި ބަޔަކު އުފަންކޮށްގެން އުޅޭ ޚިޔާލީ ވާހަކަތަކެކެވެ. ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އުފުލެމުންނެއްވެސް ނުދެއެވެ. ދުނިޔޭގެ އުތުރު ތަނޑިޔާއި ދެކުނު ތަނޑީގައިވާ ގަނޑުފެންތައް ވިރެމުންނެއްވެސް ނުދެއެވެ. ދުނިޔެއަށް ބަދަލެއް އަންނަންޏާ އެކަމަކީ ތަބައީގޮތުން އަންނަ ބަދަލުތަކެކެވެ. އެޔަކީ އިންސާނުން ތެޔޮ އަންދައި ޖައްވަށް ދުންއަރުވާތީ ދިމާވާ ކަމެއް ނޫނެވެ. ދުނިޔެއަށް ބަދަލެއް އަންނަކަމުގައި ވަނީނަމަ އެއީ އިންސާނުންގެ އަމަލުތަކާ ގުޅުން ހުރި ކަމެއް ނޫނެވެ. އެހެންވީމާ އިންސާނުންގެ އާދަތަކަށް ގެންނަންވީ ބަދަލެއް ނެތެވެ.

ސައިންސްގެ ހަގީގަތްތައް ގަބޫލު ނުކުރާ މީހުން އިންކާރު ކުރަނީ ހަމައެކަނި ދުނިޔޭގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓެއް ނޫނެވެ. ހުރިހާ އެއްޗަކާއި ކަމަކަށްވެސް އެމީހުން އިންކާރު ކުރެއެވެ. މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ވަބާއަކީ މިކަމުގެ މިސާލެކެވެ. ކޮވިޑަކީވެސް ވެކްސިން އުފައްދާ ކުންފުނިތަކަށް މަންފާ ހޯދައިދިނުމުގެ ގޮތުން ސިޔާސީ މީހުން ފަހަތުގައި ތިބެގެން ކުޅޭ ކުޅިވަރެކޭ ބުނާ މީހުން އެބައުޅެއެވެ. ވެކްސިން ނުޖަހަންވެގެން ވެކްސިންގެ ފައިދާއަށް އިންކާރު ކުރާ މީހުން އެބައުޅެއެވެ. މިޒާތުގެ މީހުން ދިވެހިރާއްޖެއިން ވެސް ފެނެއެވެ. ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށް އެންމެންގެ މައްޗަށް ގާނޫނަކުން ލާޒިމުކޮށްގެން މެނުވީ ވެކްސިނެއް ނުޖަހާނަމޭ ބުނާ މީހުން ދިވެހީންގެ ތެރެއިން ވަނީ ފެނިފައެވެ. ހަމަ އެގޮތަށް މޫސުމީ ބަދަލުތަކުގެ ވާހަކަޔަކީ ބައިނަލްއަގުވާމީ މުޖުތަމައުން މާލީ އެހީތެރިކަން ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށްނެރޭ އުކުޅެކޭ ބުނެ ހަމަ ފާޅުގައި މީސްމީޑިޔާގައި ވާހަކަ ދައްކާ މީހުން ދިވެހީންގެ ތެރެއިން އެބަފެނެއެވެ. ފަހަރުގައި އެޒާތުގެ ވާހަކަ ދައްކަނީ ސިޔާސީ ވިސްނުމެއްގައި ސިޔާސީ ހަސަދައިން ފުރިފައި ތިބެގެން ކަމަށް ވެދާނެއެވެ.

ސަބަބަކީ ކޮންމެ ސަބަބަކަށް ވިޔަސް އެއީ ދެއްކެން އޮތް ވާހަކައެއް ނޫނެވެ. ދައްކަން ޖާގަ ދެވިގެންވާނޭ ވާހަކައެއްވެސް ނޫނެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖޭގެ ދެމިއޮތުން މިވަނީ ނުރައްކަލަށް ހުށައެޅިފައެވެ. އުފުލެމުންދާ ކަނޑުގެ ލޮނުގަނޑުގެ ތެރޭގައި ދިވެހިރާއްޖެ ނެތިގެން ފުހެވިގެންގޮސް އެންމެހައި ދިވެހީން މޫސުމީ ބަދަލުތަކުގެ ޝިކާރައަކަށްވެ މުހާޖިރުންކަމުގައި ވުމަކީ ހަގީގީ ބިރެކެވެ. އެއީ ދިވެހިން އެކަނި ދައްކާ ވާހަކައެއް ނޫނެވެ. އެއީ ސައިންސްވެރިންވެސް އަލަށް ފެށި ވާހަކައެއް ނޫނެވެ. އަދި ދުނިޔޭގެ އެކި މަހާސިންތާތަކުގައި މިވާހަކަ ދައްކައި ދިވެހިރާއްޖޭގެ ހާލަތު ބަޔާންކުރުމުގެ މަސައްކަތް ފެށީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަކުންވެސް ނޫނެވެ. އެއަށްވުރެ މާކުރިން އެ ވާހަކަ ދައްކަން އޮތީ ފަށައިފައެވެ. ރައީސް މައުމޫންގެ ސަރުކާރާއި ރައީސް ނަޝީދުގެ ސަރުކާރާއި ރައީސް ވަހީދުގެ ސަރުކާރާއި ރައީސް ޔާމީނުގެ ސަރުކާރާއި އަދި މިހާރު ރައީސް ސާލިހުގެ ސަރުކާރުންވެސް އެދައްކަނީ ހަމަ އެއްވާހަކައެކެވެ.

ސިޔާސީގޮތުން މީހަކަށް ރުޅިއެރިޔަސް އަދި ސަރުކާރުގެ ސިޔާސަތަށް ދެކޮޅު ހެދިޔަސް ދިވެހިރާއްޖޭގެ ދެމިއޮތުމާއި ދިވެހީންގެ ކުރިމަގާ ގުޅިފައިވާ ހަގީގަތްތަކަށް އިންކާރު ކުރެވިގެން ނުވާނެއެވެ. އދ.ގެ އާއްމު މަޖިލީހާއި ކޮޕް ސަމިޓުތަކާއި ދެންވެސް އެޒާތުގެ އެކި އެއްވުންތަކުގައި ސަރުކާރުގެ ވެރިން ބައިވެރިވެގެން މޫސުމީ ބަދަލުތަކުގެ ނުރައްކަލުގެ ވާހަކަ އެދައްކަނީ ބަޔަކަށް އޮޅުވާލައިގެން ފައިސާތަކެއް ހޯދާކަށް ނޫނެވެ. އެއީ މުޅި ދިވެހިރާއްޖެއާއި އެންމެހައި ދިވެހީންގެ ހައްގުގައި ދައްކާ ވާހަކައެކެވެ. ދިވެހީންގެ ދުލުން ދިވެހީންގެ ހާލަތު ބަޔާންކޮށް ދުނިޔެއަށް އިންޒާރު ނުދޭކަމަށްވާނަމަ ދެން އެކަން ކުރާނީ ކޮން ބައެއް ބާވައެވެ. ދިވެހިރާއްޖެފަދަ ހުރިހާ ގައުމަކުންވެސް އެގައުމެއްގެ ހާލަތު އެދަނީ ބަޔާންކޮށް ހަރުއަޑުން ވާހަކަ ދައްކަމުންނެވެ. ވަނުއާޓޫ އާއި ޓުވާލޫއާއި ސޮލަމަން އައިލެންޑްސް ފަދަ ގައުމުތަކުން ކުރަމުން އެދަނީ މިމަސައްކަތެވެ. މިފަދަ ވާހަކަތައް އަޑުއަހައި ކަންކަން ސިޔާސީނުކޮށް ހަމަ ބުއްދި ބޭނުންކުރުމަކީ އެންމެންވެސް މިހާރު ކުރަން ޖެހޭ ކަމެކެވެ.

ދިވެހިރާއްޖެ ދެކެ ދިވެހީން ލޯބިނުވަންޏާ ދެން އެކަންކުރާނެ އެހެން ބަޔަކު ނުތިބޭނެއެވެ. ދިވެހީންގެ ހާލަތު ބަޔާންކޮށް ދިވެހީންނަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ދިވެހިން މަސައްކަތް ނުކުރަންޏާ ދެން އެކަން ކުރާނެ އެހެން ބަޔަކު ނުތިބޭނެއެވެ. ދިވެހީން މިއަދު ކުރަމުންދާ ތަޖުރިބާތައް ދިވެހީންގެ ދުލުން އެހެން ބަޔަކަށް ކިޔައި ނުދެންޏާ ދެން އެކަން ކުރާނެ އެހެން ބަޔަކުވެސް ނުތިބޭނެއެވެ. މިކަންކަން ދިވެހީން ކުރީމާ އެކަމަށް ހަޖޫކިޔައި މަލާމާތްކޮށް ދުނިޔޭގެ ސަފުތަކަށް ނުކުމެ ސަލާންޖަހަނީ ކަމަށް ސިފަކުރުމަކީ ހަގީގަތުގައިވެސް ވަރަށް ލަދުވެތި ކަމެކެވެ. ތިމާވެށީގެ ކަންކަން ސިޔާސީކޮށް ސައިންސް ދޮގުކޮށް ކުރިމަތިން ފެންނާން އޮންނަ ހަގީގަތްތަކަށް އިންކާރު ކުރުމަކީ ވަރަށް ދެރަވަރު އަދި ވިޔާނުދާ ކަމެކެވެ. ސިޔާސީ ބޭނުމެއްގައި ވިޔަސް އަދި އެހެން ބޭނުމެއްގައި ވިޔަސް އެޒާތުގެ ވާހަކަ ދައްކައި ބަޔަކަށް އޮޅުވައިލަން އުޅެންޏާ ދެންތިބީންގެ ޒިންމާއަކަށް ވާންވާނީ އެވާހަކަތައް ބަލައި ނުގަތުމެވެ.

ކޮޕް26ތިމާވެށިކްލައިމެޓް ޗޭންޖް

ކޮމެންޓް

އިތުރަށް ކިޔާލަން

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

01 ޑިސެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު